އަނެއްކާވެސް 211 ޕާކިން ސްލޮޓަށް ކުރިމަތިލާން ހުޅުވާލައިފި

ކިންގު ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯންގައި އުޅަނދުތަކެއް ޕާކްކޮށްފައި:  ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވޭ -- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކިންގު ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯންގައި އުޅަނދުތަކެއް ޕާކްކޮށްފައި: ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވޭ -- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކުން 211 ޕާކިން ސްލޮޓަށް އަލުން ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު އޭރު ކުރިމަތިލި މީހުންގެ މެދުގައި އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ. ނަމަވެސް އޭސީސީން ވަނީ ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.

ކައުންސިލުން ފަހުން ވަނީ ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ މީހުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން ބާތިލް ކޮށްފަ އެވެ.

މިއަދު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. އަދި އެއީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫނެވެ. އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ.

ކޮންމެ މީހަކަށް ވެސް މާލޭގެ ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭ ގޮތަށް ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 ޕަސަންޓް ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މިހާރު މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭ ނަމަވެސް 1500އަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. ޕާކު ކުރުރަށް ޓެކްސީއަކުން ނަގަމުންދަނީ މަހަކު 750 ރުފިޔާ އެވެ.

ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލާފައި ވާއިރު، މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ނިންމުން ފަސްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ވަނީ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox