އިންޑިއާގެ ޒުލެއްގައި އެކަހެރިކޮށް ގެންގުޅޭ އެތެއް ސަލާމަތް ކުރަން މަސައްކަތް ފަށައިފި

ޝަންކަރްގެ ނަން ދީފައިވާ އެތަކީ ޒިމްބާބްވޭގެ ސަރުކާރުން އިންޑިއާގެ ކުރީގެ ރައީސް ޝަންކަރް ދަޔަލް ޝަރްމާއަށް ދެއްވި ހަދިޔާއެއް. -- ފޮޓޯ: ނިކީތާ ދަވަން

ޝަންކަރްގެ ނަން ދީފައިވާ އެތަކީ ޒިމްބާބްވޭގެ ސަރުކާރުން އިންޑިއާގެ ކުރީގެ ރައީސް ޝަންކަރް ދަޔަލް ޝަރްމާއަށް ދެއްވި ހަދިޔާއެއް. -- ފޮޓޯ: ނިކީތާ ދަވަން

މީގެ 24 އަހަރު ކުރިން އެފްރިކާއިން އިންޑިއާއަށް ގެންގޮސް، ދިއްލީގެ ޒުލެއްގައި ބަންދުކޮށްގެން ގެންގުޅޭ އެތެއް އަނބުރާ ގައުމަށް ފޮނުވާލަން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެކަމަށް އެދި ކޯޓަށް ޕެޓިޝަން ހުށަހެޅީ އުމުރުން 16 އަހަރުގެ ނިކީތާ ދަވަން އެވެ. އޭނާއަކީ ޔޫތް ފޯ އެނިމަލްސްގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގާ ކުއްޖެކެވެ.

ނިކީތާ ތުހުމަތު ކުރާ ގޮތުގައި ޝަންކަރްގެ ނަން ދީފައިވާ އެތް، ދިއްލީގެ ޒުލުގައި އެކަހެރިކޮށްގެން ގެންގުޅޭ އެތައް އަހަރެއް ވެއްޖެ އެވެ. ޕެޓިޝަނުގައި އެދުނީ އެފްރިކާގައި އެހެން އެތްތައް ވެސް ރައްކާތެރިކަމާ އެކު ދިރިއުޅެމުންދާ ޖަންގަލީގެ ހިސާބަކަށް ޝަންކަރް ބަދަލުކުރުމަށެވެ.

Advertisement

އޭގެ އިތުރުން ޒުލުގެ މީހުން އެ އެތަށް އަނިޔާކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ޒުލުގެ އޮފިޝަލުން ބޭނުމެއް ނުވެ އެވެ.

ޝަންކަރާ އެކު ޒުލުގައި އުޅުނު އެތް މަރުވީ 2005 ވަނަ އަހަރު. -- ފޮޓޯ: ނިކީތާ ދަވަން
ޝަންކަރާ އެކު ޒުލުގައި އުޅުނު އެތް މަރުވީ 2005 ވަނަ އަހަރު. -- ފޮޓޯ: ނިކީތާ ދަވަން

ޝަންކަރާ އެކު ޒުލުގައި އުޅުނު އެތް މަރުވީ 2005 ވަނަ އަހަރު. -- ފޮޓޯ: ނިކީތާ ދަވަން

އިންޑިއާގެ ޒޫތަކުގައިވާ އެތްތަކުގެ ތެރޭގައި ހިމެނެނީ އެފްރިކަން އެލިފަންޓް ބާވަތުގެ ދެ އެތެވެ. އޭގެ ތެރެއިން އެއް އެތަކީ ޝަންކަރެވެ. އަނެއް އެތަކީ ކަރްނާޓަކާ ސްޓޭޓްގެ މައިސުރޫ ޒުލުގައި ގެންގުޅޭ އެއްޗެކެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ޝަންކަރް އިންޑިއާއަށް ފޮނުވީ ބޮމްބެއި ނަމަކަށް ކިޔާ އެހެން އެތަކާ ވެސް އެކު އެވެ. ނަމަވެސް 2005 ވަނަ އަހަރު ކުއްލި ގޮތަކަށް ބޮމްބެއި މަރުވި އެވެ.

ދިއްލީ ޒުލުގައި ޝަންކަރްގެ އިތުރުން، އޭޝިއަން އެލިފަންޓް ބާވަތުގެ ދެ އެތް ވެސް އޮވެ އެވެ. ނަމަވެސް، ލަކްސްމީ އަދި ހިރާގެ ނަން ދީފައިވާ އެ ދެ އެތް އޮންނަނީ ޝަންކަރާ މުޅިން ވަކިންނެވެ.

އެ ތިން އެކުގައި ގެންގުޅެވޭތޯ ބެލި ނަމަވެސް، ޝަންކަރްގެ އުޅުން ތަފާތުވުމުން، އެކުގައި ގެންގުޅެވޭ ގޮތް ނުވާ ކަމަށް ޒުލުގެ ކުރީގެ ޑައިރެކްޓަރި ރަމޭޝް ޕާންޑޭ ވިދާޅުވެފައިވެ އެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި ޝަންކަރްގެ އުޅުނު ތަފާތުވެ، ބުނާ ގޮތް ނުހަދަނީ އޭތި ބަންދުކޮށްގެން ގެންގުޅޭ މާހައުލުގެ ސަބަބުންނެވެ.

ޒުލުގެ ޑިރެކްޓަރު ސޮނާލީ ގޯޝް އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވީ ޝަންކަރްގެ އެކަނިވެރިކަން ފިލުވައިލެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

ލަކްސްމީ އަދި ހިރާގެ ނަން ދީފައިވާ ދެ އެތް ޒުލުގައި އޮންނަނީ ޝަންކަރާ މުޅިން ވަކިން. -- ފޮޓޯ: ގެޓީ އިމޭޖަޒް
ލަކްސްމީ އަދި ހިރާގެ ނަން ދީފައިވާ ދެ އެތް ޒުލުގައި އޮންނަނީ ޝަންކަރާ މުޅިން ވަކިން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ލަކްސްމީ އަދި ހިރާގެ ނަން ދީފައިވާ ދެ އެތް ޒުލުގައި އޮންނަނީ ޝަންކަރާ މުޅިން ވަކިން. -- ފޮޓޯ: ގެޓީ އިމޭޖަޒް

އެގޮތުން އިތުރު އެތެއް ލިބޭތޯ ބަލަމުންދާ ކަމަށާއި އެހެން ނުވާ ނަމަ އަނބުރާ އެފްރިކާއަށް ގެންދަން އެދޭ ކަމަށް އެ ބައްރުގެ ބައެއް ގައުމުތަކަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި ކުދި ތަންތަނުގައި އެތް ބަންދުކޮށްގެން ގެންގުޅުމަކީ، އެއަށް ނަފްސާނީ އަސަރުކޮށް، އާދަޔާ ހިލާފު "ނިޔުރޯޓިކް" ގޮތްގޮތަށް އުޅެން މަގުފަހިވާ ސަބަބެކެވެ.

ޒޫތަކުގައި އެތް ޑިސްޕްލޭ ކުރުމާއި ހަ މަހަށް ވުރެ ގިނަ ދުވަހު އެތެއް އެކަހެރިކޮށް ގެންގުޅުން އިންޑިއާގައި މަނާކުރީ 2009 ވަނަ އަހަރު ސެންޓްރަލް ޒޫ އޮތޯރިޓީއިންނެވެ.

ނަމަވެސް ގަވާއިދުތައް ތަންފީޒުކުރަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އެކްޓިވިސްޓުން ބުނެ އެވެ. އެހެންކަމުން، ޝަންކަރް ދޫކޮށްލަން ކޯޓުން އަންގައިފި ނަމަ، އެއީ ހާލަތު ބަދަލުކުރަން ކުރިއަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށް އެ މީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox