"އާސެނަލަށް ވުރެ ބޮޑު ކްލަބަކަށް ނިއުކާސަލް ވާނެ"

Feb 8, 2022, 8:16 AM
ބްރެޒިލްގެ މިޑްފީލްޑަރު ގިމާރޭސް ނިއުކާސަލަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ މިޑްފީލްޑަރު ގިމާރޭސް ނިއުކާސަލަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (ފެބްރުއަރީ 8) - ކުރިއަށް އޮތްތަނުގައި އާސެނަލަށް ވުރެ ބޮޑު ކްލަބެއްގެ ގޮތުގައި ނިއުކާސަލް ޔުނައިޓެޑް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމަށް މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމާރޭސް ބުނެފި އެވެ.

މީގެ ހަަތަރު މަހެއްހާ ދުވަސް ކުރިން ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިސްވެ، ނިއުކާސަލް ގަތްއިރު، އެ ޓީމުން ވަނީ މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން 122 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

ނިއުކާސަލް އިން އެންމެ ބޮޑު އަގެއްދީފައި ގަތް ކުޅުންތެރިއަކީ ފްރާންސްގެ ލިޔޯނަށް ކުޅެމުން އައި ހުނަރުވެރި ތަރި، ގިމާރޭސް އެެވެ. ބްރެޒިލްގެ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ގިމާރޭސް ގަންނަން ނިއުކާސަލް އިން ވަނީ 57 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ސަޕޯޓަރުން ގިނަ ކްލަބެއްގެ ގޮތުގައި އޮތް، ނިއުކާސަލާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ގިމާރޭސް ހޯދަން އާސެނަލުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އޭނާ ނިންމީ މި ވަގުތު ރެލިގޭޝަނުގައި ކުޅެމުން އަންނަ ނިއުކާސަލާ ގުޅޭށެވެ.

ނިއުކާސަލަށް ސޮއިކުރި ސަބަބު އޮޅުންފިލުވައިދެމުން ގިމާރޭސް ބުނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ނިއުކާސަލަކީ އާސެނަލަށް ވުރެ "ބޮޑު ކްލަބަކަށް ވާނެ ކަމުގެ" ޔަގީންކަން އެބައޮތް ކަމަށެވެ.

"ނިއުކާސަލަށް އައުމަށް އަހަރެން ޝައުގުވެރިވީ ގިނަ ސަބަބުތަކެއް ވެސް އޮތީމަ. މި ކްލަބްގެ ވެރިން އަހަރެން ގާތުގައި ބުނި ވާހަކަ އަހަރެން ކަނުލާ އަޑުއެހިން. މި ކްލަބްގައި ކުރިއަށްދާން އޮތް ޕްރޮޖެކްޓަށް އަހަރެން އިތުބާރު ކުރަން. ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ކްލަބް (ނިއުކާސަލް) އަކީ ފުޓްބޯޅައިގެ ބޮޑު ބާރަކަށް ވާނެ،" ނިއުކާސަލުން މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި އެ ޓީމަށް ސޮއިކުރި ގިމާރޭސް ބުންޏެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ މިހާރު އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރްގެ މިލްކިއްޔާތެވެ. އޭނާގެ މިލްކިއްޔާތުގައި 32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލް އިން ގިމާރޭސްގެ އިތުުރުން ގެނައީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއޭ، ބްރައިޓަންގެ ޑެން ބާން، ބާންލީގެ ކްރިސް ވުޑް އަދި ލޯން އެއްބަސްވުމަކުން އެސްޓަން ވިލާ އިން މެޓް ޓާގެޓް އެވެ.

ނިއުކާސަލް މި ވަގުތު ލީގުގެ 19 ވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ. ނިއުކާސަލް އިން ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ މަހު އެ ޓީމުން ގެނައި ކުޅުންތެރިންނަށް ވަނީ ރެލިގޭޝަނުން ޓީމު ސަލާމަތްވެއްޖެނަމަ ބޮޑު ބޯނަސްތަކެއް ދޭން އެއްބަސްވުމުގައި ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox