ދެ އަހަރުގެ ލޮކްޑައުނަށް ފަހު އަންނަ އޮކްޓޯބަރުގައި ނިއުޒީލޭންޑްގެ ބޯޑަރު ހުޅުވާލަނީ

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޔެސިންޑާ އާޑޭން. -- ފޮޓޯ: އޭއެފްޕީ

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޔެސިންޑާ އާޑޭން. -- ފޮޓޯ: އޭއެފްޕީ

އޯކްލޭންޑް، ނިއުޒީލޭންޑް (ފެބްރުއަރީ 3) - ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ބޯޑަރު ފިޔަވަޅުތަކަށް ލުއިދީ، އަންނަ އޮކްޓޯބަރު މަހު އަލުން ބޯޑަރު އެއްކޮށް ހުޅުވާލަން ނިއުޒީލޭންޑުން ތައްޔާރުވެއްޖެ އެވެ.

ބޮޑު ވަޒީރު ޔެސިންޑާ އާޑޭން ވިދާޅުވީ ބޯޑަރު އަލުން ހުޅުވާލަން ފަސް މަރުހަލާގެ ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ނިއުޒީލޭންޑް ރައްޔިތުން ގައުމަށް އެތެރެވުމަށް ފަހު ހޮޓަލެއްގައި ކަރަންޓީން ވާން ޖެހޭ ގޮތަށް އޮތް އުސޫލު އުވާލާނެ އެވެ.

"ކުރިއަށް ދާން ފަށަންވީ ވަގުތު އައިސް ޖެހިއްޖެ،" ބޯޑަރު ފިޔަވަޅުތަކަށް ލުއިދޭން ޕްރެޝަރާ ކުރިމަތިވެވަޑައިގެންފައިވާ އާޑޭން ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ކޮވިޑް ބަލިމަޑުކަން އައުމާ އެކު ނިއުޒީލޭންޑުން އެޅި ގިނަ ފިޔަވަޅުތަކަށް މިއަދާ ހަމައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އާޑޭން ވިދާޅުވީ ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގައި ތިބި ނިއުޒީލޭންޑް ރައްޔިތުން އެނބުރި ގައުމަށް ގޮސް، ހޮޓަލެއްގައި ކަރަންޓީންވުމުގެ ބަދަލުގައި އަމިއްލައަށް އައިސޮލޭޓްވެވޭނެ ކަމަށެވެ.

އޭގެ ދެ ހަފްތާ ފަހުން، ދުނިޔޭގެ ކޮންމެ ގައުމަކުން އެނބުރި އަންނަ ނިއުޒީލޭންޑްގެ ރައްޔިތުންނަށް ވެސް ހޮޓަލެއްގައި ކަރަންޓީނު ނުވެ، ދިރިއުޅޭ ތަނުގައި އައިސޮލޭޓްވެވޭނެ އެވެ.

ސަރުކާރުން ރާވާފައިވަނީ ހޮޓަލެއްގައި ކަރަންޓީނު ނުވެ، ދިރިއުޅޭ ތަނުގައި އައިސޮލޭޓްވުމުގެ ފުރުސަތު އެހެން ގްރޫޕްތަކަށް ވެސް ހުޅުވާލަމުން ދިޔުމަށެވެ. އެގޮތުން ސްކިލްޑް މަސައްކަތްތެރިންނާއި، ބައިނަލްއަގްވާމީ ދަރިވަރުންނާއި، އޮސްޓްރޭލިއާ މީހުންނާއި، ވެކްސިން ފުރިހަމަކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންނަށް ވެސް ފަހުން އެ ފުރުސަތު ހުޅުވާލާނެ އެވެ.

މިހާރު އޮންނަ ގޮތުން ނަމަ ގައުމަށް އެތެރެވާ ހުރިހާ އެންމެން ވެސް 10 ދުވަސް ކަރަންޓީން ފުރިހަމަ ކުރަން ޖެހެނީ ސިފައިންގެ ބެލުމުގެ ދަށުން ހާއްސަ ހޮޓަލްތަކެއްގަ އެވެ. އެކަމަށް ކަނޑައަޅާފައި ވަނީ އެންމެ 800 ކޮޓަރި އެވެ.

އެ އުސޫލަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި އިރު، ވިޔަފާރިވެރިން ވެސް ބުނީ ފަތުރުވެރިކަން ހުއްޓި، މަސައްކަތްތެރިން ލިބުމުގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމަށެވެ.

ނިއުޒީލޭންޑުން އެންމެ ފުރަތަމަ ރޭވީ ޖެނުއަރީ މަހު ބޯޑަރާ ގުޅޭ ލުއިތައްދީ، އޭޕްރިލް މަހު އެއްކޮށް ހުޅުވާލާށެވެ. ނަމަވެސް އެ ނިންމުން ފަސްކުރީ އޮމިކްރޯން ވޭރިއެންޓާ ގުޅިގެންނެވެ.

އާޑޭން ވިދާޅުވީ ގައުމުގެ ވެކްސިން ޖަހާ ރޭޓް މަތިވުމާ އެކު، އާއްމު ހާލަތަށް ދިޔުމަށް މަގުފަހިވެފައިވާ ކަމަށެވެ. ނިއުޒީލޭންޑް އާބާދީގެ 95 ޕަސެންޓް ދެ ޑޯޒް ޖަހާފައިވާ އިރު، 30 ޕަސެންޓް މީހުން ވަނީ ތިން ވަނަ ޑޯޒެއް ޖަހާފަ އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅަށް ދާއިރު، 92 ޕަސެންޓް މީހުންނަށް ތިން ވަނަ ޑޯޒް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox