ކޮރަޕްޝަންގެ ވާހަކަ ދެއްކި ލަންކާގެ ރީތީގެ ރާނީގެ ތާޖު އަތުލައިފި

މިސިސް ސްރީލަންކާ މުބާރާތުގެ ތާޖު މިދިޔަ އަހަރު ލިބުނީ ޕުޝްޕިކާ ޑެ ސިލްވާއަށް. -- ފޮޓޯ: ރޮއިޓާޒް

މިސިސް ސްރީލަންކާ މުބާރާތުގެ ތާޖު މިދިޔަ އަހަރު ލިބުނީ ޕުޝްޕިކާ ޑެ ސިލްވާއަށް. -- ފޮޓޯ: ރޮއިޓާޒް

ކޮލޮމްބޯ، ސްރީލަންކާ (ފެބްރުއަރީ 9) - އެމެރިކާގެ ރީތީގެ މުބާރާތުން އެއް ވަނަ ނުލިބުނީ ކޮރަޕްޝަނާ ހެދި ކަމަށް ތުހުމަތު ކުރި ސްރީލަންކާގެ ރީތީގެ ރާނީގެ ތާޖު އަތުލައިފި އެވެ.

ޕުޝްޕިކާ ޑެ ސިލްވާގެ ވާހަކަ އެންމެ ފުރަތަމަ ނޫސްތަކަށް އެރީ މިދިޔަ އަހަރު އޮތް "މިސިސް ސްރީލަންކާ" މުބާރާތުން އެއް ވަނަ ހޯދި ނަމަވެސް، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ސްޓޭޖް މަތީގައި ތާޖު އަތުލުމުންނެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ޑެ ސިލްވާ ބުނީ ލަސް ވޭގަސްގައި މިދިޔަ މަހު އޮތް "މިސިސް ވޯލްޑް" މުބާރާތުގެ ތާޖު އޭނާއަށް ނުލިބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރާފައިވާތީ ކަމަށެވެ.

"މިސިސް ވޯލްޑް" އަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ތެރެއިން ރީތީގެ ރާނީ ހޮވަން ބާއްވާ ބައިނަލްއަގްވާމީ މުބާރާތެވެ. މި އަހަރުގެ މިސިސް ވޯލްޑަކީ އެމެރިކާގެ ޝެއިލީން ފޯޑް އެވެ.

"މިސިސް ސްރީލަންކާ" އިންތިޒާމް ކުރާ ފަރާތުން ބުނީ ޑެ ސިލްވާގެ ތުހުމަތުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ގައުމުގެ އަގު ވެއްޓިފައިވާ ކަމަށެވެ.

އެހެންވެ، އޭނާއަށް ދީފައިވާ މިސިސް ސްރީލަންކާ ލަގަބު އަތުލައި، އެއްވެސް ހަރަކާތެއްގައި އޭނާއަކީ މިސިސް ސްރީލަންކާގެ ގޮތުގައި ޕްރޮމޯޓް ކުރުން މަނާވާނެ ކަމަށެވެ.

ޑެ ސިލްވާއަށް މިސިސް ސްރީލަންކާ ތާޖު ލިބުނީ މިދިޔަ އޭޕްރިލް މަހު އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ ރީތީގެ ރާނީ ކެރޮލީން ޖޫރީ، ޑެ ސިލްވާގެ އަތުން ސްޓޭޖް މަތީގައި ތާޖު އަތުލި އެވެ.

ޖޫރީ އާއި އެހެން އަންހެނަކަށް ހަމަލާ ދިނުމާއި ގެއްލުން ދިނުމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ޑެ ސިލްވާގެ އަތުން ތާޖު އަތުލީ އޭނާއަކީ ވަރިވެފައި ހުރި މީހެއް ކަމަށް ބުނެ އެވެ. ނަމަވެސް ޑެ ސިލްވާ ބުނީ އޭނާ ފިރިމީހާއާ ވަކިން ދިރިއުޅުނު ނަމަވެސް، ވަރިނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox