ތާލިބާން ވެރިކަމުގައި ފުރަތަމަ ފަހަރަށް ޕަބްލިކް ޔުނިވާސިޓީތައް ހުޅުވައިފި

ލަގްމަން ޔުނިވާސިޓީގެ މައި ގޭޓު ކައިރީގައި ތާލިބާން ހަނގުރާމަވެރިން ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

ލަގްމަން ޔުނިވާސިޓީގެ މައި ގޭޓު ކައިރީގައި ތާލިބާން ހަނގުރާމަވެރިން ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

މިހްތަރްލަމް، އަފްގާނިސްތާން (ފެބްރުއަރީ 2) - މިދިޔަ އޯގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައި ފަހުން އަފްގާނިސްތާނުގެ ޕަބްލިކް ޔުނިވާސިޓީތައް ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.

ތާލިބާނުން ވެރިކަމަށް އައި ގޮތަށް އެންމެ ފުރަތަމަ ވެސް ބަންދު ކުރީ ޕަބްލިކް ޔުނިވާސިޓީތަކާއި އަންހެން ދަރިވަރުންގެ ސެކަންޑަރީ ސްކޫލްތަކެވެ. އެހެންވެ، އަންހެނުންނަށް ކިޔެވުމުގެ ހައްގު ގެއްލޭނެކަމުގެ ބިރު ބޮޑުވި އެވެ. މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު ވެސް އަންހެނުންނަށް ތައުލީމު އުނގެނުމުގެ ހައްގެއް ނުލިބެ އެވެ.

"ކްލާސްތައް ފެށުމަކީ ވަރަށް އުފާވެރި ކަމެއް،" ނަންގަރްހާރް ޔުނިވާސިޓީގައި ގާނޫނާއި ޕޮލިޓިކަލް ސައިންސް ކިޔަވާ ޒަރްލަޝްތާ ހަގްމަލް އޭއެފްޕީއަށް ބުންޏެވެ.

"އެކަމަކު އަދިވެސް ތާލިބާނުން ކުއްލިއަކަށް ކްލާސްތައް ހުއްޓުވަފާނެތީ ކަންބޮޑުވޭ."

ތާލިބާން އޮފިޝަލުން ބުނީ ލަގްމަން، ނަންގަރްހާރް، ކަންދަހާރް، ނިމްރޯޒް، ފަރާހް އަދި ހެލްމަންދް ޕްރޮވިންސްގެ ޕަބްލިކް ޔުނިވާސިޓީތައް ބުދަ ދުވަހު ހުޅުވާފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު، އިތުރު ސަރަހައްދުތަކުގެ ޕަބްލިކް ޔުނިވާސިޓީތައް ވެސް އަލުން ހުޅުވާލާނެ އެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ޔުނިވާސިޓީތަކަށް އެނބުރި ގޮސްފައިވަނީ މަދު އަދަދެއްގެ އަންހެން ދަރިވަރުންނެވެ. އެގޮތުން މިއަދު ހެނދުނު ލަގްމަން ޔުނިވާސިޓީ ތެރެއަށް ވަނީ އެންމެ ހަ އަންހެން ދަރިވަރުން ކަމަށް އޭއެފްޕީން ބުންޏެވެ. ހުރިހާ ދަރިވަރުން ވެސް ތިބީ މޫނު އެއްކޮށް ނިވާވާ ބުރުގާ އަޅައިގެންނެވެ.

އެ ޔުނިވާސިޓީގެ މައި ދޮރާށި ކައިރީގައި ތާލިބާން ހަނގުރާމަވެރިން ފޯރިމަރަން ތިބީ ބޮޑު މެޝިން ބަޑިއެއް ޓްރައިޕޮޑެއްގައި ހަރުކޮށްގެންނެވެ.

ޔުނިވާސިޓީގެ މުވައްޒަފަކު ބުނީ ކްލާސްތައް ކުރިއަށް ދާނީ އަންހެނުންނާއި ފިރިހެނުން ވަކިކޮށްގެން ކަމަށެވެ. އެގޮތުން އަންހެނުންގެ ކްލާސްތައް ހެނދުނު ގަޑިއަށް ހަމަޖައްސާފައިވާ އިރު، ފިރިހެނުންގެ ކްލާސްތައް ފަށާނީ މެންދުރު ފަހެވެ.

ތާލިބާނުން ބުނެފައި ވަނީ އަންހެނުންނަށް ތައުލީމު އުނގެނުމުގެ ހައްގު ދޭން އެ މީހުން ދެކޮޅު ނޫން ކަމަށެވެ. އެކަމަކު ކަރިކިއުލަމް އޮންނަން ޖެހޭނީ އިސްލާމީ އުސޫލުގެ މައްޗަށް ކަމަށާއި ކްލާސްތައް ބާއްވަން ޖެހޭނީ ދެ ޖިންސުގެ ދަރިވަރުން ވަކިކޮށްގެން ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox