އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭތީ އިރާނުގެ ހިތްހަމަޖެހުން

ނިޔުކްލިއާ އެއްބަސްވުމުގެ މައްސަލައިގައި އިރާނުގެ ފަރާތުން އެންމެ އިސްކޮށް މަޝްވަރާ ކުރައްވާ އަލީ ބަގޭރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ނިޔުކްލިއާ އެއްބަސްވުމުގެ މައްސަލައިގައި އިރާނުގެ ފަރާތުން އެންމެ އިސްކޮށް މަޝްވަރާ ކުރައްވާ އަލީ ބަގޭރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ފެބްރުއަރީ 5) - ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހުނު ނަމަވެސް، އަދިވެސް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެމެރިކާއިން ހުކުރު ދުވަހު ނިންމީ އެ މަޝްރޫއާ ގުޅޭ ގޮތުން 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއް އަލުން ތަންފީޒު ކުރުމަށް ކުރިއަށްދާ މަޝްވަރާތަކުން ކުރިއެރުން ލިބުމުންނެވެ.

"ބައެއް ފިޔަވަޅުތައް އުވާލުމާ އެކު އެނގިގެން ދަނީ އެމެރިކާގެ ނިޔަތް ރަނގަޅުކަން. އެމެރިކާއިން ދަނީ ކަމެއް ކުރުމުގެ ވާހަކަ ދައްކަމުން. އެކަމަކު ކަރުދާހުގައި ލިޔެލާ އެއްޗަކުން ނުފުދޭނެ،" އިރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރް އަބްދުއްލާހިއާން އިސްނާ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ހައްލު ނުކުރެވި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެމެރިކާއިން އެއްބަސްވުމަށް ރުޖޫއަވުމަށް ފަހު އަލުން ވަކިނުވާނެކަން ކަށަވަރު ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަމަކަށް މި އެދެނީ ސިޔާސީ، ގާނޫނީ އަދި އިގްތިސާދީ ދާއިރާތަކުން. ބައެއް ދާއިރާތަކުން އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވޭ."

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނީ ނިޔުކްލިއާ މަޝްރޫއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމީ 2015 ވަނަ އަހަރުގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެއްބަސްވުމަށް އަލުން ރުޖޫއަވުމަށް އަޅާ ޓެކްނިކަލް ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެމެރިކާއިން 2018 ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލުކުރުން މެދުކަނޑާލީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގަ އެވެ. އެއާއެކު އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށި އެވެ. އޭގެ އަހަރެއް ފަހުން އިރާނުން ވެސް އެއްބަސްވުމާ ދުރަށް ޖެހި، ނިޔުކްލިއާ މަޝްރޫއު ކުރިއަށް ޖެއްސި އެވެ.

އެމެރިކާއިން ފިޔަވަޅުތައް އުވާލުމާ އެކު އެހެން ގައުމުތަކާއި ކުންފުނިތަކަށް އިރާނުގެ ނިޔުކްލިއާ މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެ އެވެ. އެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ޔުރޭނިއަމް މުއްސަނދިކޮށް، އިތުރު ކުރުން ހިމެނެ އެވެ.

ވިއެނާގައި ކުރިއަށްދާ މަޝްވަރާގައި ބައިވެރިވަނީ އިރާނާއި އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް އަދި ރަޝިއާ އެވެ. ގައުމުތަކުން މިދިޔަ ހަފްތާގައި ބުނީ މަޝްވަރާ މިހާރު އޮތް ހިސާބުން ބޭނުންވަނީ މުހިއްމު "ސިޔާސީ ނިންމުންތަކެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox