"އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބަލަން 241 ކޮމިޓީގެ މެމްބަރުންގެ ގިނަ ހުށަހެޅުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމަނިކުފާނު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމަނިކުފާނު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އިންޑިއާ އައުޓް" ކެމްޕޭނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ފުޅާ ދާއިރާއެއްގައި ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުން ގިނަ ހުށަހެޅުންތަކެއް މިއަދު ހުށަހަޅުއްވައިފި އެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ މައްސަލަ ހުށަހެޅުއްވީ އެ ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކެއް އޮވެދާނެތީ އެއީ ކޮންކަހަލަ ގެއްލުންތަކެއްތޯ ބައްލަވަން އެދިވަޑައިގަންނަވާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ބޭނުންތެރި ކަމެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ވެސް ފާޑު ކިއިދާނެ. ނުވަތަ ވަކި ޝަހުސިއްޔަތަކާ ވެސް ފާޑު ކިއިދާނެ. ދެން އެހެން ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް އިންތިޒާމްވެެގެން ދިވެހިރާއްޖޭގައި ހިންގީމާ އެގައުމު ދެކޭނެ ގޮތާއި އެގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލުކޮށްފާނެ ގޮތަކާއި މިކަންކަމާ ގުޅޭ ގޮތުން މިކޮމިޓީގެ މަޝްވަރާއެއް އޮތުން ނުވަތަ ދިރާސާއެއް އޮތުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ފެންނާތީވެ، ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު އެދުނީ،" ނަޝީދު ވިދާޅުވި އެވެ.

އެެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ވެސް 241 ކޮމިޓީން ކަންތައްތައް ބަލާ އުސޫލުން، ވީހާވެސް ގިނަ މާހިރުންނާ ވާހަކަ ދައްކައިގެން އެ މައްސަލަަ ބަލަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ކަންތައްތައް ހިނގާކަން ނުވަތަ ނޫންކަން ވެސް ކޮމިޓީން ބެލުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑުމެނަށް ދެރަތަކެއް ލިބިދާނެ ކަމަކަށް ވާތީ އަޅުގަނޑު ތިޔަ ބޭފުޅުން އަރިހުން މި އެދެނީ [މިކަން ބައްލަވައިދެއްވަން]،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅަށް ފަހު ކޮމިޓީގެ މެމްބަރުންގެ ތެރެއިން ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި އައީ އެ މައްސަލަ ނުބަލައި ބޭރުކޮށްލުމަށް، ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. އެ ހުށަހަޅުމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދުު އުޝާމް ތާއީދު ކުރެއްވި ނަމަވެސް އެކަން ފާހެއް ނުވި އެވެ.

ކޮމިޓީ އާއި މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން އޭގެ ފަހުން ގިނަ ހުށަހެޅުންތަކެއް ހުށަހެޅުއްވީ މައްސަލައިގައި ބަލަން އެދިވަޑައިގަންނަވާ ކަންތައްތަކާ ގުޅޭގޮތުންނެވެ.

އޭގެ ފުރަތަމަ ހުށަހެޅުމަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިންގެ ހުށަހެޅުއްވުމެވެ. އޭނާ ހުށަހެޅުއްވީ އިންޑިއާ އައުޓް ހަރަކާތުން ދިވެހިންނަށް ކުރާ ނޭދެވޭ އަސަރާއި އިންޑިއާގައި އުޅޭ ދިވެހިންނަށް އެކަމުން ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށެވެ. ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ކުރާ ނޭދެވޭ އަސަރު ދެނެގަންނަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވީ އެ މައްސަލައިގައި ގިނަ އިދާރާތަކެއްގެ ވެރިންނާ ސުވާލުކޮށް މައުލޫމާތު އެއްކުރުމަށެވެ. މަޝްވަރާކުރަން އޭނާ އެދިވަޑައިގަންނަވާ އިދާރާތަކުގެ ލިސްޓެއް ހަަސަން ދެއްވި އެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުންގެ އިދާރާ އާއި ފޮރިން މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިތުރުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އަސަރުުކުރާ ވަރު ކޮމިޓީން ކުރާ ދިރާސާގައި ބެލުމަށެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅުއްވީ އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރަނީ ކޮންބައެއްތޯ ބެލުން ވެސް ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ހިމެނުމަށެވެ. އޭނާ ވިދާޅުވީ އެ ހަރަކާތަކީ އޯގަނައިޒް ކޮށްގެން ހިންގާ ހަރަކާތަކަށް ވާތީ ހަރަދުކުރާ ބަޔަކު ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮމިޓީން މައްސަލަ ބެލޭނެ ކަމާމެދު ބައެއް މެމްބަރުން ސުވާލު އުފެއްދެވި

އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލައަކީ 241 ކޮމިޓީން ބެލޭނެ މައްސަލައެއްކަމާ މެދު ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ. އެ މައްސަލަ ބޭރުކޮށްލަން އެންމެ ފުރަތަމަ ހުށަހެޅުއްވި މެމްބަރު ޣައްސާން ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދީފައި އޮތް އިރު އެއްވެސް ގާނޫނަކުން އެކަން މަނާ ނުކުރެވޭ ހާލުގައި މިފަދަ އިންވެސްޓިގޭޝަނެއް ނޫނީ ތަހުގީގެއް އެންމެ އެކަށީގެންވާ ގޮތްކަމުގައި ނުދެކޭތީ އަޅުގަނޑު ހަމަ ހުށަހަޅަން މި މައްސަލަ ބޭރުކޮށްލަން،" ޣައްސާން ވިދާޅުވި އެވެ.

ވިލާމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލައަކީ ސީރިއަސް މައްސަަލައެއް ކަމަށާއި އެހެން ނަމަވެސް، އެ މައްސަލައަކީ 241 ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް ކަމާ މެދު ހިޔާލު ތަފާތު ކަމަށެވެ. އެެ ކެމްޕޭނަކީ އެހާ ފުޅާވެގެންދާން ޖެހޭ ކެމްޕޭނެއް ނޫން ކަމަށާއި، އެކަން ފުޅާވީ ސަރުކާރުން އަަމަލުކުރި ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ މިހިސާބަށް ދާން މިޖެހުނީ ސިއްރުކުރަން ޖެހޭ މިންވަރަށް ވުރެ ބޮޑަށް ސަރުކާރުން މިކަންކަން ސިއްރުކުރީމާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އުޝާމް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެ މައްސަލަ ބެލުމަކީ 241 ކޮމިޓީގެ މެންޑޭޓުން ބޭރުގައިވާ ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައިވާ ހައްގުތަކާ ގުޅޭ މައްސަލަައަކަށް ވާތީ ވެސް އެ މައްސަލަ ބެލޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox