ްަމުސާރައާ ގުޅޭ މައްސަލައެއްގައި ދާލު އެއާޕޯޓު ބައެއް މުވައްޒަފުން އިހުތިޖާޖަށް

ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއާޕޯޓު: މި އެއާޕޯޓު ތަރައްގީކުރީ ރިއޯލޯ އިންވެސްޓްމަންޓުން، ހިންގަނީ ދާލު ހޯލްޑިންގްސްއިން. -- ފޮޓޯ: ދާލު އެއާޕޯޓު

ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއާޕޯޓު: މި އެއާޕޯޓު ތަރައްގީކުރީ ރިއޯލޯ އިންވެސްޓްމަންޓުން، ހިންގަނީ ދާލު ހޯލްޑިންގްސްއިން. -- ފޮޓޯ: ދާލު އެއާޕޯޓު

މުސާރައިގެ ކަންކަމުގައި ތަފާތުކުރުން ގެންގުޅެ، މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެ މެނޭޖުމަންޓުން ދޮގު ހަދާ ކަމަށް ތުހުމަތުކޮށް ދާލު އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު މަސައްކަތްތައް ހުއްޓާލާ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނުން ފެށިގެން އެއާޕޯޓުގެ ބައެއް މުވައްޒަފުން ވަނީ މުސާރައިގެ ކަންކަމުގައި މެނޭޖުމަންޓާ މުއާމަލާތް ކުރެވެން ދެން މަސައްކަތް ހުއްޓާލާފަ އެވެ. އަދި، މަސައްކަތް ހުއްޓާލި މުވައްޒަފުން ދަނީ އެ މީހުން މެނޭޖްމަންޓުން ބޭނުންވާ ކަންކަން ހިމެނޭ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ކުޑަހުވަދޫ ހަބަރުތައް ގެނެސްދޭ ޔުނިއިޓެޑް ކުޑަހުވަދޫ ޕޭޖުގައިވާ ގޮތުގައި މުވައްޒަފުން އަލުން މަސައްކަތަށް ނުކުންނާނީ މި ޕެޓިޝަނުގައިވާ ކަންކަމާ ގުޅިގެން މެނޭޖްމަންޓުން މުސާރައާ މެދު ވަކި ގޮތެއް ނިންމީމަ އެވެ. މި ޕޯސްޓުގައިވާ ގޮތުގައި މި އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް އެންމެ ކުޑަކޮށް ލިބެން ޖެހޭ އުޖޫރަ (މިނިމަމް ވޭޖު) ވެސް ނުލިބެ އެވެ.

މި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ، މެނޭޖުމަންޓުން އެދޭ ކަންކަމުގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް ދިނުމާއި ކުންފުނީގެ ތެރެއިން ކުރިއަރާނެ ފުރުސަތު ހޯދައިދިނުމާއި ކުރާ މަސައްކަތްތައް ބަލައިގަތުމުގެ އިތުރުން މުވައްޒަފުންނާ ގުޅޭ ކަންކަމުގައި އަނގަ ބަހުން ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރުން ހިމެނޭ ކަމަށެވެ.

ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއާޕޯޓަކީ ޔުނިވާސަަލް ކުންފުންޏާ ގުޅުން އޮންނަ ދާލު ހޯލްޑިންގްސް ކުންފުނިން ތަރައްގީކޮށްގެން ހިންގާ އެއާޕޯޓެކެވެ. އެއާޕޯޓު ހިންގާ ކުންފުނީގެ ހިއްސާދާރުންނަކީ ރިއޯލޯ އިންވެސްޓްމަންޓާއި ޑީޕް ބްލޫ އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑެވެ.

މި ދެ ކުންފުންޏަކީ ވެސް ޔުނިވާސަލްއާ ގުޅުން އޮންނަ ދެ ކުންފުންޏެވެ. އެގޮތުން ރިއޯލޯ ކުންފުނީގެ ހިއްސާދާރުންނަކީ ސަންޖޭ އިބްރާހިމް މަނިކާއި އުމަރު މުހައްމަދު މަނިކާއި މުހައްމަދު ހަލީލެވެ. އަދި ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނަކީ ސަންޖޭ އިބްރާހިމް މަނިކާއި އައިޝަތު އަންނިކާ އިބްރާހިމް މަނިކެވެ.

މުސާރަ ބަރާބަރަށް ދެން، މިނިމަމް ވޭޖު ވެސް ލިބޭނެ

މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ދާލު ހޯލްޑިންގްސް ކުންފުނީގެ މުހައްމަދު ހަލީލު މި ނޫހަށް ވިދާޅުވީ، ސީދާ ހުރި ކަންބޮޑުވުންތަކެއް ސާފެއް ނޫން ކަމަށެވެ. ނަމަވެސް މުސާރަ އާއި އުޖޫރައިގެ މައްސަލައިގައި މުވައްޒަފުން ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް މުވައްޒަފަކު ވަކިނުކޮށް، ހުރިހާ މުވައްޒަފުންނަށް 5000ރ. އެލަވަންސުގެ ގޮތުގައި ދިން ހަމައެކަނި ކުންފުންޏަކީ މިއީ. އަދި ޖެނުއަރީ މަހާ ހަމައަށް ތިން އަހަރު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް މުސާރަ އިތުރުވެސް ކޮށްދިނިން," ހަލީލް ވިދާޅުވި އެވެ.

މިނިމަމް ވޭޖާ ގުޅިގެން ކުރާ ތުހުމަތުތަކާ ގުޅުވާ ހަލީލް ވިދާޅުވީ، އުސޫލެއްގެ ގޮތުން ޖެނުއަރީ މަހުން ފެށިގެން ހުރިހާ މުވައްޒަފުންނަށް މިނިމަމް ވޭޖު ސިޔާސަތާ އެއްގޮތަށް އާމްދަނީ ލިބޭނެ ކަމަށެވެ.

އަދި، އިދާރީ މައްސަލައެއްގެ ސަބަބުން ބައެއް މުވައްޒަފުންނަށް މުސާރަ އަދި އެވަރަށް ނުލިބި ހުރި ނަމަވެސް، މިނިމަމް ވޭޖު ނުލިބޭ މުވައްޒަފަކު އެ ކުންފުނީގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ބައެއް މުވައްޒަފުން މަސައްކަތަށް ނުނިކުތް ނަމަވެސް، އެއާޕޯޓުގެ އޮޕަރޭޝަނަށް މީގެ ސަބަބުން ބުރޫ ނާރާ ކަމަށެވެ.

ދާލު އެއާޕޯޓަކީ 2013 ވަނަ އަހަރު އޭރުގެ ސަރުކާރުން ރިއޯލޯ އިންވެސްޓްމަންޓާ ހަވާލުކުރި ޕްރޮޖެކްޓެކެވެ. އެ ކުންފުނިން މި އެއާޕޯޓުގެ މަސައްކަތް ނިންމާ އޮޕަރޭޝަންތައް ފެށީ ނޮވެމްބަރު 1، 2017 ގަ އެވެ. މި އެއާޕޯޓަށް މި ވަގުތު ދަތުރުކުރަނީ މަންޓާ އެއާ އެކަންޏެވެ. އެ އެއާލައިނުން ބޭސްއެއްގެ ގޮތުގައި ބޭނުންކުރާ އެއާޕޯޓަކީ ވެސް މިއީ އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ވެސް ދީގެން ތަރައްގީކުރި މި އެއާޕޯޓަކީ ކުޑަހުވަދޫން 64.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓެކެވެ. އެއްފަހަރާ 42 ބޯޓަށް ހިދުމަތް ދެވޭ މި އެއާޕޯޓަކީ ޕްރައިވެޓް ޖެޓު ޖެއްސޭ ފެންވަރުގައި އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox