ޖަރުމަނު ފުޓްބޯޅަ ތަރިއެއްގެ އަންހެނުންނަށް ތައިލޭންޑުގައި ހަމަލާ ދީފި

ތައިލޭންޑުގައި ހަމަލާ ދިނީ މެޓް ހަމެލްސްގެ އަންހެނުން ކޭތީ އަށް.

ތައިލޭންޑުގައި ހަމަލާ ދިނީ މެޓް ހަމެލްސްގެ އަންހެނުން ކޭތީ އަށް.

ބެންކޮކް، ތައިލޭންޑް (ފެބްރުއަރީ 10) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު ފީފާ ވޯލްޑު ކަޕް ތަށި ހާސިލްކޮށްފައިވާ މެޓް ހަމެލްސްގެ އަންހެނުންނަށް ތައިލޭންޑުގެ ގޮނޑުދޮށެއްގައި ހަމަލާ ދީފި އެވެ.

ޖަރުމަނުގެ ބިލްޑް ނޫހަށް ކޭތީ ހަމެލްސް ބުނީ އޭނާއަށް ހަމަލާ ދިނީ މަސައްކަތް ނިންމުމަށް ފަހު ގޮނޑުދޮށުގައި ހިނގާލަން ގޮސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ކޭތީ މަސައްކަތް ކުރަނީ ޓީވީ ޝޯ "ބެޓްލް އޮފް ދަ ރިއެލިޓީ ސްޓާޒް" ގެ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. އުމުރުން 34 އަހަރުގެ ކޭތީ އާއި ބޮރޫޝިއާ ޑޯޓްމަންޓްގެ ޑިފެންޑަރު އުޅެނީ 2015 ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެންނެވެ. ނަމަވެސް އެ ދެ މީހުންގެ މެދުގައި މައްސަލަ ޖެހި، ދިރިއުޅެނީ ވަކިންނެވެ.

އޭނާ ބުނީ މީހަކު އައިސް މަސައްކަތް ކުރީ ފޭރެން ކަމަށާއި ވަރަށް ގިނަ ފަހަރު ޖަހައި، އަނިޔާ ކުރަން ފެށުމުން މޮބައިލް ފޯނު ދިނީ ކަމަށެވެ.

ކޭތީ އިންސްޓަގްރާމުގައި އޭނާގެ 665،000 ފޮލޯވަރުން ކައިރީގައި ބުނީ އެ ހާދިސާ ހިނގަމުން ދިޔަ ވަގުތު އޭނާ ވިސްނީ ދަރިފުޅު ލުޑްވިގްއާ މެދު ކަމަށެވެ. އެ ހާދިސާ ދިމާވި ނަމަވެސް، ތައިލޭންޑަކީ ރަނގަޅު ގައުމެއް ކަމަށް އޭނާ ބުންޏެވެ.

ތައިލޭންޑުގެ ދެކުނުގައި މަސައްކަތް ކުރާ ފުލުހުންގެ އިސް ކޮމާންޑަރު އަމްފޮން ބުއަރުއްޕޯން ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ ފަންގް ނާ ޕްރޮވިންސްގެ ގޮނޑުދޮށެއްގައި ޖަރުމަނު ރައްޔިތަކަށް ހަމަލާދީ، އައިފޯނު ފޭރުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox