މާބަނޑު ނޫސްވެރިޔާ ނިއުޒީލޭންޑަށް އެތެރެވާން ހުއްދަ ދީފި

ޗާލޮޓް ބެލިސް އަކީ އަފްގާނިސްތާނުގައި މަސައްކަތް ކުރާ އަލް ޖަޒީރާގެ ނޫސްވެރިއެއް. -- ފޮޓޯ: ޗާލޮޓް ބެލިސް/ އިންސްޓަގްރާމް

ޗާލޮޓް ބެލިސް އަކީ އަފްގާނިސްތާނުގައި މަސައްކަތް ކުރާ އަލް ޖަޒީރާގެ ނޫސްވެރިއެއް. -- ފޮޓޯ: ޗާލޮޓް ބެލިސް/ އިންސްޓަގްރާމް

ވެލިންގްޓަން، ނިއުޒީލޭންޑް (ފެބްރުއަރީ 1) - ނިއުޒީލޭންޑްގެ މާބަނޑު ނޫސްވެރިޔަކު ވިހަން ގައުމަށް އެތެރެވާން މަސައްކަތްކޮށް ކާމިޔާބު ނުވުމުން އަފްގާނިސްތާނުގެ ތާލިބާނުން އޭނާއަށް ހިމާޔަތް ދީފައި ވަނިކޮށް، ނިއުޒީލޭންޑަށް އެތެރެވުމުގެ ހުއްދަ ދީފި އެވެ.

ޗާލޮޓް މަސައްކަތް ކުރަމުން ދިޔައީ އަފްގާނިސްތާނުގަ އެވެ. އޭނާގެ ލޯބިވެރިޔާ އަދި ފޮޓޯގްރާފަރު ޖިމް ހައިލެބްރޮއެކް ވެސް ހުންނަނީ އޭނާއާ އެކު އެ ގައުމުގަ އެވެ.

އޭނާ މާބަނޑުކަން އެނގުނީ އަފްގާނިސްތާން ދޫކޮށް، ގަތަރުގެ ދޯހާގައި ހުންނަ އަލްޖަޒީރާގެ މައި އޮފީހުގައި މަސައްކަތް ކުރަން ފެށި ފަހުންނެވެ.

ކައިވެނީގެ ބޭރުން މާބަނޑުވުމަކީ ގަތަރުގައި ގާނޫނީ ކުށަކަށް ވާތީ، އޭނާ އެކަން ސިއްރު ކުރުމަށް ފަހު، ވިހަން ދާން ނިންމީ އުފަން ގައުމު ނިއުޒީލޭންޑަށެވެ.

ނަމަވެސް ނިއުޒީލޭންޑުން ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ބޯޑަރު ފިޔަވަޅުތަކުގެ ދަށުން އޭނާއަށް ވިހަން ގައުމަށް އެތެރެ ނުވެވޭނެ ކަމަށް އެންގި އެވެ. ޗާލޮޓް އާއި ހައިލެބްރޮއެކްގެ ވިސާ ދެން އޮތީ ގަތަރުގެ އިތުރުން އަފްގާނިސްތާނަށެވެ.

އެހެންވެ، އޭނާ ނިންމީ ތާލިބާނުންގެ އިސް ވެރިންނަށް ގުޅުމަށެވެ. ތާލިބާނުން ޗާލޮޓްއަށް އެންގީ އަފްގާނިސްތާނުގައި ވިހެއުމުގެ ކަންކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭނާއަށް ދިމާވެފައިވާ ހާލަތުގެ ވާހަކަ އާއްމު ކުރުމާ އެކު ކުރިމަތިވި ފިއްތުންތަކަށް ފަހު ނިއުޒީލޭންޑުން މިހާރު ނިންމާފައި ވަނީ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަށެވެ.

އަންގާރަ ދުވަހު ޗާލޮޓް ބުނީ އަންނަ މަހު ވިހެއުމަށް އޭނާ އެނބުރި ނިއުޒީލޭންޑަށް ދާނެ ކަމަށެވެ. ގައުމަށް އެތެރެވުމަށް ފަހު އޭނާ ހުންނާނީ ދައުލަތުގެ މެނޭޖްކުރާ ހާއްސަ ކަރަންޓީން ފެސިލިޓީއެއްގަ އެވެ.

ކޮވިޑާ ގުޅިގެން ފާއިތުވި ދެ އަހަރު ނިއުޒީލޭންޑްގެ ބޯޑަރު ހުރީ ބަންދުކޮށްފަ އެވެ. އެނބުރި ގައުމަށް ދާން ޖެހޭ މީހުން ކަރަންޓީން ވާން ހާއްސަކޮށްފައި ވަނީ 800 ކޮޓަރި އެވެ. އެ ތަންތަން ހާއްސަ ވަނީ ނިއުޒީލޭންޑްގެ ރައްޔިތުންނާއި ވިސާ އޮތް މީހުންގެ ތެރެއިން އެމެޖެންސީކޮށް އެތެރެވާން ޖެހޭ މީހުންނަށެވެ.

ޑެޕިއުޓީ ބޮޑު ވަޒީރު ގްރާންޓް ރޮބަޓްސަން ވިދާޅުވީ ޗާލޮޓް ގައުމަށް އެތެރެ ވާން ހުއްދަ ދިނީ ފިއްތުންތައް އައިސްގެން ނޫން ކަމަށާއި އެއީ އޭނާގެ ހާލަތު ސާފުވުމުން ދިން ހުއްދައެއް ކަމަށެވެ.

ރޮބަޓްސަން ވިދާޅުވީ ނިއުޒީލޭންޑްގެ ބޯޑަރު ހުޅުވާލުމާ ގުޅޭ ހާއްސަ އިއުލާނެއް ބުރާސްފަތި ދުވަހު އާއްމު ކުރާނެ ކަމަށެވެ. މި ބަލިމަޑުކަމުގައި ނިޒުއީލޭންޑްގެ ފަސް މިލިއަން މީހުންގެ ތެރެއިން މަރުވެފައި ވަނީ 53 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox