ކުޑަކުދިންއާ ގުޅޭ އިސްތިއުނާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައިފި

ސުޕްރިމް ކޯޓު: އެ ކޯޓުން މިއަދު ނެރުނު އުސޫލަށް އަމަލުކުރަން ޖެހޭނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސުޕްރިމް ކޯޓު: އެ ކޯޓުން މިއަދު ނެރުނު އުސޫލަށް އަމަލުކުރަން ޖެހޭނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުށްތަކުގައި ހައްޔަތު ކުރެވޭ ކުދިންނަށް ކުރާ ޖިނާއީ ދައުވާތަކުގެ މައްސަލަތައް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފިނަމަ ހަ މަސް ދުވަސް ތެރޭގައި ނިންމުމަށް އަންގާ ސުޕްރީމް ކޯޓުން ގަވާއިދެއް އެކުލަވާލައިފި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ފެށިގެން އަމަލުކުރަން ލާޒިމްކުރާ އެ ގަވާއިދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ކުރާ ޖިނާއީ ކުށުގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ބެލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެވެ.

އެ ގަވާއިދުގައިވާ ގޮތުން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއްގެ ސަބަބުން ނަމަވެސް އެ މުއްދަތުގެ ތެރޭގައި މައްސަލަ ނުނިންމޭނަމަ، އެކަން ކުއްޖާގެ ބެލެނިވެރިޔާއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށްވެސް އަންގަން ޖެހެ އެވެ.

ދަށުކޯޓުގެ އަމުރެއް، ނުވަތަ ނިންމުމެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފި ނަމަ ހަތް ދުވަސްތެރޭ އެކަމުގައި ގޮތެއް ކަނޑައެޅުމަށްވެސް އެ ގަވާއިދުގައި އަންގާފައި ވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނިންމުމަށްފަހު، ލިޔުމަށް ތިރިކުރާއިރު، އެކުދިންނަށް ދޭހަވާނެ ފަދަ އިބާރާތްތައް ބޭނުންކުރުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

"...ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތުގައި އެ ނޫން އިބާރާތެއް ނެތިގެން މެނުވީ ބޮޑެތި މީހުންގެ މައްޗަށް ޝަރީއަތް ކުރާއިރު ބޭނުންކުރާ ފަދަ އިބާރާތްތައް ކުޑަކުދިންނާ ގުޅޭ ގޮތުން ބޭނުންކޮށްގެން ނުވާނެ،" ސުޕްރީމް ކޯޓުން ނެރުނު ގަވާއިދުގައި ވެެއެވެ.

އޭގެ އިތުރުން، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ފެށުމަށާއި، އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށެއްގެ ޝަރީއަތް، ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ވެސް ސުޕްރީމް ކޯޓުން ދީފައި ވެއެވެ.

"ކުޑަކުއްޖެއްގެ މައްޗަށް ހިންގޭ ޒިނޭގެ ކުށެއްގެ ޝަރީއަތެއްގައި، ތުހުމަތު ކުރެވިފައިވާ ކުށުގައި އެކުލެވޭ ބަދުއަހްލާގީ އަމަލުތަކުގެ ތަފްސީލުތައް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ދެއްވުމާއި ނުވަތަ ގަސްދުގައި ލަދުވެތިކަން ނުވަތަ ބިރުވެރިކަން އިހުސާސްކުރުވުމުގެ މަގްސަދުގައި ކުއްޖާއާ ސުވާލު ނުކުރުމާއި އެފަދަ ގޮތެއްގައި މުހާތަބު ނުކުރުން." ޝަރީއަތް ކުރުމުގައި ކުޑަކުދިންނާ ރައްޓެހި ނިޒާމެއް ގާއިމްކުރުމަށް އެ ގަވާއިދުގައި ބާރު އަޅާފައި ވެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވެސް ގިނަވެގެން ހަ މަސް ދުވަސްތެރޭ އެ ކުދިންނަށް ކުރާ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ނިންމުމަށް ބާރު އަޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox