ލަމްޕާޑާ އެކު ވެން ޑަ ބީކާއި އަލީ އެވަޓަން އަށް

Jan 31, 2022, 7:44 PM
ލަމްޕާޑާ އެކު ވެން ޑަ ބީކާއި އަލީ އެވަޓަން އަށް

ލިވަޕޫލް (ފެބްރުއަރީ 1) - އެވަޓަންގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ހަމަޖައްސައި އޭނާގެ އެދުމުގެ މަތިން އެ ޓީމުން މެންޗެސްޓާ ޔުނައިޓެޑްގެ ވެން ޑަ ބީކާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެލެ އަލީ ގެންގޮސްފި އެވެ.

ޗެލްސީގެ ކޯޗުކަމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ލަމްޕާޑް، އެވަޓަންގެ ކޯޗަކަށް ގެނައީ ދެ އަހަރު ބައިގެ ކޮންޓްރެކްޓެއްގައި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ލަމްޕާޑް ގެނައުމުގެ ކުރިން އެވަޓަން އިން ވަނީ ޑާބީ ކައުންޓީގެ ކޯޗަކަށް ހުރި ވޭން ރޫނީ އާއި ބެލްޖިއަމް ގައުމީ ޓީމުގެ ރޮބާޓޯ މާޓީނޭޒާ މަޝްވަރާކޮށްފަ އެވެ. ކުރިން އެވަޓަން އަށް ކޯޗުކޮށްދިން މާޓީނޭޒާއި އެ ޓީމަށް ކުޅުނު ރޫނީ ވަނީ އެ ކްލަބަށް އެނބުރި އަންނަން މި ވަގުތު ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

އެވަޓަން އަށް ސޮއިކުރުމަށް ފަހު ލަމްޕާޑް ބުނީ އެ ކްލަބަކީ ތާރީހީ ކާމިޔާބީތަކެއް އިނގިރޭސި ފުޓްބޯޅައިގައި ހޯދާފައިވާ ޓީމެއް ކަމަށާއި އެ ފެންވަރުގެ ކްލަބަކަށް އައިސް އޭނާ ކުރަން ޖެހޭނެ އެންމެ ބޮޑު ކަމަކީ ސަޕޯޓަރުންގެ އިތުބާރާ އެކު ކުރިއަށް ދިއުން ކަމަށެވެ.

ލަމްޕާޑް ހަވާލުވިއިރު، އެވަޓަން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނާއި އެވަޓަންއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. މި ވަގުތުގެ ހަގީގަތަކީ އެވަޓަން މަސައްކަތް ކުރަން ޖެހެނީ މި ފަހަރުގެ ޕްރިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް ކަމަށް ލަމްޕާޑް ވެސް ވަނީ އެއްބަސްވެފަ އެވެ.

ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު އެވަޓަން އިން ވަނީ މި ލަމްޕާޑްގެ އެދުމުގެ މަތިން ވެން ޑަ ބީކާއި އަލީގެ ސޮއި ހޯދައިފަ އެވެ. ވެން ޑަ ބީކް ލޯން އެއްބަސްވުމުގެ ދަށުން އެވަޓަން އަށް ބަދަލުވާއިރު، އަލީ ގެންނާނީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 24 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ގެނައީ 2020 ވަނަ އަހަރު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަޔަކްސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ގިނަ މެޗުތަކުގައި އިނީ ބެންޗުގަ އެވެ. ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ބަދަލުވާން ވެން ޑަ ބީކް ބޭނުންވާތީ ޔުނައިޓެޑުން މި ވަގުުތަށް ވެން ޑަ ބީކް އެވަޓަން އަށް ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ އެވެ. ލޯން ޑީލްގެ މުއްދަތު ހަމަވުމުން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެވަޓަން އަށް ނެތެވެ.

ފަހަކަށް އައިސް އަލީ އަށް ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުން ވަނީ އުނދަގޫވެފަ އެވެ. އެހެންވެ، އޭނާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އުމުރުން 25 އަހަރުގެ އަލީ އެވަޓަން އަށް ބަދަލުވަނީ ޖުމްލަ އެއްކޮށް 45 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެވަޓަން އިން އަލީގެ ޓްރާންސްފާ ފީގެ ގޮތުގައި ފުރަތަމަ ޓޮޓެންހަމަށް ދައްކާނީ 20 މިލިއަން ޑޮލަރެވެ. ބާކީ ދޭނީ އެވަޓަންގައި އަލީ ދައްކާ ކުޅުމަށް ބަލައިފަ އެވެ.

ވެން ޑަ ބީކާއި އަލީގެ އިތުރުން އެސްޓަން ވިލާ އަށް ކުޅެމުން އައި ވިންގް، އަންވަރު އެލްގާޒީ ވެސް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ބަދަލުވެފަ އެވެ. އެސްޓަން ވިލާގެ ވާތު ބެކް މެޓް ޓާގެޓް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ނިއުކާސަލް ޔުނައިޓެޑާ ގުޅިފަ އެވެ.

ޓްރާންސްފާ މާކެޓްގެ އެހެން ހަބަރުތަކަށް ބަލާއިރު، ޓޮޓެންހަމް އިން ވަނީ ޔުވެންޓަސް އިން އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަކޫރާއި ޑޭޖާން ކުސުލެވްސްކީގެ ސޮއި ހޯދައިފަ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް އިން ވަނީ ތިން ކުޅުންތެރިއަކު ދޫކޮށްލައިފަ އެވެ. ޓަންގީ އެންޑޮމްބެލޭ ދިޔައީ ލިޔޯނަށެވެ. ބްރަޔާން ހިލް ވެލެންސިއާއާ ގުޅުނުއިރު، ޖިއޮވާނީ ލޮ ސެލްސޯ ވަނީ ވިޔަރެއާލާ ގުޅިފަ އެވެ. ބާންލީން ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެއިހޯސްޓް ގެންދިޔައިރު، މެންޗެސްޓާ ސިޓީން ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވާރޭޒް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox