"މުލަ" ބްރޭންޑަކީ އެސްއެމްއީ ބޭންކުގެ ކާމިޔާބީ އެއް: ރައީސް

ދިވެހި އަމިއްލަ ބްރޭންޑެއް ކަމަށްވާ "މުލަ" ބްރޭންޑުގެ އުފެއްދުންތައް އިސްތިހާރު ކުރުމަށް މޯލްޑިވްސް މެރިން އެކްސްޕޯ 2021 ގެ ސްޓޯލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވަނީ-- ފޮޓޯ/ މުލަ

ދިވެހި އަމިއްލަ ބްރޭންޑެއް ކަމަށްވާ "މުލަ" ބްރޭންޑުގެ އުފެއްދުންތައް އިސްތިހާރު ކުރުމަށް މޯލްޑިވްސް މެރިން އެކްސްޕޯ 2021 ގެ ސްޓޯލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވަނީ-- ފޮޓޯ/ މުލަ

ދިވެހި ދެމަފިރިއެެއްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "މުލަ" އަކީ އެސްއެމްއީ ބޭންކުގެ ކާމިޔާބީ އެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުގެ ޖަލްސާގައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ ދެމަފިރިއެއް، ނުވަތަ ޒުވާން ދަރިއެއް ވިޔަސް، އާމްދަނީއެއް ލިބޭނެ އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި އުޅޭ ދިވެހިން މިހާރު ގިނަ ކަމަށާއި އެއީ "ދުޅަހެޔޮ ދިވެހި ކުރިމަގަށް އޮތް ވަރަށް ބޮޑު އުންމީދެއް" ކަމަށެެވެ.

އަލަށް ފަށާ ވިޔަފާރި ކުރު މުއްދަތެއްގެ ތެރޭގައި ބަންދުކުރަން ޖެހެނީ ވިޔަފާރިތައް ހިފަހައްޓައި ދޭނެ މުގުލެެއް ނެތީމަ ކަން ފާހަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ ހައްލަކަށް އެސްއެމްއީ ބޭންކު ގާއިމު ކޮށްދެވި އޭގެ ރަނގަޅު ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެެވެ.

އޭގެ މިސާލަކަށް ރައީސް ނެންގެވީ ޒުވާން ދެމަފިރިން ކަމަށްވާ އައިޝަތު ދީނާ އާއި ހުސައިން ނިމާލްގެ ހުވަފެން އެސްއެމްއީ ބޭންކުން ނެގި ލޯނުން ހަގީގަތަކަށް ވެގެން ދިޔަ ދިއުމެވެ.

އެ ދެމަފިރިންގެ ބްރޭންޑު "މުލަ" ގެ ނަމުގާ އުފައްދާ ތެރަޕިއުޓިކް މިއުފެއްދުން، އޮސްޓްރޭލިއާގެ ރަސްމީ އިދާރާއަކުން ސެޓިފައި ވެގެން ދިއުމަކީ، އެސްއެމްއީ ބޭންކާ ގުޅިފައިވާ ބޮޑު ކާމިޔާބެއްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"މިދެންނެވި އެސްއެމްއީ ބޭންކްގެ ލޯނަކުން ފެށި ވިޔަފާރި ކާމިޔާބު ކަމާއެކު ފުޅާވެ ކުރިއަރަމުން އެބަދޭ، ދީނާ އަދި ނިމާލް ފަދައިން ސަރުކާރުގާ ވެސް، ހުވަފެނެއް އެބައޮތް، އެއީ އެފަދަ އެތަކެއް ސަތޭކަ ނުވަތަ ހާސް ކުދި ވިޔަފާރި ރާއްޖޭގާ ފެށި ހިނގަމުން ދިއުން، އެއަށްވުރެ ވަކި ވަރުގަދަ އިގުތިސޯދީ ހަރަކާތެއް ސަރުކާރުން ގައުމަކަށް ގެނެހެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހި ޒުވާނުންނާއި ހުނަރުވެރިންގެ މަސައްކަތާއި ވިޔަފާރި ބައިނަލް އަގުވާމީ ބާޒާރަށް ހުޅުވާލުމުގައި އޮތް ހުރަހަކީ "ޕޭމަންޓް ގޭޓްވޭ" އެއް ނެތުން ކަމަށާއި އެކަން ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގާ ކުދި ވިޔަފާރި ހިންގުމަށް މިހާތަނަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ ލޯނު އެސްއެމްއީ ބޭންކުން މިހާތަނަށް ދޫކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox