ފްރާންސްގައި ބޮޑެތި ލުއިތަކެއް، ބޭރުގައި އުޅޭ އިރު މާސްކް އަޅަން ނުޖެހޭނެ

ޕެރިސްގައި ކޮވިޑަށް ޓެސްޓު ކުރާ ސެންޓަރެއް ކައިރީގައި މާސްކް އަޅައިގެން ހުރި މީހަކު މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ޕެރިސްގައި ކޮވިޑަށް ޓެސްޓު ކުރާ ސެންޓަރެއް ކައިރީގައި މާސްކް އަޅައިގެން ހުރި މީހަކު މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (ފެބްރުއަރީ 2) - ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށައި، ބޭރުގައި އުޅޭ އިރު މާސްކް އަޅަން ނުޖެހޭ ގޮތަށް ފްރާންސްއިން ހަމަޖައްސައިފި އެވެ.

ކޮންސެޓް ހޯލްތަކާއި، ކުޅިވަރު މެޗްތަކާއި އެހެން އިވެންޓްތަކުގެ އޯޑިއެންސް ލިމިޓްކޮށްފައި އޮތް އޮތުން ވެސް ބުދަ ދުވަހުން ފެށިގެން ވަނީ އުވާލާފަ އެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުން މަޖުބޫރު ނަމަވެސް، ސަރުކާރުން އަދިވެސް ހިތްވަރު ދެނީ އެ ގޮތް އިހްތިޔާރް ކުރުމަށެވެ.

ޖެނުއަރީ މަހު ފްރާންސްގައި ރެކޯޑް އަދަދަށް ކޮވިޑް ކޭސްތައް ރިޕޯޓު ކުރި ނަމަވެސް، އެ މަހުގެ ފަހުކޮޅު ސަރުކާރުން ނިންމީ ދެ މަރުހަލާއަކަށް ބަހާލައިގެން ފިޔަވަޅުތަކަށް ލުއިދޭން ފެށުމަށެވެ. ފްރާންސްގެ އިތުރުން އިނގިރޭސިވިލާތާއި ޑެންމާކް އަދި ނޯވޭއިން ވެސް ވަނީ ލުއިދޭން ފަށާފަ އެވެ.

ފްރާންސްއިން "ހެލްތް ޕާސް" ގެ ބަދަލުގައި "ވެކްސިނޭޝަން ޕާސް" ތައާރަފްކޮށްފައި ވާތީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް ފެބްރުއަރީ މަހު އުވާލެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.

"ވެކްސިނޭޝަން ޕާސް"ގެ ދަށުން އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެގޮތުން ބާތަކާއި ރެސްޓޯރެންޓްތަކަށް ވަނުމަށާއި ދުރު ތަންތަނަށް ދަތުރު ކުރަން ވެސް އެ ޕާސް ބޭނުންވެ އެވެ.

މީގެ ކުރިން ބޭނުން ކުރި "ހެލްތު ޕާސް"ގެ ދަށުން ކޮވިޑަށް ނެގެޓިވް ނަތީޖާއެއް އޮތް ނަމަ އާއްމު ދިރިއުޅުމުގެ ކަންކަމަށް ހުރަހެއް ނޯވެ އެވެ. ނަމަވެސް އާބާދީގެ ގިނަ މީހުން ވެކްސިން ޖަހާނެ ގޮތް ހެދުމަށް ސަރުކާރުން ނިންމީ އެ ހުއްދަ އުވާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox