ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ޑރ.އަވާނީ އާއެކު ހާއްސަ ސެޝަނެއް

Feb 6, 2022, 9:33 AM
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ޑރ.އަވާނީ އާއެކު ހާއްސަ ސެޝަނެއް

ދަރިމައިވުމަށް ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހާއްސަ ސެޝަންއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އަމްރިތާ ހޮސްޕިޓަލުގެ އެސޯސިއޭޓް ޕްރޮފެސާ އަދި އަމްރިތާ ފާޓިލިޓީ ސެންޓާގެ ޔުނިޓް ހެޑް ޑރ. އަވްނީ ޕިއްލޭ އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި މި ސެޝަންއަކީ ދަރިމައިވުމުގެ މައްސަލަތައް ހުރި ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ ކަމުގެ މާހިރަކާ ބައްދަލުކޮށް, ލިބެން ހުރި ފަރުވާތަކާއި ހައްލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާލުމަށް ލިބޭނޭ ރަނުގެ ފުރުސަތެކެވެ.

Advertisement

އަމްރިތާ ހޮސްޕިޓަލުގެ ރިޕްރޮޑަކްޓިވް ހެލްތު ޑިޕާޓްމަންޓުގެ ފައުންޑާ މެންބަރު ކަމުގައިވާ ޑރ. އަވްނީ ޕިއްލޭ ވަނީ އިންފާޓިލިޓީ އާއި ގައިނޮކޮލޮޖީ އެންޑް އޮބްސްޓެޓްރިކްސްއިން 13 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފަ އެވެ. އަދި އޭނާއަކީ 2021 އިން 2024 ގެ ނިޔަލަށް ފެެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖިކަލް ސޮސައިޓީސް އޮފް އިންޑިއާގެ (އެފްއޯޖީއެސްއައި) ނެޝެނަލް އެގްޒެކެޓިވް ކޮމިޓީ މެންބަރެއްވެސް މެއެވެ. ޑރ.އަވްނީގެ ސްޕެޝަލިޓީސްގެ ތެރޭގައި ރިކަރަންޓް އައިވީއެފް ފެއިލިއާ, އޯވޭރިއަން ރިޒާވް ދަށްވުން, އެންޑޯމެޓްރިއޯސިސް, ޕީސީއޯއެސް އަދި ފިރިހެނުންގެ ކިބައިން ފެންނަ ދަރިމައިވުމުގެ މައްސަލަތައްވެސް ހިމެނެ އެވެ.

"ދަރިމައިވުމުގެ މައްސަލަތައް ދިމާވާ އާންމު ސަަބަބުތަކާއި ލިބެން ހުރި ފަރުވާތައް" މި މައުޝޫގެ ދަށުން ކުރިއަށްގެންދާ މި ސެޝަންގައި ޑރ.އަވްނީގެ ހާއްސަ ޕްރެޒެންޓޭޝަނެއްގެ އިތުރުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުންވެސް އޮންނާނެ އެވެ.

މި މަހުގެ ހަތްވަަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ބައިވެރިވުމަށްޓަކައި ރެޖިސްޓާވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ޖަމިއްޔާގެ ހަރަކާތެއްގައި މުޅިން އަލަށް ބައިވެރިވާނަމަ ރެޖިސްޓްރޭޝަން ފޯމާ އެކު މެންބަޝިޕް ފޯމްވެސް ފުރިހަމަ ކުރަންޖެހޭ ކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނީޓީ އިން ބުނެ އެވެ.

މި މައުލޫމާތު ބައްދަލުވުމަކީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި ’އަދަދު‘ އާއި ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރަޖިސްޓްރީވި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިންވަނީ މީގެކުރިން ވެސް މިފަދަ މައުލޫމާތު ބައްދަލުވުންތަކާއި ކައުންސިލިން ސެޝަންތަކުގެ އެހީގައި ދަރިމައިވުމުގެ މައްސަލަތައް ހުރި ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox