މާލެ އަންހެނުންގެ ކޮމެޓީގެ މެމްބަރުން އޮފީހުގައި ތަޅުލެވުނީ އޮޅިގެން، މައްސަލަ ބަލާނަން: ސިޓީ ކައުންސިލް

މާލޭ އަންހެނުންގެ ކޮމެޓީގެ މެމްބަރުން އޮފީހުގައި ތަޅުލި މައްސަލަ ބަލާނެ ކަމަށް ބުނި -- ފޮޓޯ: ކައުންސިލް މެންބަރެއް

މާލޭ އަންހެނުންގެ ކޮމެޓީގެ މެމްބަރުން އޮފީހުގައި ތަޅުލި މައްސަލަ ބަލާނެ ކަމަށް ބުނި -- ފޮޓޯ: ކައުންސިލް މެންބަރެއް

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް މީޓިން ރޫމުގެ ބޭރުން ދޮރު ތަޅުލެވުނީ އޮޅިގެން ކަމަށާއި އެކަން ހިނގާދިޔަ ގޮތް ރަސްމީކޮށް ބަލާ މުވައްޒަފެއްގެ މައްސަލައެއް އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ކައުންސިލުން ގަސްތުގާ ތަޅުލީ ކަމަށް މެމްބަރުން ތުހުމަތު ކުރެ އެވެ. އޮޅިގެން ކުރެވުނު ކަމެއް ކަމަށް ކައުންސިލުން ބުނި ނަމަވެސް, ކޮމެޓީގެ މެމްބަރުން އެކަމަަށް އިންކާރު ކުރެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް "އަދަދު" އަށް ވިދާޅުވީ އެ ކަން ހިނގައި ދިޔަގޮތް ރަސްމީކޮށް ބަލާނެ ކަމަށާއި އެއީ ކައުންސިލްގެ އިދާރީ މުވައްޒަފެއް ގަސްތުގާ ކޮށްފައިވާ ކަމެއްނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

"ކޮންމެ ގަޑިއެއްގަ އެ ބޭފުޅުންނަށް އަޅުގަނޑުމެންނަށް އެބަ ގުޅޭ. މެސެޖު ކުރީމަ ރިޕްލައި ކުރެވޭ. މީޓިން ތަކަށްވެސް އެރޭ. ފިކުރުގެ ގޮތުން ތަފާތު ވިޔަސް އެކަހަލަ އެއްވެސް ހިތްހަމަ ނުޖެހުމެއް މިއަދާ ހަމައަށްވެސް ނާދޭ. އޮފީހުގަ ތަޅުލެވުނު ވާހަކަ ޓްވިސްޓް ކޮށްލައިގެން އެ ދައްކާ ވާހަކައަކީ އޭގެ ކަންބޮޑުވުން އޮތް ކަމެއް. އެއި ގަސްތުގައި އެއްވެސް މުވައްޒަފަކު ކޮށްފައި އޮތް ކަމެއް ކަމަށް ވާނަމަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގަ ކައުންސިލުން ބަލަމުން މިދަނީ،" ނަރީޝް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ އަންހެނުން ކޮމެޓީގެ ނުރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސައިދީފައިވަނީ މައްޗަންގޮޅީ އަވަށު އޮފީސް ކުރިން ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ކަމަށެވެ.

އެ ފަންގިފިލާއަކީ ބޭރުން ވެސް ވަދެވޭ ގޮތަށް ހުންނަ ތަނެއް ކަމަށާއި ކައުންސިލްގެ ދެ ޑިޕާޓުމެންޓެއް ހިންގާ އެ އިމާރާތުގެ އެ ފަންގިފިލާ ރަސްމީ ވަގުތުގައި ހުޅުވާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ ރަސްމީ ބައްދަލުވުންތައް އަބަދުވެސް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލްގެ މީޓިން ރޫމްގައި ކަމަށެވެ. އަދި އިއްޔެ އެ ހާދިސާ ހިނގާ ދިޔައީ ކައުންސިލްގެ އެއްވެސް އިދާރީ މުވައްޒަފަކަށްވެސް ނޭނގި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޝާރާތެއް ކޮށް ނުލާ މާތީ މީޓިންއެއް ތިއްބަސް މުވައްޒަފުންނަކަށް ނޭނގޭނެ މައްޗަށް އަރާ ފައިބާހާ މީހުންނެއް. އެއީ ވަކިން އެރޭ ގޮތަށް އިންނަ ތަނެއްވީމަ. އަދި މީޓިންއެއް ކުރިއަށް ދާ ކަމެއް ވެސް ނޭނގޭނެ،" ނަރީޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންނާނެ ޑަބްލިޔުޑީސީއަށް އިދާރީ ގޮތުން ކަންކަން ބަލަހައްޓަން މުވައްޒަފުން ކަނޑައަޅާފަ. އެކުދިންނަށް އިޝާރާތް ކޮށްލީމަ ހުރުހާ އެރޭންޖްމެންޓެއްވެސް ހަމަޖައްސަދޭނެ. އަދި މިއަދާހަމައަށްވެސް ހަދަމުން ގެންދިޔައީ އެކުދިން. އިއްޔެ އެ ބައްދަލުވުމެއް އޮންނަކަން އެ މުވައްޒަފުންނަށް ވެސް އަންގާފައެއް ނުވޭ."

ކައުންސިލްގެ ބައެއް މެމްބަރުން ބުނާ ގޮތުން އާދިއްތަ ދުވަހުގެ 2:00އަކީ އަބަދުވެސް އެ މެމްބަރުންގެ ނުރަސްމީ ބައްދަލުވުން ކުރިއަށްދާ ދުވަހެކެވެ. އަދި އެ ކަމަކީ ޔައުމިއްޔާގައިވެސް ފާސްކޮށްފައިވާ ކަމެއް ކަމަށް އެ މެމްބަރުން ބުނެ އެވެ. އެހެން ކަމުން އެއީ ގަސްތުގާ ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށް ކުރި ތުހުމަތާ ގުޅިގެން ނަރީޝް ވިދާޅުވީ އަބަދުވެސް މީޓިންތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދަނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމަށެވެ.

"އަޅުގަނޑެއް ކުށްވެރިއެއް ނުކުރަން ޑަބްލިޔުޑީސީގެ އެއްވެސް ބޭފުޅެއްވެސް. އެކަމަކު ބުނަން ބޭނުންވާ އެއްޗަކީ އެއީ މުޅި ކައުންސިލް އެއްކޮށް ބަދުނާމުކޮށްފަ އޮތީމަ އެއީ ވަރަށް ހިތާމަ ކުރާ ކަމެކޭ. ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައޭ އެ ވަހާކަތައް ދައްކާފަ އެ ހުރީ،" ނަރީޝް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގައި މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕީޕީއެމްއަށެވެ. ނަމަވެސް އަންހެނުންގެ ކޮމެޓީގެ ގިނަ މެމްބަރުންނަކީ ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox