ލަތާ މަންގޭޝްކަރް (1929-2022): އެންމެ ހިތްގައިމު އަޑުގެ ނިމުން

ލަތާ މަންގޭޝްކަރް (1929-2022): އެންމެ ހިތްގައިމު އަޑުގެ ނިމުން

މިއަދު މުޅި ދުނިޔެއަށް ގެއްލިގެން އެ ދިޔައީ އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރިޔާ، ލަތާ މަންގޭޝްކަރް އެވެ. އިންޑިއާ އަށް އުފަން ލަތާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެ، މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ ދުވަސްތަކެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މަރުވި އިރު ލަތާގެ އުމުރުން 92 އަހަރެވެ. އައިސީޔޫގައި އޭނާ އެޑްމިޓްކުރީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ. ހަބަރުތައް ބުނާ ގޮތުން، އައިސީޔޫގައި ލަތާއަށް، ކޮވިޑް-19 ގެ އިތުރުން ނިއުމޯނިއާ އަށް ވެސް ފަރުވާ ދީފައިވެ އެވެ. އެޑްމިޓް ކުރި ފަހުން އެކި ފަހަރު މަތިން ހާލު ރަނގަޅުވީ ނަމަވެސް ކުއްލިއަކަށް ހާލު ގޯސްވެ، މަރުވުމާ ހަމައަށް ވެސް ފަރުވާދެމުން އައީ ވެންޓިލޭޓަރުގަ އެވެ.

ލަތާ އަކީ ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ އޭނާގެ މިއުޒިކީ ހިދުމަތްތަކަށް އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި، ބާރަތު ރަތުނާ އެވޯޑާއި، ޕަދުމަ ވިބުޝަން އެވޯޑާއި، ޕަދުމަ ބުޝަން އަދި ދާދާސާހެބް ޕާލްކޭ އެވޯޑު ވެސް ދީފައިވާ ފަންނާނެކެވެ. އޭނާ އަކީ އިންޑިއާ ސިނަމާގެ އެންމެ ބޮޑު ޝަރަފަކާއި ގަދަރެއް ލިބިފައިވާ އެއް އައިކޮން ވެސްމެ އެވެ.

Advertisement

ލަތާގެ ދިރިއުޅުން

މިއުޒިކީ އާއިލާ އަކަށް އުފަން ލަތާ އަކީ އާއިލާގެ ފަސް ކުދިންގެ ތެރެއިން އެންމެ ދޮއްޓެވެ. ލަތާގެ ބައްޕަ، ފަންޑިތު ދީނާނަތު މަންގޭޝްކަރް އަކީ ތިއޭޓާ އާޓިސްޓެއްގެ އިތުރުން ކްލެސިކަލް ލަވަކިޔުންތެރިއެކެވެ. ލަތާގެ އުމުރުން ފަސް ވަރަކަށް އަހަރުން ފެށިގެން އޭނާ އީ ލަތާ އަށް ލަވަކިޔުމުގެ ހުނަރު ދަސްކޮށްދެމުންނެވެ. ހަގަށް ތިބި ހުރިހާ ކުދިން ވެސް ކުރިއެރީ އެ ހުނަރުގަ އެވެ. އެކަމަކު ފަސް ބެއިންގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ލަތާ އާއި އޭނާގެ ކޮއްކޮ އާޝާ ބޯސްލޭ އެވެ.

ލަތާ ގިޓާ އެއް ކުޅެނީ: ލަތާ މިއުޒިކްގެ ހުނަރު ތަރައްގީ ކުރީ ގުލާމް ހައިދަރު ނަމަކަށް ކިޔާ މީހެއްގެ އިރުޝާދުގެ ދަށުން. އެންމެ ފުރަތަމަ ލަތާގެ ލަވައެއް ޑައިރެކްޓު ކުރީ ވެސް އޭނާ
ލަތާ ގިޓާ އެއް ކުޅެނީ: ލަތާ މިއުޒިކްގެ ހުނަރު ތަރައްގީ ކުރީ ގުލާމް ހައިދަރު ނަމަކަށް ކިޔާ މީހެއްގެ އިރުޝާދުގެ ދަށުން. އެންމެ ފުރަތަމަ ލަތާގެ ލަވައެއް ޑައިރެކްޓު ކުރީ ވެސް އޭނާ

ލަތާ ގިޓާ އެއް ކުޅެނީ: ލަތާ މިއުޒިކްގެ ހުނަރު ތަރައްގީ ކުރީ ގުލާމް ހައިދަރު ނަމަކަށް ކިޔާ މީހެއްގެ އިރުޝާދުގެ ދަށުން. އެންމެ ފުރަތަމަ ލަތާގެ ލަވައެއް ޑައިރެކްޓު ކުރީ ވެސް އޭނާ

1942 ވަނަ އަހަރު ބައްޕަ މަރުވުމާ އެކު 13 އަހަރުގައި ލަވަކިޔުމުގެ ދާއިރާ އަށް ލަތާ ނިކުތެވެ. އިތުރު އާމްދަނީ ހޯދުމަށް މަދުމަދުން މަރާޓީ ފިލްމު ތަކުގައި ވެސް ކުދި ކުދި ރޯލު ކުޅެމުން ލަވަކިޔުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެންމެ ފުރަތަމަ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ 1945 ވަނަ އަހަރު، އޭރުގެ މަޝްހޫރު ތަރި، މަދޫބާލާގެ ފިލްމު "މަހަލް" އަށް ކިޔައިދިން "އާއެގާ އާނެ ވާލާ" ލަވަ އެވެ. އެ ލަވަ ހިޓަކަށް ވެ، އިންޑިއާގެ ރޭޑިއޯ ތަކުން އެންމެ ގަދަ އަށް ޖެހި ލަވަ އަށް ވި އެވެ. ލަތާގެ އާދަޔާ ހިލާފު މިއުޒިކީ ކެރިއަރުގެ ފުރަތަމަ ކާމިޔާބީ އާއި ފެށުމަކީ ވެސް އެއީ އެވެ.

ލަތާ އާއި ކިޝޯރު ކުމާރް: ލަތާ ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރު ކުމާރާ އެކު ރީތި ގިނަ ލަވަތަކެއް ރިކޯޑުކޮށްފައި
ލަތާ އާއި ކިޝޯރު ކުމާރް: ލަތާ ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރު ކުމާރާ އެކު ރީތި ގިނަ ލަވަތަކެއް ރިކޯޑުކޮށްފައި

ލަތާ އާއި ކިޝޯރު ކުމާރް: ލަތާ ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރު ކުމާރާ އެކު ރީތި ގިނަ ލަވަތަކެއް ރިކޯޑުކޮށްފައި

ލަވަކިޔުމުގެ ދާއިރާގައި ހޭދަކުރި 75 ވަރަށް އަހަރު ތެރޭގައި ލަތާ ވަނީ އިންޑިއާގެ 35 ބަހުރުވައަކުން ލަވަ ތަކެއް ކިޔައި ރިކޯޑުކޮށްފަ އެވެ. ހިންދީ ސިނަމާ އަށް، ހިންދީ ބަހުން އެތައް ހާސް ލަވައެއް މިހާތަނަށް ކިޔައި ރިކޯޑުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ލަވަ ތަކަކީ އިންޑިއާ އިން ބޭރުގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދި ލަވަތަކެކެވެ.

ކެރިއަރުގެ އެންމެ ކުރީގައި ލަތާ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަ ތަކުގެ ތެރޭގައި "މަދަ އިންޑިއާ" ގެ ލަވަތަކާއި "މުގަލް އެ އާޒަމް" ގެ ލަވަތަކާއި "ބަރުސާތު" ފަދަ ފިލްމުތަކުގެ ލަވަތައް ހިމެނެ އެވެ. ފިލްމް ބަރުސާތުގެ "ލަގްޖާ ގަލޭ" އަކީ މިއަދާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ބަޔަކު އަޑު އަހާ އެއް ހިންދީ ލަވަ އެވެ.

ޕްލޭބެކް ސިންގިންގެ ދާއިރާއިން އޭނާ އަށް ވަނީ ތިން ފަހަރެއްގެ މަތިން އުމީ އިނާމު ލިބިފައިވެ އެވެ. އެއީ ހިންދީ ފިލްމު "ޕަރީޗޭ" އާއި "ކޯރަކާގަޒް" އަދި "ލެކިން" ގައި ކިޔާފައިވާ ލަވަ ތަކަށެވެ. އެންމެ ހަނދާނީ ފިލްމީ މަަސއްކަތްތަކުގެ ތެރޭގައި "އަމަރު ޕްރޭމް"، "އަބިމާން"، "އާނދީ"، "ސިލްސިލާ"، "ޗާންދްނީ"، "ސާގަރު"، "ރުދަލި" އަދި "ދިލްވާލޭ ދުލްހަނިޔާ ލެ ޖާޔެގީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ލަތާގެ އަޑުން އިންޑިއާގެ ގިނަ އަދަދެއްގެ ގައުމީ ލަވަތަކެއް ވެސް ކިޔާފައިވެ އެވެ. އޭގެ ތެރެއިން "އޭ މޭރި ވަތަން ކޭ ލޯގޯ" އަކީ އެންމެ އައިކޮނިކް އެއް ލަވަ އެވެ. މި ލަވަ އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާ ދެމެދު ހިނގި ހަނގުރާމައިގައި ގައުމަށްޓަކައި ޝަހީދުވި ސިފައިންގެ ހަނދާނުގައި، 1963 ގައި ފާހަގަކުރި އެ ގައުމުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ނިއު ދިއްލީ ސްޓޭޑިއަމްގައި ލަތާ ހުށަހެޅި ލަވަ އެވެ. މި ލަވަ އޭނާ ހުށަހަޅާދީފައި ވަނީ އޭރުގެ ރައީސް އެސް.ރާދަ ކްރިޝްނަން އާއި ޕްރައިމް މިނިސްޓަރު ޖަވާހަރްލާލް ނެހްރޫ ގެ ކުރިފުޅު މަތީގަ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox