ކެނެޑާގެ މުޒާހަރާ ނަމޫނާއަކަށް ބަލައި ނިއުޒީލޭންޑްގެ މަގުތައް ވެސް ބަންދުކޮށްފި

ނިއުޒީލޭންޑްގެ ޕާލިމެންޓަށް ދެވެން އޮންނަ މަގުތަކުގައި އުޅަނދުތައް ޕާކުކޮށް، މުޒާހަރާގެ ބައިވެރިން އަޑު އުފުލަނީ ކޮވިޑް ގަވާއިދުތަކާ ދެކޮޅަށް. -- ފޮޓޯ: އޭއެފްޕީ

ނިއުޒީލޭންޑްގެ ޕާލިމެންޓަށް ދެވެން އޮންނަ މަގުތަކުގައި އުޅަނދުތައް ޕާކުކޮށް، މުޒާހަރާގެ ބައިވެރިން އަޑު އުފުލަނީ ކޮވިޑް ގަވާއިދުތަކާ ދެކޮޅަށް. -- ފޮޓޯ: އޭއެފްޕީ

ވެލިންގްޓަން، ނިއުޒީލޭންޑް (ފެބްރުއަރީ 8) - ކެނެޑާގައި ކޮވިޑްގެ ގަވާއިދުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ނަމޫނާއަކަށް ބަލައި، ނިއުޒީލޭންޑްގެ ޕާލިމެންޓަށް ދެވެން އޮންނަ މަގުތައް ބަންދުކޮށް މުޒާހަރާ ކުރަން ފަށައިފި އެވެ.

"ދަ ބީހައިވް"ގެ ނަން ދީފައިވާ ޕާލިމެންޓް އިމާރާތަށް ދެވެން އޮންނަ މަގުތަކުގައި އުޅަނދުތައް ޕާކުކޮށްގެން، މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ ވެކްސިން ޖަހަން މަޖުބޫރު ކުރާ ކަމަށް ބުނެ އެވެ. ވެލިންގްޓަންގެ ސިޓީ ސެންޓަރުގައި ވެސް އުޅަނދުތަކުން އަޑު ގަދަ ކުރަމުން އެތައް ސަތޭކަ ބަޔަކު ދުއްވި އެވެ.

ސިޓީ ސެންޓަރުގައި މުޒާހަރާގެ ލީޑަރުން ވާހަކަދައްކަމުން ދިޔަ އިރު، އެ ވާހަކަތަކަށް ތާއީދު ކުރާ ހާހަކަށް ވުރެ ގިނަ މީހުން ތިބީ ކައިރީގައި އަޑުއަހަން މަޑުކޮށްގެންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއް މީހުން ވެސް އުޅުނެވެ. ނަމަވެސް އެ މީހުން ބުނީ ވެކްސިން ޖަހަން މަޖުބޫރު ކުރުމަކީ ބަލައިގަންނާނެ ނިންމުމެއް ނޫން ކަމަށެވެ.

ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރިއަށް ދިޔަ އިރު، ފުލުހުން ބުނީ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ބޮޑު ވަޒީރު ޔެސިންޑާ އާޑޭން ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ މަޝްވަރާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ނިއުޒީލޭންޑްގެ މެޖޯރިޓީ މީހުން ތާއީދު ކުރަނީ ސަރުކާރުގެ ނިންމުމަށް ކަމަށެވެ.

"ނިއުޒީލޭންޑްގެ 96 ޕަސެންޓް މީހުން އެ ވަނީ ވެކްސިން ޖަހާފައި. އޭގެ ސަބަބުން ފިޔަވަޅުތަކަށް ލުއިދޭން މަގުފަހިވެއްޖެ،" ރޭޑިއޯ ނިއުޒީލޭންޑަށް އެކަމަނާ ވިދާޅުވި އެވެ.

ނިއުޒީލޭންޑްގައި ވަކި ދާއިރާތަކެއްގެ މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރެވެ. އެއީ ސިއްހީ ދާއިރާ، ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ދިފާއީ ދާއީރާ އެވެ.

އޭގެ އިތުރުން ވެކްސިން ޖަހާފައިވާ ކަމުގެ ހެކި ދައްކައިގެން ނޫނީ ރެސްޓޯރެންޓްތަކާއި، ކުޅުވަރި ހޯލްތަކާއި، ދީނީ އަޅުކަން ކުރިއަށްދާ ތަންތަނަށް ވެސް އާއްމުންނަށް ނުވަދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox