ޔޫތު ޗެމްޕިއަންޝިޕް: ގްރާންޑޭ ބޮޑު ތަފާތަކުން ބަލިކޮށް މާޒިޔާ ސެމީގެ އުންމީދުގައި

Feb 2, 2022, 1:12 PM
މާޒިޔާގެ އިޔާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ އިޔާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 6-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސެމީގެ އުންމީދުގައި ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

މިއަދުގެ މެޗާ އެކު މާޒިޔާ އަށް ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ނިމިފަ އެވެ. ގްރޫޕް އޭގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ވަނީ ހަތަރު މެޗު ހަމަވެފަ އެވެ. އީގަލްސްގެ ފައިދާ ހަތް ގޯލު އޮތްއިރު، މާޒިޔާގެ ކުރީގައި އޮތީ އަށް ގޯލާ އެކު އެވެ. މި ގްރޫޕްގެ ތިން ވަަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަތަރެއްގައި އޮތް ގްރާންޑޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މި ގްރޫޕުން ސެމީގެ ދެ ޖާގަ އަށް ވާދަކުރަނީ އީގަލްސް އާއި މާޒިޔާ އަދި ސަސް އެވެ. ސަސް އަށް ބާކީ ދެ މެޗު އޮތްއިރު، އީގަލްސް އަށް އޮތީ އެންމެ މެޗެކެވެ. މިހާރު އޮތްގޮތުން މި ގްރޫޕުން ސެމީގެ ޖާގަ އަކަށް އެންމެ މުހިންމުވާނެ އެއް މެޗަކީ އަންނަ ހޮނިހިރު ދުވަހުގެރޭ ސަސް އާއި ގްރާންޑޭ ކުޅޭ މެޗެވެ.

ގްރާންޑޭގެ ރިމްހާން (ކ) ކައިރިން މާޒިޔާގެ ފާއިޒު ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގި އެވެ. އޭރިއާބޭރުން މުހައްމަދު އިޔާން ހަސަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލީޑުފުޅާކުރަން މެޗުގެ 11 ވަނަ މިނިޓްގައި މާޒިޔާ އިން ރަނގަޅު ފުރުސަތެއް ތަނަަވަސްކުރި އެވެ. އަބްދުﷲ ރިފާހު ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެފައި މުހައްމަދު ސާއިން ސަލީމް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މެޗުގެ 13 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުފުޅާކުރި އެވެ. މުހައްމަދު އުވައިސް ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން މާޒިޔާގެ ކެޕްޓަން ހުސެއިން ފާއިޒް ވަނީ ބޮލުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ދަ ގްރާންޑޭ އިން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ރިމްހާން ގާސިމް ފޮނުވާލި ބޯޅަ އޭރިއާތެރެއިން ހޯދައި، އެ ޓީމުގެ އިބްރާހިމް ނަޒީހު ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތުގައި އެ ޓީމުގެ ޔޫޝައު ބިން އަލީ ނަޝީދު ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ މާޒިޔާގެ އިޔާން ގޯލެއް ޖެހި ނަމަވެސް ދަ ގްރާންޑޭގެ ކީޕަރު ނައްފާޒު ސައުދަށް ފައުލުކުރި ކަމަށް ބަލައި، އެ ގޯލު ބަލައިނުގަތެވެ.

މާޒިޔާގެ ފާއިޒު ކައިރިން ދަ ގްރާންޑޭގެ ނަޒީހު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ސާއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން އިޔާން ވަނީ މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި އިބްރާހިމް އީމާން ނަގައިދިން ހުރަހަކުން އޭރިއާތެރެއިން އިޔާން ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އޮއްސުނީ ކީޕަރު ނައްފާޒު އަތްމަތިން ގޮހެވެ.

މާޒިޔާ އިން ވަނީ މެޗުގެ 74 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. އީމާން ދިން ބޯޅައަކުން އޭރިއާތެރެއިން މުހައްމަދު މަޒީން ދަ ގްރާންޑޭ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މާޒިޔާގެ ފަސް ވަނަ ގޯލު ވެސް ޖެހީ މަޒީން އެވެ. އޭރިއާތެެރެއިން މަޒީނަށް ލިބުނު ބޯޅަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗު ފެށިއިރު، ފަހަތަށް ކުޅެމުން އައި މަޒީން ފަހު ކޮޅުގައި ވާތު ބެކަށް ކުޅެމުން ގިނަ އެޓޭކްތަކުގައި ބައިވެރިވެ، ގޯލު ޖެހުމުގައި ވެސް ތަފާތު ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މަޒީން އެވެ.

މާޒިޔާގެ މަޒީން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ހަ ވަނަ ގޯލު ޖެހީ 88 ވަނަ މިނިޓްގައި ޔޫޝައު އެވެ. ބޯޅަ ހިފައިގެން ދަ ގްރާންޑޭގެ ޑިފެންސްތެރެއިން ވަދެ، ޔޫޝައު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. އިންޑިވިޖުއަލް ހުނަރަށް ބަލާއިރު، މިއީ މޮޅު ގޯލެކެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ކުޅޭނީ ސަސްއާ އެވެ. މެޗު ފަށާނީ 8:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox