އަފްގާނިސްތާނުގެ ދެ ނޫސްވެރިން ގެއްލުވާލުމުގެ ތުހުމަތު ތާލިބާނަށް

ހުއްދަ ނުނަގައި ބޭއްވި މުޒާހަރާތައް ކަވަރު ކުރުމުގައި އުޅޭ ގިނަ ނޫސްވެރިންނަށް މީގެ ކުރިން ތާލިބާނުން އަނިޔާކޮށްފައިވޭ. -- ފޮޓޯ: އޭއެފްޕީ

ހުއްދަ ނުނަގައި ބޭއްވި މުޒާހަރާތައް ކަވަރު ކުރުމުގައި އުޅޭ ގިނަ ނޫސްވެރިންނަށް މީގެ ކުރިން ތާލިބާނުން އަނިޔާކޮށްފައިވޭ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ފެބްރުއަރީ 1) - އަފްގާނިސްތާނުގެ ޗެނަލްއަކަށް މަސައްކަތް ކުރާ ދެ ނޫސްވެރިން ގެއްލިފައި ވަނީ ތާލިބާނުން އެ މީހުން ހައްޔަރުކޮށްފައި ވާތީ ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ތުހުމަތުކޮށްފި އެވެ.

މިދިޔަ އޯގަސްޓް މަހު ވެރިކަމަށް އައި ތާލިބާނުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ހިފަހައްޓައި، ހުއްދަ ނެތި މުޒާހަރާ ކުރުން މަނާކޮށްފަ އެވެ. މުޒާހަރާ ކުރާ މީހުންނާއި މުޒާހަރާ ރިޕޯޓު ކުރަން އުޅޭ ނޫސްވެރިންނަށް ވެސް ތާލިބާނުން އަނިޔާކުރެ އެވެ.

އަފްގާން މީޑިއާ އެސޯސިއޭޝަނުން ބުނީ އެރިއާނާ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ، ވާރިސް ހަސްރަތް އާއި އަސްލަމް ހިޖާބް ގެންދިޔައީ ހޯމަ ދުވަހު ތާލިބާނުން ކަމަށެވެ. އެ މީހުން ގެންދިޔަ ތަނެއް ސާފު ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެރިއާނާ ޓީވީގެ އޮފިޝަލަކު އޭއެފްޕީއަށް ބުނީ އެ މީހުން ގެންދިޔައީ އޮފީސް ދޮރުމަތީގައި ތިއްބާ، މޫނު ނިވާކޮށްގެން އައި ހަތިޔާރު އެޅި ބަޔެއް ކަމަށެވެ. އޮފިޝަލް ބުނީ "ފުރިހަމަ ތަހުގީގެއް" ހިންގާނެ ކަމުގެ ޔަގީންކަން ތާލިބާނުން ދީފައިވާ ކަމަށެވެ.

އަފްގާނިސްތާނުގައި ހުންނަ އދ. މިޝަނުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބުނީ، ނޫސްވެރިން ހައްޔަރުކޮށްގެން ގެންދިޔަ ސަބަބު ސާފުކޮށްދޭން ތާލިބާނަށް ގޮވާލާ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ތާލިބާނަށް ގޮވާލީ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށެވެ. ތާލިބާނުންގެ ތަރުޖަމާނަކު ބުނީ ގެއްލިގެން އުޅޭ ނޫސްވެރިންނާ ގުޅޭ މައުލޫމާތު އޭނާއަށް ނޭނގޭ ކަމަށެވެ.

ނޫސްވެރިންތަކެއް ގެއްލުނު މައްސަލަ ފެންމަތިވެފައިވާ އިރު މީގެ ދެ ހަފްތާ ކުރިން އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ދެ އެކްޓިވިސްޓުން ވެސް ވީނުވީއެއް ނޭނގި ގެއްލުނެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ގުޅޭ ހައި ކޮމިޝަނުން ބުނީ ދެ އެކްޓިވިސްޓުންނާއި އެ މީހުންނާ އެކު ގެއްލިފައިވާ އާއިލާގެ ހަތަރު މީހުންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.

އެ މީހުން ވީ ތަނެއް ނޭނގޭ ކަމަށް ތާލިބާނުން ބުނެފައިވާ އިރު، ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox