ނިއުޒީލޭންޑުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަނީ

ނިއުޒީލޭންޑުގެ ޕާލިމެންޓް އިމާރާތް ކައިރީގައި މުޒާހަރާ ކުރަމުން ދަނީ ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން. -- ފޮޓޯ: އޭއެފްޕީ

ނިއުޒީލޭންޑުގެ ޕާލިމެންޓް އިމާރާތް ކައިރީގައި މުޒާހަރާ ކުރަމުން ދަނީ ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން. -- ފޮޓޯ: އޭއެފްޕީ

ވެލިންގްޓަން، ނިއުޒީލޭންޑް (ފެބްރުއަރީ 10) - ނިއުޒީލޭންޑްގެ ޕާލިމެންޓް އިމާރާތް ހުންނަ ބިމުގައި މުޒާހަރާ ކުރަމުންދާ މީހުންނާއި ފުލުހުންނާ ދެމެދު ބުރާސްފަތު ދުވަހު ކުރިމަތިލުންތައް ހިނގައިފި އެވެ.

މީގެ ތިން ދުވަހު ފެށި މުޒާހަރާގައި އަޑު އުފުލަމުން ދަނީ ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ ދެކޮޅަށެވެ. ޕާލިމެންޓަށް ދެވެން އޮންނަ މަގުތައް ބަންދު ކުރުމަށް ފަހު، މުޒާހަރާގެ ބައިވެރިން ވަނީ ޕާލިމެންޓް އިމާރާތް ހުންނަ ބިމުގައި ކޭމްޕު ޖަހައިފަ އެވެ.

އެ ސަރަހައްދުން ކޭމްޕު ރޫޅާލައި މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ފުލުހުން މަސައްކަތް ފެށުމާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދެކޮޅަށް ސަފު ހަދައިގެން ތިބުމަށް ގޮވައި، އަޑުގަދަކޮށްފަ އެވެ. ފާއިތުވި ދެ ދުވަހު މުޒާހަރާއާ ދެކޮޅަށް ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހުގެ ހެނދުނު މުޒާހަރާ ރޫޅާލާނެ ކަމަށް ލައުޑްސްޕީކަރުން ގޮވުމަށް ފަހު، ފުލުހުން އިންޒާރު ދިނީ ޕާލިމެންޓު އިމާރާތުގެ ބިމުގައި ކޭމްޕު ޖަހައިގެން ތިބި 150 އެއްހާ މީހުން އެތަނުން ނުގޮސްފި ނަމަ ހައްޔަރު ކުރާނެ ކަމަށެވެ.

އޭގެ ފަހުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނަށް ހަމަލާދީ، އަނިޔާކޮށް "މިއީ ޑިމޮކްރަސީއެއް ނޫން" ކަމަށް ބުނެ އަޑު އުފުލާފަ އެވެ.

އަންގާރަ ދުވަހު ނިއުޒީލޭންޑުގައި މުޒާހަރާ ފެށީ، ކެނެޑާގައި ކޮވިޑް ވެކްސިނާ ދެކޮޅަށް ޓްރަކް ދުއްވާ މީހުން ކުރަމުންދާ "ފްރީޑަމް ކޮންވޯއި" މުޒާހަރާ ނަމޫނާއަކަށް ބަލައިގެންނެވެ. ކެނެޑާގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް އޮޓާވާގެ މަގުތައް ބަންދުކޮށް، ސިޓީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ނިއުޒީލޭންޑުގެ މުޒާހަރާއަށް ދިޔަ ގިނަ މީހުން 24 ގަޑިއިރު ފަހުން އެނބުރި ގެތަކަށް ދިޔަ އެވެ. ނަމަވެސް ބައެއް އެކްޓިވިސްޓުން ބުނީ ސަރުކާރުން ދޫ ނުދޭ ނަމަ އެ މީހުން ގެޔަށް ނުދާނެ ކަމަށެވެ.

ޑެޕިއުޓީ ބޮޑު ވަޒީރު ގްރާންޓް ރޮބަޓްސަން ވިދާޅުވީ މުޒާހަރާގެ ސަބަބުން އާއްމުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް އިތުރުވެފައި ވާތީ، ފުލުހުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

"ސިޓީގެ މަގުތައް ހުރީ ބަންދުވެފައި. ވިޔަފާރިތައް ނުހިންގޭ. މީހުން ތިބީ މުޒާހަރާގެ ބައެއް ބައިވެރިން ދެކެ ބިރުން،" ރޭޑިއޯ ނިއުޒީލޭންޑަށް ދެއްވި އިންޓަވިއުގައި ރޮބަޓްސަން ވިދާޅުވި އެވެ.

ވެލިންގްޓަން ފުލުހުންގެ ކޮމާންޑަރު ސުޕްރިންޓެންޑެންޓް ކޮރީ ޕާނެލް ވިދާޅުވީ މުޒާހަރާ ރޫޅާލުމަށް އެހެން ސިޓީތަކުން އިތުރު 100 ފުލުހުން ގެންނަން ޖެހުނު ކަމަށެވެ.

"މުޒާހަރާގެ ކުރުމުގެ ހައްގު އާއްމުންނަށް އެބަ އޮތް ކަމަށް ފުލުހުން ގަބޫލުކުރޭ. އެކަމަކު މިކަން ކުރަން ޖެހޭނީ މުޖުތަމައުގެ އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ނިއުޒީލޭންޑްގައި ވަކި ދާއިރާތަކެއްގެ މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރެވެ. އެއީ ސިއްހީ ދާއިރާ، ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ދިފާއީ ދާއީރާ އެވެ.

އޭގެ އިތުރުން ވެކްސިން ޖަހާފައިވާ ކަމުގެ ހެކި ދައްކައިގެން ނޫނީ ރެސްޓޯރެންޓްތަކާއި، ކުޅުވަރި ހޯލްތަކާއި، ދީނީ އަޅުކަން ކުރިއަށްދާ ތަންތަނަށް ވެސް އާއްމުންނަށް ނުވަދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox