ދެ ކޮމަންޑޫ ގުޅާލާ މަޝްރޫއުގެ އީއައިއޭ ފާސްކުރީ އީޕީއޭ ގަވާއިދާ ހިލާފަށް: ޑްރެޖާސް އެސޯސިއޭޝަން

ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ: މަތިކޮމަންޑު ހިއްކާ މި ދެ ރަށް ފާލަމަކުން ގުޅާލަން ހަވާލުކުރީ އެމްޓީސީސީއާ. -- ފޮޓޯ: ފައިލް

ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ: މަތިކޮމަންޑު ހިއްކާ މި ދެ ރަށް ފާލަމަކުން ގުޅާލަން ހަވާލުކުރީ އެމްޓީސީސީއާ. -- ފޮޓޯ: ފައިލް

މަތި ކޮމަންޑޫ ހިއްކަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން އީއައިއޭ ފާސްކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ށ. ކޮމަންޑޫއާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާނުކުރީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.

ކުރިން އިއުލާނު ނުކޮށް ފެށި މި މަޝްރޫއުގެ އީއައިއޭ ރިޕޯޓު ބުނާ ގޮތުން ފާސްކުރި ރިޕޯޓަކީ އީއައިއޭގެ ޓާމްސް އޮފް ރިފަރެންސަށް އެއްބަސްވެވުނުތާ ދެ ދުވަސް ތެރޭ ނިންމާލައި، ޖެހިގެން އައި ދުވަހު އީޕީއޭއަށް ހުށަހެޅި ރިޕޯޓެކެވެ. މިކަން ފާހަގަކޮށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު ރިޕޯޓުގައިި ބައެއް ޓެކްނިކަލް މައްސަލަތައް ހުރި ކަމަށް ވެސް ރިޕޯޓުކޮށްފައި ވެ އެވެ.

Advertisement

މި މައްސަލައިގައި ޑްރެޖާސް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ހުށަހެޅި އީއައިއޭގައި މައްސަލަތައް ހުރުމުގެ އިތުރުން، ފަހުން ހުށަހެޅި އީއައިއޭގެ އެޑެންޑަމްގައި ޓާމްސް އޮފް ރިފަރެންސްގައި ބުނާ ކަންކަން ފުރިހަމަ ނުވާ ކަމަށެވެ. މި އެޑެންޑަމްއަކީ މަޝްރޫއަށް ބޭނުންވާ ވެލި ނަގާނެ ތަނެއް ކަނޑައެޅުމަށް ފަހު ހުށަހެޅި ރިޕޯޓެކެވެ.

އެކަމަކު މި އެޑެންޑަމް ރިޕޯޓަކީ މިނިސްޓްރީއާ އެއްބަސްވެފައިވާ ޓާމްސް އޮފް ރިފަރެންސް ފުރިހަމަ ނުވާ ރިޕޯޓެއް ކަމަށް ޑްރެޖާސް އެސޯސިއޭޝަނުން ފާހަގަކުރި އެވެ. އެ ރިޕޯޓުން މަދީ ވެލި ނަގާ ސަރަހައްދުގެ އިހުތިސޯސް އޮންނަ އަތޮޅު ކައުންސިލާ މަޝްވަރާކޮށް، ބަހެއް ހޯދުމެވެ. މިއީ ލާމަރުކަޒީ ގާނޫނުން ވެސް މަޖުބޫރު ކުރާ ކަމެކެވެ.

މަތިކޮމަންޑޫ މަޝްރޫއަށް ވެލި ނަގާ ސަރަހައްދަކީ ރ. އަތޮޅު ކައުންސިލުގެ އިހުތިސޯސް ހިންގާ ސަރަހައްދެއް ކަމުން، މި މަޝްރޫއަށް ވެލި ނަގަން ފެށުމުގެ ކުރިން އެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރަން ޖެހެ އެވެ. އެކަމަކު އެޑެންޑަމް ރިޕޯޓު ހުށަހެޅި ތާރީހާ ހަމައަށް ރ. އަތޮޅު ކައުންސިލާ ބައްދަލުކުރަން ފޮނުވި މެއިލްއަށް ޖަވާބުދާރީ ނުވާތީ އެކަން ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ފުރަތަމަ އީއައިއޭއިން ފާހަގަވި މައްސަލަތައް

މަޝްރޫއު ހިންގައިގެން ލިބޭ ފައިދާ އެކަށީގެންވާ ވަރަށް ކިޔައިދީފައި ނުވުން

  • މިވަރުގެ ބޮޑު މަޝްރޫއަކާ ބަލާ އެކަށީގެންވާ ދިރާސާތަކެއް ކޮށްފައި ނުވުން
  • ބިން ހިއްކުމުގެ ސަބަބުން އޮޔެވަރާއި ރާޅު ޖަހާ ގޮތަށް އަންނާނެ ބަދަލުތައް އެކަށީގެންވާ ވަރަށް ދިރާސާ ކޮށްފައި ނުވުން

އެޑެންޑަމް އީއައިއޭއިން ފާހަގަވި މައްސަލަތައް

  • ބިން ހިއްކަން ވެލި ނަގާ ކޮމަންޑޫ މަޝްރޫއަށް އެއްވެސް އަމިއްލަ ދިރާސާއެއް ހަދާފައި ނުވުން
  • އެޑެންޑަމް ރިޕޯޓުގެ 80 ޕަސެންޓަކީ އުނގޫފާރު ބިން ހިއްކަން ފާސްކުރި އީއައިއޭ ރިޕޯޓުގައި ހުރި މައުލޫމާތު ކަމުގައި ވުން
  • އީއައިއޭ ރިޕޯޓުގައިކޮމަންޑޫ އުތުރުން އޮންނަ ސަރަހައްދަކުން ވެލި ނަގަން ބުނި ނަމަވެސް ރ. އަތޮޅުގެ ސަރަހައްދަކުން ވެލި ނަގަން އެޑެންޑަމްގައި އޮތުން

އީޕީއޭއިން އެޑެންޑަމް ރިޕޯޓު ފާސްކުރީ ފަހުގެ ތާރީހެއްގައި އަތޮޅު ކައުންސިލާ ބައްދަލުކުރުމަށް ފަހު އެބައި ހުށަހަޅަން ޝަރުތުކޮށްފަ އެވެ. ނަމަވެސް ޓާމްސް އޮފް ރިފަރެންސްގައި ބުނާ ކަންކަން ފުރިހަމަ ނުވާ ބަޔަކަށް ފަހުން އެކަން ފުރިހަމަ ކުރާ ގޮތަށް އީއައިއޭ ފާސްކުރަން އީޕީއޭ ގަވާއިދު ތަން ނުދޭ ކަމަށް ޑްރެޖާސް އެސޯސިއޭޝަނުން ބުންޏެވެ.

އޭގެ ބަދަލުގައި އީޕީއޭއިން އަމަލުކުރަމުން އަންނަ އީއައިއޭ ގަވާއިދުގައި އީއައިއޭ ރިޕޯޓަކާ މެދު އަމަލުކުރަން އެ އިދާރާއަށް އޮންނަނީ ދެ ގޮތެކެވެ. އަމުދުން ޓާމްސް އޮފް ރިފަރެންސުގައި ބުނާ ކަންކަން ފުރިހަމަ ނުވާ ރިޕޯޓެއް ފުރިހަމަ ކުރާ ގޮތަށް ހުއްދަ ދިނުމަކީ ކުރެވޭނެ ކަމަށް ނޫން ކަމަށް ޑްރެޖާސް އެސޯސިއޭޝަނުން ބުންޏެވެ.

އެއްބަސްވެވުނު މާއްދާތަކާ ހިލާފަށް އީއައިއޭ އެޑެންޑަމް ފާސްކޮށްދީފައިވާއިރު، މަތިކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭއާ ގުޅޭ ކަންކަން ހިނގާފައިވާ ގޮތުގެ ސަބަބުން އީއައިއޭ ގަވާއިދާއި އީއައިއޭ ފާސްކޮށްދިނުމުގައި ގެންގުޅޭ މިންގަނޑުތަކަށް މިކަމުގެ ހިޔަނި އެޅިއްޖެ ކަމަށެވެ. އަދި މިކަމާ ނުހަނު ކަންބޮޑުވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މަތިކޮމަންޑޫ މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅާއި ބައެއް މަދަނީ ޖަމިއްޔާތަކުން ފާޑުކިޔެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ފެށި މަޝްރޫއެއް ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ.

އެކަމަކު ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބުނަނީ، މި މަޝްރޫއާއި މިފަހުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ފެށި މަޝްރޫއުތަކަކީ ކުރިން ވެސް ރާވާފައި ހުރި މަޝްރޫއުތަކެއް ކަމަށެވެ.

ބިންހިއްކުމާއި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އިތުރުން ނިމުނު ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓަކާއި އެ ރަށާ ކައިރިން އޮންނަ ތިން ރަށެއްގައި ރިސޯޓު ހަދަން ބީލަން ވެސް ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox