ވިލާއިން ބުނަނީ ބޭނުން ވަނީ ކާޑެއްދޫ އެއާޕޯޓާ ހަވާލުވާން ކަމަށް

ގދ. ކާޑެއްދޫ އެއާޕޯޓުގެ ޓާމިނަލް: މިހާރު މި އެއާޕޯޓު ހިންގަނީ ސަރުކާރުން -- ފައިލް ފޮޓޯ

ގދ. ކާޑެއްދޫ އެއާޕޯޓުގެ ޓާމިނަލް: މިހާރު މި އެއާޕޯޓު ހިންގަނީ ސަރުކާރުން -- ފައިލް ފޮޓޯ

ނިޔަތަކީ ގދ. ކާޑެއްދޫ އެއާޕޯޓާއި ހަވާލުވެ އެ އެއާޕޯޓު ތަރައްގީކޮށް ހިންގުން ކަމަށް ވިލާ އެއާ އިން ބުނެފި އެވެ.

ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދުމަށް ކުރި މަސައްކަތް ސުޕްރީމް ކޯޓުން ކާމިޔާބު ކުރިތާ އަށް މަސް ދުވަސް ފާއިތުވެފައި ވާއިރު، އަދިވެސް އެ އެއާޕޯޓު ހިންގަމުން ގެންދަނީ ރިޖަނަލް އެއާޕޯޓްސް އިންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 2013 ވަނަ ހަވާލުކޮށްފައިވަނިކޮށް، ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ގޮތަށް އެއާޕޯޓް ހިިންގާ ކަމަށް ބުނެ 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރި އެވެ. ސުޕްރީމް ކޯޓުން ވިލާ އެއާ އާ އެއްކޮޅަށް އެ މައްސަލަ ނިންމީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އެއާޕޯޓާ އެ ކުންފުނިން ހަވާލުވުމާ ގުޅޭ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު މިހާރު ވެސް ކުރިއަށް ދާ ކަމަށެެވެ.

"ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ވިލާ އެއާގެ އިންޓެންޝަން އަކީ އެއާޕޯޓާ ހަވާލުވުން، އެކަން ކުރިއަށް އެބަދޭ،" ނާޝިދު ވިދާޅުވި އެެވެ.

ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓާ ހާވާލު ނުވެ އޮތީ އެއާޕޯޓާ އެކު ފަޅު ރަށެއް ނުލިބޭތީ ކަމަކަށް ދެކެވޭ ވާހަކަ އާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސިދާ ޖަވާބެއް ނުދެއްވާ ނާޝިދު ވިދާޅުވީ "ސުޕްރީމް ކޯޓުގެ ހުކުން ސާފު" ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް ހަވާލުކުރުން ލަސްވާ ސަބަބާ ބެހޭގޮތުން ޓްރާންޕޯޓް މިނިސްޓްރީން އެންމެ ފަހުން ބުނެފައިވަނީ އެކަން ހަމަނުޖެހި ލަސްވަނީ އެ އެއްބަސްވުމުގައި ހިމެނޭ ފަޅު ރަށެއް މިހާރު ހިމާޔަތްކޮށްފައި އޮތުމުން ކަމަށެވެ.

މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކާޑެއްދޫ އެއާޕޯޓު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިން ހިންގަން ހަވާލުވާ ދެވަނަ އެއާޕޯޓެވެ. ދެން އޮތް މާމިނގިލީ އެއާޕޯޓް ތަރައްގީކޮށް ހިންގަނީ ވިލާ އެއާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox