ރެއާލްގެ ކޯޗު އަންޗެލޮޓީގެ ކޯޗިން ލައިސަންސްގެ މުއްދަތު ހަމަވެއްޖެ

Jan 31, 2022, 3:33 PM
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ: އޭނާގެ ކޯޗިން ލައިސަންސް މުއްދަތު ވަނީ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ: އޭނާގެ ކޯޗިން ލައިސަންސް މުއްދަތު ވަނީ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖެނުއަރީ 31) - ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗިން ލައިސަންސްގެ މުއްދަތު ހަަމަވެއްޖެ އެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ އުމުރުން 62 އަހަރުގެ އަންޗެލޮޓީގެ ކޯޗިން ލައިސަންސް މުއްދަތު ހަމަވީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއިން އިޓަލީ އަށް އުފަން ކޯޗު އަންޗެލޮޓީ އަށް އަންގާފައިވަނީ ކޯޗިން ލައިސަންސް އާ ނުކޮށް ރެއާލަށް ކޯޗުކޮށްދޭން ބެންޗަށް ނުދެވޭނެ ކަމަށެވެ. އަންޗެލޮޓީގެ ކޯޗިން ލައިސަންސް މައްސަލައިގައި ޔުއެފާ އިން ވަނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް މައުލޫމާތު ފޮނުވައިފަ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވީ އެންމެ އަވަހަށް އަންޗެލޮޓީގެ ކޯޗިން ލައިސަންސް އާ ކުރަން ޖެހޭނެކަން ރެއާލަށް އަންގައިފަ އެވެ. އެކަމަކު، ޔުއެފާގެ ކޯޗިން ލައިސަންސް އާ ކުރުމުގައި ހަރުދަނާ އުސޫލެއް ގެންގުޅެން ޖެހޭނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން އޮފިޝަލަކު ވަނީ އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

"ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު (އަންޗެލޮޓީ) ވެސް މި ޖެހެނީ ލައިސަންސް އާ ކުރަން ކޯހެއް ހަދަން. މިއީ އެންމެ ރަނގަޅު އުސޫލުތޯ ސުވާލު އުފެދޭ. މެދުނުކެނޑި މަތީ ފަންތީގައި މަސައްކަތްކުރާ ކޯޗުންގެ ލައިސަންސް އާ ކުރުމުގެ ހަރުދަނާ އުސޫލެއް އޮންނަން ޖެހޭ،" ރެއާލްގެ އޮފިޝަލް ބުންޏެވެ.

ކުރިން އޭސީ މިލާނާއި ޕީއެސްޖީ، ބަޔާން މިއުނިކް އަދި ޗެލްސީ ފަދަ ބޮޑެތި ކްލަބްތަކަށް ކޯޗުކޮށްދިން އަންޗެލޮޓީ އަށް އާ ކޯޗިން ލައިސަންސް ލިބޭނީ 15 ގަޑިއިރުގެ އޮންލައިން ތިއަރީ ކޯހެއް ފުރިހަމަކުރުމަށް ފަހު ޓެސްޓެއްގައި ބައިވެރިވެގެންނެވެ.

އިޓަލީގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުން 1992 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އަންޗެލޮޓީ ވަނީ ހެޑް ކޯޗެއްގެ ގޮތުގައި ގިނަ ޓީމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. ކޯޗިން ކެރިއަރުގައި އެކި ޓީމުތަކާ އެކީ 21 ޓްރޮފީ ހޯދާފައިވާއިރު، އެންމެ ފަހުން ހާސިލްކުރި ތަށްޓަކީ މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ ސްޕެއިނުގެ ސުޕަ ކަޕް އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ޕީއެސްޖީއާ އެވެ.

ތިރީހަކަށް އަހަރު ކޯޗިން ކެރިއަރުގައި ހޭދަކުރި އަންޗެލޮޓީ ވަނީ 1200 އަށް ވުރެ ގިނަ މެޗުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަންޗެލޮޓީގެ ކޯޗިން ލައިސަންސް އާ ކުރަން ޔުއެފާ އިން އެންގުމަކީ ކޯޗުންގެ ލައިސަންސް އާ ކުރުމުގައި ޔުއެފާގައި ހަރުދަނާ ސިސްޓަމެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް އިޓަލީގެ މީޑިއާތަކުން ސިފަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox