އއ. މަތިވެރީގައި އިއާދަކުރެވެނިވި ހަކަތަ ގާއިމް ކުރުމަށް އެ ރަށު ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މަޝްވަރާ ކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝައުނާއާ ބައްދަލު ކުރެއްވީ އެ ރަށު ކައުންސިލް މެމްބަރުންނެވެ. އޭގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވި އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުގައި އިއާދަކުރެވެނިވި ހަކަތައިގެ ކަންކަމުގެ އިތުރުން ކުނިމެނޭޖްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޮޑުވެފައިވާ މައްސަލަ އެކެވެ. ރާއްޖެގައި އުފައްދާ ކުނި ނައްތާލުމުގައި މިހާރު ދިމާވާ މައްސަލަތަކުގެ ތެރެއިން 60 ޕަސަންޓް 2024 ވަނަ އަހަރާ ހަމައަށް ހައްލެއް ލިބޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ވިދާޅުވެފަ އެވެ.













