ބަންގްލަދޭޝްގެ ބާނީގެ އުފަން ދުވަހު ކޭކުގެ ބަދަލުގައި ޕާން ފެޅި ދެ ޓީޗަރަކަށް އަދަބު

ޝެއިހް މުޖީބުއްރަހްމާން އަކީ މިހާރު ބޮޑު ވަޒީރު ޝެއިހް ހަސީނާގެ ބައްޕާފުޅު. -- ފޮޓޯ: ބަންގްލަދޭޝް އަވާމީ ލީގް

ޝެއިހް މުޖީބުއްރަހްމާން އަކީ މިހާރު ބޮޑު ވަޒީރު ޝެއިހް ހަސީނާގެ ބައްޕާފުޅު. -- ފޮޓޯ: ބަންގްލަދޭޝް އަވާމީ ލީގް

ދާކާ، ބަންގްލަދޭޝް (ފެބްރުއަރީ 2) - ބަންގްލަދޭޝްގެ ބާނީ އަދި ބޮޑު ވަޒީރު ޝެއިހް ހަސީނާގެ ބައްޕާފުޅު، ޝެއިހް މުޖީބުއްރަހްމާންގެ 100 ވަނަ އުފަން ދުވަހުގައި ކޭކުގެ ބަދަލުގައި ޕާން ފެޅި ދެ ޓީޗަރަކަށް އަދަބު ދީފި އެވެ.

ކޯޓުން ދެ ޓީޗަރުންނަށް އެންގީ އަދަބެއްގެ ގޮތުން މުޖީބުއްރަހްމާންގެ ފޮތްތަކެއް ކިޔުމަށެވެ. އެ މީހުން ދައުވާ ކުރީ ޑިޖިޓަލް ސެކިއުރިޓީ ގާނޫނުގެ ދަށުންނެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި މުޖީބުއްރަހްމާންގެ 100 ވަނަ ކުލަގަދަކޮށް ފާހަގަކުރި އެވެ. އެމަނިކުފާނަކީ ބަންގްލަދޭޝަށް މިނިވަންކަން ހޯދައިދެއްވި ގައުމީ ބަތަލެކެވެ.

އެ ދުވަހާ ދިމާކޮށް ބަންގްލަދޭޝްގެ ހުޅަނގު އުތުރުގައި ހުންނަ އިސްލާމީ ސްކޫލެއްގެ ދެ ޓީވަރުން ވަނީ ކުޑަ ޕާޓީއެއް ރާވައި، އެ ޕާޓީ ފޭސްބުކް މެދުވެރުކޮށް ލައިވްކޮށްފަ އެވެ.

ޕާޓީގައި ކޭކުގެ ބަދަލުގައި އެ މީހުން ފަޅާފައިވަނީ 12 ސެންޓަށް ދޭ ޕާނެއް ކަމަށާއި ހަޖޫ ޖެހުމުގެ ގޮތުން އެ ޕާން ކުދިންނަށް ބެހި ކަމަށް ދައުލަތުގެ ޕްރޮސެކިއުޓަރަކު އޭއެފްޕީއަށް ބުންޏެވެ.

ޝެއިހް ހަސީނާގެ އަވާމީ ލީގް ޕާޓީގެ މެމްބަރަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދަބެއްގެ ގޮތުން މުޖީބުއްރަހްމާން ލިޔުއްވާފައިވާ ތިން ފޮތާއި އެމަނިކުފާނުގެ އޮޓޯބަޔޮގްރަފީ ކިޔުމަށް އެންގި އެވެ.

އޭގެ އިތުރުން ކޮންމެ ޓީޗަރަކު 20 ގަސް އިންދުމަށާއި ބަންގްލަދޭޝް އިން މިނިވަންކަން ހޯދަން 1971 ގައި ކުރި ހަނގުރާމައާ ގުޅޭ ތާރީހް ދަރިވަރުންނަށް ކިޔަވައިދިނުމަށް ވެސް އެންގި އެވެ.

ކުށް ސާބިތުވި ޓީޗަރުންގެ ތެރެއިން އެކަކު، އަބްދުސް ސަލާމް އޭއެފްޕީއަށް ބުނީ ކޭކުގެ ބަދަލުގައި ޕާން ފެޅީ ހަޖޫ ޖެހުމުގެ ގޮތުން ނޫން ކަމަށެވެ.

"މުޖީބުއްރަހްމާން ހަނދާން އާކޮށް އަޅުގަނޑުމެން ދުއާ ވެސް ކުރިން. ދަރިވަރުން ބޭނުންވީ ޕާޓީ ބާއްވަން. އަޅުގަނޑުމެން އުޅެނީ ދުރުގައި ހުންނަ ކުޑަ އަވަށެއްގައި. ޕާން ފަޅަން ޖެހުނީ ފިހާރައިން ކޭކު ލިބެން ނެތީމަ،" އުމުރުން 57 އަހަރުގެ ޓީޗަރު ބުންޏެވެ.

"އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތުން އެގޮތަށް އެކަން ކުރީމާ ބަޔަކު ހިތްހަމަނުޖެހޭނެ ކަމަކަށް ހިޔެއް ނުކުރަން. އެހެން ހީކުރި ނަމަ، ޕާޓީ ލައިވްކޮށް ފޭސްބުކްއިން ނުދައްކާނެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫން، އަޅުގަނޑުމެން ވާނީ މައާފަށް ވެސް އެދިފައި."

ބަންގްލަދޭޝް އިން 2018 ވަނަ އަހަރު ފާސްކުރި ޑިޖިޓަލް ސެކިއުރިޓީ ގާނޫނު ބޭނުންކޮށްގެން، ގިނަ ފަރާތްތަކާ މެދު ނުހައްގުން އަމަލުކުރާ ކަމުގެ ތުހުމަތު ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox