ޔޫތު ޗެމްޕިއަންޝިޕް: ދަ ގްރާންޑޭ އަތުން ފަސޭހަ މޮޅެއް ހޯދައި ސަސް ސެމީ އަށް

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު ކުލަބުް އީގަލްސް އަށެވެ. މި ގްރޫޕްގެ ދެވަނަ ލިބުނީ ނުވަ ޕޮއިންޓް ހޯދި ސަސް އަށެވެ. މިރޭ ސަސް މޮޅުނުވިނަމަ ސެމީ އަށް ދާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެކަމަކު، ސަސް މޮޅުވުމުން ތިން ވަނައިގައި މާޒިޔާ ފަރުޖައްސާލަން ޖެހުނީ ހަތް ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އިން ތިން ޕޮއިންޓް ހޯދައި ހަތަރެއްގައި ނިންމާލިއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސް މުބާރާތް ނިންމާލީ މެޗަކުން މޮޅެއްނުލިބި މި ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.

މިރޭގެ މެޗަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ވަނީ ނިމިފަ އެވެ. ބުދަ ދުވަހު ހަވީރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުގައި ސަސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. މިއީ ސަސް އާއި ޔޫވީ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިއީ ސަސްގެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕް މުބާރާތް ވެސް މެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ސަސް އިންނެވެ. އެކަމަކު، މެޗުގެ 20 ވަނަ މިނިޓާ ހަމައަށް އެ ޓީމަށް މާ ހުސް ފުރުސަތެއް ނުލިބެ އެވެ.

އޭގެ ފަހުން ސަސް އިން މެޗުގެ ފުރަތަމަ ތިން ގޯލް ޖެހީ ފަސް މިނެޓުގެ ތެރޭގަ އެވެ. މިގޮތުން ފުރަތަމަ ގޯލު ޖަހައިދިނީ 20 ވަނަ މިނިޓްގައި ސާލިފް ހުސައިން އެވެ. މި ގޯލަކީ ފޯވާޑް އިޝް އާފް މުހައްމަދު ފިރާގު ނަގައިދިން ހުރަހަކުން ސާލިފް ޖެހި ގޯލެކެވެ. މި ގޯލް ޖެހިއިރު އޭނާ އޭރިއާ ތެރޭގައި ހުރީ މުޅިން ހުސްކޮށެވެ.

ދެ ވަނަ ގޯލް އޭގެ ތިން މިނެޓު ފަހުން، މެޗުގެ 23 ވަނަ މިނިޓްގައި ޑިފެންޑަރު އަހުމަދު އައިހަމް މުހައްމަދު ޖަހައިދިނެވެ. ސަސް އަށް ލިބުނު ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި އޮއްވައި، އެ ބޯޅަ ލިބުނީ އައިހަމް އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ. ދަ ގްރާންޑޭގެ ގޯލުގައި ހުރި ނައްފާޒު ސައުދަށް އެ ބޯޅަ ދިފާއުކުރަން ކުރެވޭނެ ބާ ބޮޑު ކަމެއް ނެތެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ސަސްގެ ތިން ވަނަ ގޯލް ޖަހައިދިނީ ވިޝާހު އަބްދުލްމަޖީދު އެވެ.

އަހުމަދު ޖުމާން އޭރިއާ ތެރެއަށް ބޯޅައާ އެކު ވަދެ، ވިޝާހު އަށް ޖައްސާލިއިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ. ވިޝާހު ފޮނުވާލި ބޯޅަ ތިރިތިރިން ގޮސްވަނީ ގޯލްގެ ދުރު ކަނަށެވެ.

ދެ ވަނަ ހާފުގައި ވެސް އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ރަނގަޅު ލީޑެއްގައި އޮތް ސަސް އިންނެވެ. މި ހާފްގައި ވެސް ސަސް އިން ތިން ގޯލު ޖެހި އެވެ.

ސަސްގެ ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލް އެޓީމުން ޖެހީ ދެ މިނިޓްގެ ތެރޭގަ އެވެ. އެ ގޮތުން ހަތަރު ވަނަ ގޯލް ވިޝާހު ޖަހައިދިން އިރު ފަސް ވަނަ ގޯލް ޖަހީ އަލީ ޝާޒް ހަބީބެވެ. ވިޝާހު ޖެހި ގޯލަކީ އޭރިއާ ކަނާ ދިމާލުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މިއީ މި މުބާރާތުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ. ޝާޒް ޖެހި ގޯލަކީ ސަސް އަށް ލިބުނު ކޯނަރަކުން ޖެހި ގޯލެކެވެ. ސަސްގެ ޖުމާން ނެގި ކޯނަރު އޭރިއާ ތެރެއިން ދަ ގްރާންޑޭ ކުޅުންތެރިންނަށް ސާފު ނުކޮށްލެވިގެން އުޅެނިކޮށް އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި ޝާޒް އަށެވެ. އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސަސް އިން މި މެޗުގައި ބަދަލުތަކެއް ގެެނެސްގެން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުތާއު މުހައްމަދަށް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ނައްފާޒް ވަނީ ކުރިއަށް ނިކުމެ ދިފާއުކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސަސްގެ ޝާޒަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއްގައި ޝާޒް ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ސަސްގެ ފަހު ގޯލް ޖަހައިދިނީ މުތާއު އެވެ. މެޗުގެ 84 ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ބޯޅަ ޝާޒް ދިނީ މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަތް މުތާއު އަށެވެ. މި ފަހަރު ކީޕަރު ނައްފާޒަށް ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވި މުތާއު ޖެހި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅެވޭތޯ އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ ފ. ނިލަންދޫ ޓާފް ދަނޑުގަ އެވެ. މިހާރު އޮތްގޮތުން މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މި މަހު 13 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox