ކާޑެއްދޫ އެއާޕޯޓު މައްސަލާގައި ވިލާއަށް ބަދަލު ދޭންޖެހޭ: ސުޕްރީމް ކޯޓު

ގާސިމް: އޭނާގެ ވިލާ އެއާ ކުންފުންޏަށް ބަދަލު ނަގައިދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި

ގާސިމް: އޭނާގެ ވިލާ އެއާ ކުންފުންޏަށް ބަދަލު ނަގައިދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި

ގދ. ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެކަމުގެ ސަބަބުން ވިލާ އެއާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައި ކަނޑައެޅީ، އެއްބަސްވުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމާއި، އެހެންވެ އޭގެ ސަބަބުން ލިބުނު ބަދަލު ހޯދުމަށް ވިލާ އެއާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ގެއްލުމުގެ ބަދަލު ހޯދުމަށް ވިލާ އެއާއިން ސިވިލް ކޯޓަށް ހުށަހަޅާ މައްސަލާގައި ބަދަލު ނަގައިދޭނެ އުސޫލެއް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން، ނަގައިދެވޭނެ ބަދަލުތަކާއި ކުޑަކުރެވޭނެ ބަދަލުތަކާއި ނަގައިނުދެވޭނެ ބަދަލުތައް އެ އުސޫލުގައި ތަފްސީލްކޮށް ބަޔާން ކުރައްވާފައިވެ އެވެ. މުސްތަގުބަލުގައި ލިބޭނެ ފައިދާގެ ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެކަން އުސޫލުގައި ފާހަގަކުރި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް 2013 ވަނަ ހަވާލުކޮށްފައިވަނިކޮށް، ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ގޮތަށް އެއާޕޯޓް ހިިންގާ ކަމަށް ބުނެ 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރި އެވެ. އެ މައްސަލަ ވިލާ އެއާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ނިންމާފައި އޮތީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމްގައި ބުނީ އެއްބަސްވުމެއް އުވާލަނީ، އެއް ފަރާތަކުން އެއާ ހިލާފުވެއްޖެ ކަމަށްވާނަމަ، އެ ހިލާފަކީ ބުރަދަނެއް ހުރި ސީރިއަސް ނަތީޖާއެއް ނުކުންނަ ހިލާފަކަށްވާން ޖެހޭނެ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ވިލާއިން ހިލާފުވެފައިވާ ހިލާފުވުމަކީ އެފަދަ ސީރިއަސް ނަތީޖާތަކެއް ނުކުންނަ ހިލާފެއް ކަމެއް ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނެތް ކަމާއި އެކަމާ ގުޅޭ ހެކި ވެސް ހުށަހަޅާފައި ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކާޑެއްދޫ މައްސަލާގެ ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން
ސުޕްރީމް ކޯޓުގައި ކާޑެއްދޫ މައްސަލާގެ ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން

ސުޕްރީމް ކޯޓުގައި ކާޑެއްދޫ މައްސަލާގެ ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން

ހުކުމްގައި ބުނީ ދައުވާ ކުރާ ފަރާތުން، އެ ފަރާތުން ކުރާ ކޮންމެ ތުހުމަތެއް ސާބިތުކުރަން ޖެހޭނެ ކަމާއި ނޫންނަމަ، އެއީ "ކަނޑުގައި އަޅާލާ ރޮނގެއް" ކަމަށެވެ.

މި މައްސަލާގައި ވިލާއިން ހިލާފުވެފައިވާ ކަމަށް ދައުލަތުން ބުނެ ހުށަހަޅާފައިވާ އައިލެންޑްއޭވިއޭޝަންގެ ރިޕޯޓަކާއި އެއާ ގުޅިގެން ސިވިލް އޭވިއޭޝަނުން ހެދި ރިޕޯޓެކެވެ. އައިލެންޑްއޭވިއޭޝަނުން ރިޕޯޓެއް ހެދީ އެ ކުންފުނީގެ ބޯޓަކަށް ގެއްލުމާއެކު، ކާޑެއްދޫ އެއާޕޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި އެއާޕޯޓެއް ނޫން ކަމަށް ބުނެ އެވެ.

ނަމަވެސް، އެ ރިޕޯޓްގައި ބޯޓަށް ގެއްލުންވީ ސީދާ އެ އެއާޕޯޓުން ކަމަށް ބުނެފައި ނެތް ކަމާއި، އެ ރިޕޯޓަށްފަހު ވެސް އެއާޕޯޓަށް އެ ކުންފުނީގެ ބޯޓުތައް ޖައްސާފައިވުމުން އެއާޕޯޓްގައި ސީރިއަސް މައްސަލަތަކެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެ އެވެ. އެކަން ނަފީކުރަން ބޭނުންނަމަ، ދައުލަތުން އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތައް ގެނެސް އެކަމާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކަން ޖެހޭނެ ކަމާއި އެކަން ކޮށްފައިނުވާ ކަމަށެވެ. ވިލާއިން ވަނީ އައިލެންޑްއޭވިއޭޝަނަކީ ވިޔަފާރީގެ ވާދަވެރިއެއް ކަމުން، އެ ރިޕޯޓް މިނިވަންކަމާމެދު ވެސް ސުވާލު އުފައްދާފަ އެވެ.

ސިވިލް އޭވިއޭޝަނުން ހަދާފައިވާ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވަނީ އެއާޕޯޓްގައި މަރާމާތުކުރަން ޖެހޭ ކަންތައްތަކެވެ. އެ ރިޕޯޓްގައި އެއާޕޯޓް ހުއްޓާލަން ޖެހޭކަން ފާހަގަކޮށްފައި ނެތެވެ. ވިލާ އެއާއިން ވަނީ ރިޕޯޓްގައި ފާހަގަކުރި މަރާމާތުތައް ގެންނަމުންދާ ކަމަށާއި، ހިނގަމުންދާ އެއާޕޯޓެއް ކަމުން އަބަދުވެސް މަރާމާތުތައް ހުންނާނެ ކަމަށް ބުނެފަ އެވެ. އެ ރިޕޯޓުން އެއާޕޯޓް ހުއްޓާލަން ޖެހޭ ކަމާއި، މިންގަނޑުތަކާ ވިލާއިން ހިލާފުވެފައިވާކަން ސާބިތު ކުރެވިފައި ނެތްކަން ވެސް ހުކުމްގައި ފާހަގަ ކުރި އެވެ.

އެހެންވެ، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަކަށްވީ ވިލާއިން ހިލާފުވެފައިވާ ކަމަށް ދައުލަތުން ބުނާ ކަމަކީ ސީރިއަސް ނަތީޖާތަކެއް އޭގެން ނުކުންނާނެ ކަމެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނެތް ކަމެވެ. އެ ރައުޔަށް ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ވެސް ތާއިދު ކުރެއްވި އެވެ. ހައިކޯޓުގެ ހުކުމަށް ތާއިދު ކުރަން ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ނިންމިއިރު، އެ ހުކުމްގައި ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ޖެހޭނެކަން ފާހަގަކޮށްފައިވެ އެވެ.

މިހާރު ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނީ ސަރުކާރުންނެވެ. މި ހުކުމާ ގުޅިގެން ސަރުކާރުން ދެން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް، ބަދަލު ހޯދުމަށް ވިލާއިން ސިވިލް ކޯޓަށް އަވަހަށް ވަކި މައްސަލައެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox