އެހެން ގައުމުތަކުގައި އުޅޭ ލަންކާ މީހުން ގައުމަށް ބޭރު ފައިސާ ފޮނުވަން ގޮވާލައިފި

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ފެބްރުއަރީ 4) - އެހެން ގައުމުތަކުގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ގައުމަށް ބޭރު ފައިސާ ފޮނުވަން ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގޮވާލައްވައިފި އެވެ.

އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނުތާ 74 އަހަރު ފުރުން ފާހަގަކުރަން ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައި ގޮތަބަޔާ ގޮވާލެއްވީ ގައުމުން ބޭރުގައި އުޅޭ އެތައް މިލިއަން ރައްޔިތުން އަމިއްލަ ފަސްގަނޑުގައި އިންވެސްޓް ކުރުމަށެވެ.

"ގައުމަށް ބޭރު ފައިސާ ފޯރުކޮށްދޭ، އެގެން ގައުމުތަކުގައި ދިރިއުޅޭ ލަންކާ ރައްޔިތުންނަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ރައުސުލްމާލެއް،" ގޮތަބަޔާ ވިދާޅުވި އެވެ.

"އެހެން ގައުމުތަކުގައި ދިރިއުޅޭ ލަންކާގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު މި ދައުވަތު ދެނީ އަމިއްލަ ފަސްގަނޑުގައި އިންވެސްޓް ކުރަން."

ދެހާސް ނަވާރަ ވަނަ އަހަރު ގޮތަބަޔާ ވެރިކަމަށް ވަޑައިގެންނެވި އިރު ލަންކާގެ ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް, އޭގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔެއް ހުސްވެ، މިހާރު ރިޒާވްގައި ހުރީ 3.1 ބިލިއަން ޑޮލަރެވެ.

ލަންކާއަށް އެންމެ ގިނައިން ބޭރު ފައިސާ ލިބެނީ އެހެން ގައުމުތަކުގައި މަސައްކަތް ކުރާ ލަންކާ ރައްޔިތުން ފޮނުވާ ފައިސާއިންނެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އެ އަދަދު ވަނީ 60 ޕަސެންޓު ދަށްވެފަ އެވެ.

މުޅި 2021 ވަނަ އަހަރަށް ބަލާއިރު، މަސައްކަތްތެރިން ރެމިޓެންސްގެ ގޮތުގައި ލިބުނު އަދަދު ވަނީ 22.7 ޕަސެންޓުން 5.49 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ފަތުރުވެރިކަމުގެ ސިނާއަތް ވެސް އޮތީ، ކޮވިޑް ބަލިމަޑުކަމާ ހެދި، ހުއްޓިފަ އެވެ.

ބޭރު ފައިސާގެ ރިޒާވް ދަށްވާން ފެށުމުން، މާޗް 2020 އިން ފެށިގެން މުދާ އިމްޕޯޓް ކުރުމުގައި ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ސަބަބުން ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެ، ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox