ތަފާތުކުރުމެއް ނެތި ދާއިރާގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރާނަން: ރާޝިދު

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު. އޭނާ ވިދާޅުވީ ތަފާތުކުރުމެއް ނެތި ދާއިރާގެ އެންމެނަށް ހިދުމަތްކުރައްވާނެކަމަށް.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު. އޭނާ ވިދާޅުވީ ތަފާތުކުރުމެއް ނެތި ދާއިރާގެ އެންމެނަށް ހިދުމަތްކުރައްވާނެކަމަށް.

ވޯޓް ދިން ރައްޔިތުންނާއި ނުދިން ރައްޔިތުން ތަފާތު ކުރުމެއް ނެތި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބަައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރި ފަހުން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާއަށް ކެމްޕޭންކުރުމުގައި މަސައްކަތްކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ލީޑަޝިޕާއި ދާއިރާގެ ރައްޔިތުން އޭނާގެ ޝުކުރުގައި ޝާމިލުކުރެއްވި އެވެ.

މަޖިލީހުގައި އޭނާގެ މަސައްކަތް ފެންނާނީ ގޮން ގޮތަކަށްތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރާޝިދު ވިދާޅުވީ އޭނާ މަސައްކަތްކުރައްވާނީ ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރަން ކަމަށެވެ.

"ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަސައްކަތްކުރާނީ ހަމަ ދާއިރާގެ ހުރިހާ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށޭ. އެއްވެސް ތަފާތުކުރުމެއް ނެތި ހަމަ ހުރިހާ ރައްޔިތުންނަށް ހަމަ ހަމަ އުސޫލަކުން ހިދުމަތްކޮށްދިނުމުގައި އަޅުގަނޑު ދެމިހުންނާނަން،" ރާޝިދު ވިދާޅުވި އެވެ.

ވަގުތީ ޖުމްލަ ނަތީޖާ ދައްކާ މިއަދުގެ އިންތިހާބުގައި ގޮތުން ރާޝިދަށް ލިބިވަޑައިގަތީ 1401 ވޯޓެވެ. ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. ވޯޓުގެ ތަފާތަކީ 240 ވޯޓެވެ.

ދާއިރާގެ މައިރަށް ކޮމަންޑޫގައި ބެހެއްޓި އެރަށުގެ (2) ނަމްބަރު ފޮށިން ރާޝިދަށް 159 ވޯޓް ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވީ 92 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 64 ވޯޓެވެ. ބާތިލުވީ ދެ ވޯޓެވެ.

ކޮމަންޑޫގައި ބެހެއްޓި އެރަށުގެ (1) ނަމްބަރު ފޮށިން ރާޝިދަށް 144 ވޯޓް ލިބިވަޑަައިގެންނެވި އިރު ފަތުހީއަށް ލިބިވަޑައިގެންނެވީ 152 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 37 ވޯޓެވެ. ބާތިލުވީ ތިން ވޯޓެވެ.

މަރޮށީގައި ބެހެއްޓި ފޮށިން ރާޝިދަށް 161 ވޯޓް ލިބިވަޑަައިގެންނެވި އިރު ފަތުހީއަށް ލިބިވަޑައިގެންނެވީ 95 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ 41 ވޯޓެވެ. އެ ފޮށީގައި ބާތިލު ވޯޓުގެ އަދަދަކީ 10 އެކެވެ.

އެމްޑީޕީ، ޕީޕީއެމް، އަދި އެމްއެންޕީގެ ކެންޑިޑޭޓެއް ވާދަ ކުރައްވާ މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓަ އެވެ. އެއީ ކޮމަންޑޫގައި ދެ ފޮއްޓާއި ފޯކައިދޫގައި ދެ ފޮއްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ބަހައްޓާ ދެ ފޮއްޓެވެ.

ފޯކައިދޫގައި ބެހެއްޓި އެރަށުގެ (1) ނަމްބަރު ފޮށިން ކުރީގައި އޮތީ ފަތުހީއެވެ. އޭނާއަށް 202 ވޯޓް ލިބިވަޑައިގެންނެވި އިރު ރާޝިދަށް ލިބިވަޑައިގެންނެވީ 195 ވޯޓެވެ. ހަންނާނަށް އެ ފޮށިން ލިބިވަޑައިގެންނެވީ އެންމެ 13 ވޯޓެވެ.

ފޯކައިދޫގެ (2) ނަމްބަރު ފޮށިން އެހެން ނަމަވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ރާޝިދެވެ. އޭނާއަށް އެ ފޮށިން 223 ވޯޓް ލިބިވަޑައިގެންނެވި އިރު ފަތުހީއަށް ލިބިވަަޑައިގެންނެވީ 204 ވޯޓެވެ. ހަންނާނަށް ލިބިވަޑައިގެންނެވީ އެންމެ 11 ވޯޓެވެ. އެ ފޮށިން އަށް ވޯޓް ބާތިލުވި އެވެ.

މާލޭގައި، އިސްކަންދަރު ސްކޫލްގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން މިހައިތަނަށް ގުނާފައި ވަނީ (2) ނަމްބަރު ފޮށްޓެވެ. އެ ފޮށިން ރާޝިދަށް 234 ވޯޓް ލިބިވަޑައިގެންނެވި އެވެ. ފަތުހީއަށް ލިބިވަޑައިގެންނެވީ 178 ވޯޓެވެ. ހަންނާނަށް 69 ވޯޓެވެ.

މާލޭގައި ބެހެއްޓި ދެވަނަ ފޮށިން ރާޝިދަށް 280 ލިބިވަޑައިގެންނެވި އިރު ފަތުހީއަށް 242 ލިބިވަޑައިގެންނެވީ ވޯޓެވެ. އެ ފޮށިން ހަންނާނަށް ލިބިވަޑައިގެންނެވީ 88 ވޯޓެވެ. ބާތިލުވީ ނުވަ ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox