18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް. -- ފޮޓޯ: ގޫގްލް އާތް

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް. -- ފޮޓޯ: ގޫގްލް އާތް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ރަށްތައް ދޫކުރުމުގެ ތިންވަނަ މަރުހަލާގައި ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ 18 ރަށުގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގައި އެވެ.

އޭގެ ތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.

މިފަހަރު ބީލަމަށް ހުޅުވައިލި ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި، ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައު އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 22 އަދި 23 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ލ، ގއ، ގދ، އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ތިން އަތޮޅުގެ ރަށްރަށަށް ބީލަން ހުށަހެޅުމުގެ މުއްދަތު މާޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް

  • ހއ. މެދަފުށި - 10.90 ހެކްޓަރު
  • ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު
  • ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
  • ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު
  • މ. މާއުސްފުށި - 10.40 ހެކްޓަރު
  • ފ. އެނބުލުފުށި - 1.00 ހެކްޓަރު
  • ފ. ޖިންނަތުގައު - 0.89 ހެކްޓަރު
  • ތ. ކާއްޑޫ - 3.9 ހެކްޓަރު
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު
  • ލ. ކަށިދޫ - 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު
  • ގއ. މާރެހާ - 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު

އިއުލާން ކޮށްފައިވާ ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކުގެ އިތުރުން ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ޕޮއިންޓް ދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox