ފަނޑިޔާރުންނަށް ނުފޫޒުފޯރުވާތީ އިދިކޮޅުން އާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

އިދިކޮޅު ކޯލިޝަނުން ޕްރެސްއެއް ދެނިކޮށް: އެ ކޯލިޝަނުން އާޒިމްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ކުޑައިމީސްކޮށް ވާހަކަދެއްކުމުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ކޯލިޝަނުން ޕްރެސްއެއް ދެނިކޮށް: އެ ކޯލިޝަނުން އާޒިމްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ކުޑައިމީސްކޮށް ވާހަކަދެއްކުމުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފާޑު ވިދާޅުވެފައިވާތީ އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމް ބަލައި ނުގަނެވޭނެ ކަމަަށް މިއަދު އާޒިމް ވިދާޅުވި އެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްނުކޮށްފި ނަމަ "ވަކިކުރަން ޖެހޭ ކޮންމެ ބައެއް" ވަކި ކުރާނެކަމުގެ އިންޒާރުވެސް ދެއްވި އެވެ.

މިކަމާ ގުޅިގެން ޔާމީން ލީޑް ކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ އެ ވާހަކަތައް ކުށްވެރިކޮށް، އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ކުޑައިމީސްކޮށް، އާޒިމް ވާހަކަދެއްކުމުން، އެ ކޯޓުގެ ހުރުމަތް ކަނޑައިލި މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"...އާޒިމް ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަވެސް ދެންނެވީމެވެ." ޕީޕީއެމް, ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ނެރިފައިވާ ބަޔާނުގައި ވެއެވެ.

ޔާމީން "ހުއްޓުވުމަށް" ރައްޔިތުން ބޭނުންވާ ކަމަށާއި ފަނޑިޔާރުން އެކަންނުކޮށްފި ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ވެސް ވަކި ކުރަންޖެހިދާނެ ކަމަށް އާޒިމް މިއަދު ވިދާޅުވި އެވެ. އެ ވާހަކަ އިދިކޮޅުން ސިފަކުރީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގަ އެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox