ޓްވިޓާ ވައްޓާލުމުގެ އަޒުމުގައި ނުކުތް އިންޑިއާގެ ކޫ

ކޫ ލޯންޗު ކުރީ 2020 އަހަރުގެ ތެރޭގައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޫ ލޯންޗު ކުރީ 2020 އަހަރުގެ ތެރޭގައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ މައިކްރޯ ބްލޮގިން އެޕް ކޫއަށް ޓްވިޓާ ފަހަތަށް ވައްޓާލެވޭނެ ހެއްޔެވެ؟ ޓްވިޓާ ބޭނުން ކުރަނީ 25 މިލިއަން މީހުންނެވެ. ކޫގެ ކޯ ފައުންޑަރު މަޔަންކް ބިދަވަތްކަ ވިދާޅުވީ މި އަހަރުގެ ތެރޭގައި އެއަށްވުރެ ގިނަ މީހުން ކޫ ބޭނުން ކުރާނެ ކަމަށެވެ.

ވިހި އެކާވީސް ވަނަ އަހަރު ނިމުނު އިރު އިންޑިއާގައި 20 މިލިއަން ފަހަރު ކޫ އެޕް ޑައުންލޯޑްކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ އެޕް 10 ބަހަކުން ބޭނުން ކުރެވޭނެ، އޭގެ ތެރޭގައި އިނގިރޭސި ވެސް ހިމެނޭ. މި އަހަރުގެ އަމާޒަކީ އިންޑިއާގެ ރަސްމީ 22 ބަހުރުވައިން ބޭނުންކުރެވޭނެ ގޮތް ހެދުން،" ބެންގެލޫރުގައި ހުންނަ ކުންފުނީގެ މައި އޮފީހުގައި އިނދެ އޭނާ ބީބީސީއަށް ބުންޏެވެ.

އިންޑިއާގައި ކޫ މަގްބޫލް ވާން ފެށީ އިންޑިއާ ސަރުކާރާއި ޓްވިޓާއާ ދެމެދު މިދިޔަ އަހަރު އުފެދުނު މައްސަލައިގެ ތެރޭގަ އެވެ.

ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ހިންގާ ޓްވިޓާ އެކައުންޓްތައް ބަންދު ކުރަން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އެދުމުން އެންމެ ފުރަތަމަ ޓްވިޓާއިން އެކަން ކުރި އެވެ. ނަމަވެސް ފަހުން ބުނީ އެކައުންޓްތައް ބްލޮކްކުރަން އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ. އެއާއެކު ސަރުކާރުން ވަނީ ޓްވިޓާގެ އިންޑިއާ މުވައްޒަފުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

އެ މައްސަލަ ހޫނުވެ، ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ބައެއް އިސް މެމްބަރުން ޓްވިޓާ ބޭނުންކުރުން ހުއްޓާލައި، ކޫއަށް ބަދަލުވި އެވެ. ނަމަވެސް ޓްވިޓާގައި ގިނަ ބަޔަކު ފޮލޯކުރާ މޯދީ އެގޮތަކަށް އަމަލެއް ނުކުރައްވަ އެވެ.

އިންޑިއާގައި 2020 ވަނަ އަހަރުގެ ކުރީކޮޅު ލޯންޗު ކުރި ކޫ 2021 ވަނަ އަހަރު ނައިޖީރިއަށް ފުޅާކުރީ އެ ގައުމުގެ ސަރުކާރުން ޓްވިޓާ ސަސްޕެންޑް ކުރުމުންނެވެ. ކޫގެ މިހާރުގެ އަމާޒަކީ 2022 ނިމުމުގެ ކުރިން އެޕް ބޭނުންކުރާ މީހުންގެ އަދަދު 100 މިލިއަނަށް އިތުރު ކުރުމެވެ.

ބިދްވަތްކާއާ އެކު ކޫ އުފެއްދީ އަޕަރްމެޔާ ރާދަކްރިޝްނަން އެވެ. ރާދަކްރިޝްނަން ކުރިން ހިންގަ ޓެކްސީ ފޯ ޝުއާ ވިޔަފާރި 200 މިލިއަން ޑޮލަރަށް 2015 ވަނަ އަހަރު ވަނީ އޯލާ ކުންފުންޏަށް ވިއްކާލާފަ އެވެ. އޭނާ އާއި ބިދްވަތްކާ އެކުގައި، އިންޑިއާގެ ބަހުރުވަތަކުން މައުލޫމާތު ފޯރުކޮށްދޭ ވޯކަލް އެޕް ވެސް ހިންގަ އެވެ.

މިހާރު ކޫ އެޕް ބޭނުން ކުރެވެނީ 10 ބަހަކުން.
މިހާރު ކޫ އެޕް ބޭނުން ކުރެވެނީ 10 ބަހަކުން.

މިހާރު ކޫ އެޕް ބޭނުން ކުރެވެނީ 10 ބަހަކުން.

މިދިޔަ އަހަރު ބޮލީވުޑްގެ ތަރިންނާއި ކްރިކެޓް ކުޅުންތެރިން ވެސް ކޫ ބޭނުން ކުރަން ފެށި އެވެ. ގިނަ ބަޔަކަށް ކޫ ކަމުދަނީ އިނގިރޭސި ބަސް ނުދަންނަ ފަރާތްތަކާ ހަމައަށް، ކޫގެ އެހީގައި ވާސިލްވެވޭތީ އެވެ. އެހެންވެ، ކުންފުނިން ވަނީ އެއް ފަހަރާ ގިނަ ބަސްތަކުން ޕޯސްޓުކުރެވޭނެ ގޮތް ވެސް ހަދާފަ އެވެ.

ނައިޖީރިއާގައި ކޫއަށް ލިބުނު ކާމިޔާބާ އެކު ކުންފުނިން ވިސްނަނީ އިނގިރޭސި ބަސް ނޫން ބަސްތައް ގިނައިން ބޭނުން ކުރާ ގައުމުތަކަށް އަމާޒުކޮށް އެޕް ލޯންޗް ކުރަމުން ދިޔުމަށެވެ.

"ދުނިޔޭގެ އާބާދީގެ ތެރެއިން އިނގިރޭސި ބަހުން ވާހަކަ ދައްކަނީ އެންމެ 20 ޕަސެންޓް މީހުން. 80 ޕަސެންޓް މީހުން އިނގިރޭސި ބަސް ބޭނުމެއް ނުކުރޭ. އެހެންވެ، އެ މާކެޓް އޮތީ އަޅުގަނޑުމެންނަށް ހުޅުވިފައި."

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox