ހުލާސާކޮށް އިއްޔެ: އިދިކޮޅުން އާޒިމްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އިއްޔެގެ މަޖިލިސް ޖަލްސާގައި އޭނާ ވަނީ ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އިއްޔެގެ މަޖިލިސް ޖަލްސާގައި އޭނާ ވަނީ ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފާޑު ވިދާޅުވެފައިވާތީ އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފެށީ އިއްޔެ އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމް ބަލައި ނުގަނެވޭނެ ކަމަަށް އިއްޔެގެ ޖަލްސާގައި އާޒިމް ވިދާޅުވި އެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްނުކޮށްފި ނަމަ "ވަކިކުރަން ޖެހޭ ކޮންމެ ބައެއް" ވަކި ކުރާނެކަމުގެ އިންޒާރުވެސް އޭނާ އިއްޔެ ދެއްވި އެވެ.

އެ ކަމާ ގުޅިގެން ޔާމީން ލީޑް ކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ އެ ވާހަކަތައް ކުށްވެރިކޮށް، އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ކުޑައިމީސްކޮށް، އާޒިމް ވާހަކަދެއްކުމުން، އެ ކޯޓުގެ ހުރުމަތް ކަނޑައިލި މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"...އާޒިމް ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަވެސް ދެންނެވީމެވެ." ޕީޕީއެމް, ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

އާޒިމް ވިދާޅުވީ ކީކޭ؟

ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ޔާމީނުގެ އެކައުންޓުގައި ހުރި ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވުމަށްފަހު ވެސް ކުށް ސާބިތުނުވުން ބަލައިނުގަނެވޭނެ ކަމަށް އިއްޔެ ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.

"އެފަދަ ކަންކަން ވެގެން ދާއިރުގައި، ބޮޑެތިު ކޯޓްތަކުން ކަންކަން ނިންމާއިރުގައި އެބަ ބަލައިލަން ޖެހޭ، މިއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ ފައިސާ އަޅުގަނޑުމެން އަޖައިބުވާ ވަރަށް، އިންތިހާއަށް އަޖައިބުވާ ވަރަށް ނަގައި އެކައުންޓަށް ލާފައި ހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ، މާލެތެރެއަށް ދޫކޮށްލައިގެން ދޭތެރޭ ގައުމާ ދޭތެރޭ ޖައްސަމުން ބޭނުން ރަށަކަށް އަރަމުންދާން ފުރުސަތު ދޭންވީތޯ،" އާޒިމް އިއްޔެ ވިދާޅުވި އެވެ.

އާޒިމް ވަނީ ޔާމީން "ހުއްޓުވުމަށް" ރައްޔިތުން ބޭނުންވާ ކަމަށާއި ފަނޑިޔާރުން އެކަންނުކޮށްފި ނަމަ އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ވެސް ވަކި ކުރަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.

"ރައްޔިތުން ބުނީ އަޅުގަނޑުމެން އެކަން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން ވަކިކުރަން ޖެހޭ ކޮންމެ ބައެއް ވަކިކުރަން ނުކުމެ ތައްޔާރަށް،" އާޒިމް ވިދާޅުވެފައިވެ އެވެ.

އާޒިމް ވަނީ ޔާމީނު ދޫކޮށްލާފައި ބެހެއްޓުމަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ވިސްނާ ފިކުރުކުރަން ޖެހޭ ކަމެއް ކަމަށް ވެސް އިއްޔެގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން ކަމުގެ ތުހުމަތުކޮށް، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ، އެ މައްސަލައަށް ފާރަވެރިވުމަށް ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އިނގިރޭސިވިލާތުގެ މަންދޫބު، އައްބާސް ފާއިޒް ކަންބޮޑުވުން ފާޅު ކުރެއްވީ އިއްޔެ އެވެ.
  • "އިންޑިއާ އައުޓް" ކެމްޕޭނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ފުޅާ ދާއިރާއެއްގައި ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުން ގިނަ ހުށަހެޅުންތަކެއް އިއްޔެގެ ކޮމިޓީ ބައްދަލުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.
  • މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު އެއް ޕަސެންޓަށް ކުޑަކޮށް، 720 ލޯނުގެ ފުރުސަތަށް ހުޅުވާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން ކަމުގެ ތުހުމަތުކޮށް، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ، އެ މައްސަލައަށް ފާރަވެރިވުމަށް ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އިނގިރޭސިވިލާތުގެ މަންދޫބު، އައްބާސް ފާއިޒް ވިދާޅުވީ:

"މެއި މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ ޝަރީއަތް މިހާރު ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް. އެ ދައުވާތައް އުފުލި ފަހުން މަސްތަކެއް ފާއިތުވެގެން ހިނގައްޖެ. އެންމެ މައްސަލައެއްގެ ޝަރީއަތް އަދި ނިމުނީ.

ދުވަހުގެ ފޮޓޯ

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ ވޮލީ މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިޔަކު ބޯޅަ ފޮނުވާލާއިރު ބަންގްލަދޭޝްގެ ކުޅުންތެރިން ބްލޮކަށް އަރައި. ރޭގެ މެޗުގެ އިތުރުން ސޯޝަލް ސެންޓަރުގައި މި ދެ ޓީމު އަދި ދެ މެޗު ކުޅޭނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ ވޮލީ މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިޔަކު ބޯޅަ ފޮނުވާލާއިރު ބަންގްލަދޭޝްގެ ކުޅުންތެރިން ބްލޮކަށް އަރައި. ރޭގެ މެޗުގެ އިތުރުން ސޯޝަލް ސެންޓަރުގައި މި ދެ ޓީމު އަދި ދެ މެޗު ކުޅޭނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ ވޮލީ މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިޔަކު ބޯޅަ ފޮނުވާލާއިރު ބަންގްލަދޭޝްގެ ކުޅުންތެރިން ބްލޮކަށް އަރައި. ރޭގެ މެޗުގެ އިތުރުން ސޯޝަލް ސެންޓަރުގައި މި ދެ ޓީމު އަދި ދެ މެޗު ކުޅޭނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މާދަރީބަސް އަށަގަތުމުގައި ދެ ޖިންސުގެ ކުދިންގެ މެދުގައި ތަފާތެއް ވޭހެއްޔެވެ؟"

އެއީ 2013 ވަނަ އަހަރު ގައުމީ ޔުނިވާސިޓީ އިން ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވި ހާމިދު ރަޝީދު ހައްދަވާފައިވާ ދިރާސާ އެކެވެ. އެ ދިރާސާއަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ މެދުގައި މާދަރީ ބަސް އަށަގަތުމުގައި ދެ ޖިންސުގެ ކުދިންގެ ދެމެދުގައި ތަފާތެއް ވޭތޯ ބެލުމަށްޓަކައި ކުރި ދިރާސާއެކެވެ.

އެގޮތުން، ވާހަކަ ދެއްކުމުގައި ލަފުޒު ބޭނުންކުރާ މިންވަރާއި އެކި ލަފުޒުތައް ކިޔުމުގައި ހުރި ތަފާތުތަކާއި ލަފުޒުތައް ޖުމުލައިގައި އަތުރާ ގޮތްތައް ބަލައިގެން އަދި ވާހަކަ ދެއްކުމުގައި ބޭނުންކުރާ ތަފާތު ލަފުޒުތައް ދިރާސާކޮށް އެނަލައިޒް ކޮށްގެން، ބަސް އަށަގަތުމުގައި ދެޖިންސުގެ ކުދިންގެ މެދުގައި ތަފާތެއް ވޭތޯ ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox