ޔޫއޭއީއިން އަންނަ އަހަރު ކޯޕޮރޭޓް ޓެކްސް ތައާރަފް ކުރަނީ

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީ. -- ފޮޓޯ: ރޮއިޓާޒް

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީ. -- ފޮޓޯ: ރޮއިޓާޒް

ޑުބާއީ، ޔޫއޭއީ (ޖެނުއަރީ 31) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 2023 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ކޯޕޮރޭޓް ޓެކްސް ތައާރަފް ކުރާނެކަން އެ ގައުމުގެ ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ގަލްފް ސަރަހައްދުގެ މާލީ ސެންޓަރުގެ ގޮތުގައި އޮންނަ ޔޫއޭއީ މަގްބޫލްވެފައި ވަނީ ޓެކްސްގެ ލުއިތައް އެންމެ ބޮޑަށް ލިބޭ އެއް ގައުމުގެ ގޮތުގަ އެވެ. އެހެންވެ، ބޮޑެތި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ސަރަހައްދީ މައި އޮފީސް ހުންނަނީ ޔޫއޭއީގަ އެވެ.

ފިނޭންސް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 102،000 ޑޮލަރަށް (375،000 އޭއީޑީ) ވުރެ މަތިން ލިބޭ ވިޔަފާރި ފައިދާއިން 9.0 ޕަސެންޓުގައި ޓެކްސް ނަގަން ފަށާނެ ކަމަށެވެ.

މި ދުވަސްވަރު ޔޫއޭއީގެ އެކި ކަންކަމަށް ބޮޑު ބަދަލުތައް ގެންނަމުންދާ އިރު، މި އަހަރުން ފެށިގެން ހަފްތާ ބަންދުގެ ގޮތުގައި އޮންނާނީ ހުކުރާއި ހޮނިހިރުގެ ބަދަލުގެ ހޮނިހިރާއި އާދީއްތައިގެ ގޮތުގައި ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބައިނަލްއަގްވާމީ މާކެޓުތަކަށް ވިސްނައިގެން ވިޔަފާރިތައް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ގެނައި ބަދަލެކެވެ.

"ޔޫއޭއީގެ ކޯޕޮރޭޓް ޓެކްސް ރެޖީމް ވާނީ މުޅި ދުނިޔެއިން ވެސް އެންމެ ވާދަވެރި ރެޖީމަށް،" ޔޫއޭއީގެ ރަސްމީ ވޭމް ނިއުސް އެޖެންސީން ބުންޏެވެ. ނުވަ ޕަސެންޓަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޯޕޮރޭޓް ޓެކްސް ނަގާ އެންމެ ދަށް އެއް ޕަސެންޓޭޖެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމާއި ރިއެލް އެސްޓޭޓް އަދި އެހެން އިންވެސްޓްމެންޓްތަކުގެ ކެޕިޓަލް އިތުރުވުމުން ޓެކްސެއް ނަގަން ރާވާފައި ނެތް ކަމަށެވެ.

ތެލުގެ އެކްސްޕޯޓްގެ އިތުރުން ވިޔަފާރި އާއި ދަތުރުފަތުރު އަދި ފަތުރުވެރިކަމުގެ ވަރުގަދަ ސިނާއަތެއް އޮންނަ ޔޫއޭއީގެ އަމާޒަކީ އިގްތިސާދު އިތުރަށް ފުޅާކޮށް، ތެލުގެ އެކްސްޕޯޓަށް ބަރޯސާވުން ކުޑަ ކުރުމެވެ.

ތެލުގެ ވިޔަފާރީގައި ޔޫއޭއީއާ އެންމެ ވާދަވެރި ގައުމަކީ އަވައްޓެރި ސައުދީ އަރަބިއްޔާ އެވެ. އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. ނަމަވެސް އެ ގައުމުން ވެސް މިހާރު އަމާޒު ހިފާފައި ވަނީ އިގްތިސާދު ފުޅާކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށެވެ.

"ކޯޕޮރޭޓް ޓެކްސް ތައާރަފް ކުރުމާ އެކު، ޓެކްސްއާ ގުޅުން ހުރި ނުރަނގަޅު ޕްރެކްޓިސްތައް ހުއްޓުވައި، ޓެކްސްގެ ދެފުށް ފެންނަ ނިޒާމެއް ދަމަހައްޓަން ބައިނަލްއަގްވާމީ ހަމަތަކާ އެއް ގޮތަށް ޔޫއޭއީއިން އަމަލު ކުރާނެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އަންޑާ ސެކެޓްރީ ޔޫނިސް ހާޖީ އަލް ހޫރީ ވިދާޅުވި އެވެ.

ޔޫއޭއީގެ ފްރީ ޓްރޭޑް ޒޯންތަކުގައި ޓެކްސްއަށް ދީފައި ހުރި ލުއިތަކަށް ބަދަލެއް ނައިސް ހަމަ އެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox