މައުމޫން ހައްޔަރު ކުރުން އެމަނިކުފާނު ސިފަ ކުރެއްވީ އަނިޔާވެރި ހާދިސާއެއްގެ ގޮތުގައި

ފެބްރުއަރީ 6، 2018 ގައި މައުމޫން ހައްޔަރުކޮށްގެން ގެންދަނީ: މިނިވަންވީ ސެޕްޓެމްބަރު، 2018 ގައި 236 ދުވަސް ޖަލުގައި އޮންނެވުމަށްފަހު -- ފޮޓޯ: ސޯޝަލް މީޑިއާ

ފެބްރުއަރީ 6، 2018 ގައި މައުމޫން ހައްޔަރުކޮށްގެން ގެންދަނީ: މިނިވަންވީ ސެޕްޓެމްބަރު، 2018 ގައި 236 ދުވަސް ޖަލުގައި އޮންނެވުމަށްފަހު -- ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުން އަނިޔާވެރި ހާދިސާއެއްގެ ގޮތުގައި މައުމޫން މިރޭ ސިފަ ކުރައްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރީ ފެބްރުއަރީ 6، 2018 ގަ އެވެ.

މައުމޫން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި މީހަކުު ލިޔުނު ޕޯސްޓަކަށް ޖަވާބު ދެއްވަމުން އެމަނިފާނު ހައްޔަރު ކުރުމަށް ނިސްބަތް ކުރައްވާ، ނުރުހުމުގެ އެމޯޓިކޯންއަކާއެކު މައުމޫން ވިދާޅުވީ، "ކޮން ފަދަ އަނިޔާވެރި ހާދިސާއެއް" އެހެންނެވެ.

ރާއްޖޭގައި 1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ވެރިކަން ކުރެއްވި މައުމޫން ހައްޔަރު ކުރުމަށްފަހު ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލީ އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

މައުމޫން ޖަލަށްލުމުން އެމަނިކުފާނު މިނިވަން ކުރުމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް މައުމޫން ދޫކޮށްލުމަށް ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މައުމޫން ޖަލުގައި އޮންނެވި ދުވަސްތަކުގައި އެންމެ ކައިރީގައި ހުންނެވި އެކަކީ ވެސް އަނބިކަނބަލުން ނަސްރީނާ އެވެ. ޖަލުގައި މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ހާއްސަ ހުއްދައެއްގެ ދަށުން އެމަނިކުފާނަށް އެހީތެރިވެވަޑައިގަތުމަށް މާފުށީ ޖަލަށް ވެސް ނަސްރީނާ އެތައް ދުވަހަކު ވަޑައިގެންނެވި އެވެ.

ތާރީހީ މާފުށި ޖަލުގައި މައުމޫން ހުންނެވީ ރައީސް ނަޝީދު ބެހެއްޓުމަށް ހާއްސަކޮށް އެތަނުގައި ހެދި ޖަލު ކޮޓަރިއެއްގަ އެވެ. އެތަނުގައި އެއް ރޯދަ މަހާއެކު ޖުމްލަ 236 ދުވަސް މައުމޫން ހުންނެވި އެވެ. އެމަނިކުފާނު މިނިވަންވީ ސެޕްޓެމްބަރު 30، 2018 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox