އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް މާލޭގައި ގާއިމް ކުރަނީ

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭން: އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރު ވެސް ރަނގަޅު -- ފޮޓޯ:މޮޑާން ޑިޕްލޮމަސީ

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭން: އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރު ވެސް ރަނގަޅު -- ފޮޓޯ:މޮޑާން ޑިޕްލޮމަސީ

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ދިވެހިރާއްޖޭގެ ގާއިމް ކުރުމަށް ނިންމައި މިއަދު އެ ގައުމުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަން ހިންގާ ރަށް މާލޭގައި ހައި ކޮމިޝަނެއް ގާއިމް ކުރަން ނިންމީ "އިންޑިއާ ކަނޑުގެ މުހިންމު އަވައްޓެރި ގައުމަކާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް" ކަމަށެވެ.

"ހައި ކޮމިޝަން ބިނާ ކުރެވޭނީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެކޭ ހަމަޖެހޭ، ރައްކާތެރި އަދި ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާވުމުގެ ގާބިލްކަން ހުރި އިންޑޯ ޕެސިފިކްއެއްގެ މައްޗަށް،" މެރީސް ވިދާޅުވެފައިވެ އެވެ.

"އޮސްޓްރޭލިއާގެ އާ ހަައި ކޮމިޝަނުގެ ފަރާތުން ދެ ގައުމުގެ ޑިމޮކްރެޓިކް އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަދި މަލްޓިލެރަލް ގުޅުންތައް އިތުރަށް ވަރުގަދަކޮށް ކޮމަންވެލްތާއި މި ސަރަހައްދުގެ އެހެން ޖަމާއަތްތަކާ އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް މަސައްކަތް ކުރާނެ،" މެރީސް ނެރުއްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވެ އެވެ.

އޮސްޓްރޭލިއާގެ ހައި ކޮޮމިޝަން މާލޭގައި ގާއިމް ކުރުމުން އެއީ ރާއްޖޭގައި ގާއިމް ކުރެވޭ 10 ވަނަ ހައި ކޮމިޝަން ނުވަތަ އެމްބަސީ އެވެ. ބަންގްލަދޭޝް، ޗައިނާ، ޖަޕާން، އިންޑިއާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، އިނގިރޭސިވިލާތް، ސްރީ ލަންކާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްގެ ޑިޕްލލޮމޭޓުން ރާއްޖޭގައި ގާއިމްވެފައި މިހާރު ވެސް ތިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox