ނިބާލް، ހިމްނާ، ސްމައިލީ އަދި ޒިޔާން އަށް ވެސް އޮލިމްޕިކް ސްކޮލާޝިޕް ލިބިއްޖެ

ނިބާލް، ހިމްނާ، ސްމައިލީ އަދި ޒިޔާން އަށް ވެސް އޮލިމްޕިކް ސްކޮލާޝިޕް ލިބިއްޖެ

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އަށް ލިބިއްޖެ އެވެ.

އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.

މިގޮތުން އޮލިމްޕިކް ކުޅިވަރުތަކުގައި ހިމެނޭ ކުޅިވަރުތަކުގެ ޒުވާން އެތުލީޓުންގެ ހުނަރާއި ކާމިޔާބަށް ބެލުމަށްފަހު އައިއޯސީންވަނީ ފަސް ފުރުސަތެއް ޕެރިސް އޮލިމްޕިކްސްގެ ތައްޔާރީތަކަށް ދީފަ އެވެ. ނިބާލް، ހިމްނާ، ސްމައިލީ، ޒިޔާންގެ އިތުރުން ދެން ފުރުސަތު ލިބުނީ ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށެވެ.

އޮލިމްޕިކް ސްކޮލަޝިޕް ލިބުނު އެތުލީޓުންގެ ތެރެއިން ނިބާލް އަހުމަދަކީ ގައުމީ ބެޑްމިންޓަން ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. ނިބާލް، 18، ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ލޯ މެޑަލް ހޯދި ފިރިހެން ބެޑްމިންޓަން ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ މިދިޔަ ތިން އަހަރުގެ ރަނަރަޕަކީ ނިބާލް އެވެ.

އެތުލެޓިކްސް އިން އޮލިމްޕިކް ސްކޮލަޝިޕް ލިބުނު އައިޝަތު ހިމްނާ ހަސަން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އަންހެން ދުވުންތެރިޔާ އެވެ. ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މިދިޔަ ދެ ފަހަރުގެ އެންމެ މޮޅު އެތުލީޓު ހިމްނާއަކީ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮންނަ އެތުލީޓެވެ. ލޯކަލް މުބާރާތްތަކުގައި އެހެން އިވެންޓްތަކުގައި ދުވެ ކާމިޔާބީތައް ހޯދާފައިވީކަމުގައި ވިޔަސް ހިމްނާގެ ރަސްމީ އިވެންޓަކީ 400 މީޓަރު ދުވުމެވެ.

ސާފިން ސްކޮލަޝިޕް ލިބުނު އިސްމާއިލް ރަޝީދު (ސްމައިލީ)އަކީ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އަންނަ ސާފަރެވެ. ސްމައިލީ އެންމެ ބޮޑަށް ފާހަގަވީ 2019 އަހަރު ގައުމީ ސާފިން ޓީމް ހޮވުމަށް ބޭއްވި "ޓްރަޔަލް"އިން އެއް ވަނަ ހޯދުމާ އެކުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގައުމީ ޓީމުގައި އޭނާގެ މަގާމު ދަމަހައްޓަމުންނެވެ.

ގައުމީ ޓީމާ އެކު ސްމައިލީ ވަނީ 2019 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް އެ މުބާރާތުގެ ޝޯޓް ބޯޑް ކެޓަގަރީގެ ފައިނަލް ހީޓުގައި ވާދަކޮށްފަ އެވެ. ނަމަވެސް މެޑަލަކާ ހަމަ އަށް އެ ފަހަރު ދެވޭ ގޮތެއް ނުވި އެވެ. އޮލިމްޕިކްސްގައި ސާފިން ހިމަނާފައިވަނީ މިދިޔަ އަހަރު ޓޯކިޔޯގައި އޮތް އޮލިމްޕިކްސް އިން ފެށިގެންނެވެ.

ސަރަހައްދީ ގޭމްސްތަކުގައި ގަވާއިދުން ވާދަކުރަމުން އަންނަ ޝޫޓިން ޓީމްގެ އެންމެ އުއްމީދީ މެންބަރު ޒިޔާން ޞިޔާއު އަށް ވެސް ވަނީ އޮލިމްޕިކް ސްކޮލަޝިޕް ލިބިފަ އެވެ.

އުމުރުން 22 އަހަރުގެ ޒިޔާން އަކީ 10 މީޓަރު އެއާ ޕިސްޓަލް ފިރިހެން ބައިގެ ގައުމީ ރެކޯޑު އޮތް ޝޫޓަރެވެ. އޭނާ ފުރަތަމަ މި ރެކޯޑު ހެދީ 2019 ވަނަ އަހަރު އޮތް 14 ވަނަ އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ފަހުން 2019 ގެ ސައުތު އޭޝިއަން ގޭމްސްގައި އޭނާ ވަނީ އަމިއްލަ ރެކޯޑު އާ ކޮށްފަ އެވެ. މީގެ އިތުރުން 10 މީޓަރު އެއާ ޕިސްޓަލް މިކްސް ޓީމު ބައިގެ ގައުމީ ރެކޯޑު ހެދި ޝޫޓަރުންގެ ތެރޭގައި ވެސް ޒިޔާން ހިމެނެ އެވެ.

އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ހުރިހާ އެތުލީޓުންނަށްވެސް 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން އެތުލީޓަކު ބޭނުން ސެންޓަރެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ތަމްރީންތަކުގެ ހަރަދުތަކާއި ޓެކްނިކަލް އެހީތެރިކަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox