"ހަމައެކަނި ޕީޕީއެމް ކުދިންނަށް ވަޒީފާދޭނެކަމަށް ޔާމީން ވިދާޅުނުވޭ، އޮޅުވާލީ މީޑިއާއިން"

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމްއަށް 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ސަރުކާރު ވަޒީފާތައް ދޭނީ ހަމައެކަނި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުނުވާކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ރަައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ މޫސާ ފަތުހީއަށް ތާއީދު ހޯދުމަށްޓަކައި، މާލޭގައި ދިރިއުޅޭ އެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާއެކު ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ 2023 ގައި އެމަނިކުފާނު ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ އެހެން ޕާޓީތަކުގެ މެމްބަރުންނަށް ސަރުކާރު ވަޒީފާތަކުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"2023 ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށް ވަންޏާ، ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، މި ތަންތަނަށް (ސަރުކާރު ވަޒީފާތަކަށް) އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުނަށް،" ޔާމިން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން އެ ރޭ ދެއްކެވި ވާހަކަ މީޑިއާތަކުން ގެނެސްދީފައިވަނީ މަފްހޫމް އޮޅޭގޮތަށް ކަމަށާއި، ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށް ވަޒީފާ ދޭނެކަމަށް ވިދާޅުނުވާ ކަމަށެވެ.

"އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމް މެމްބަރުން ބާކީނުވާނެކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ވިދާޅުވެފައިނުވާއިރު، އެ ހުރިހާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމުން އިތުރަށް ބުނީ ޔާމީނަކީ ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދައި، ވަކި ޕާޓީއަކަށް ބެލުމެއްނެތި ވަޒީފާ ދެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ބޯހިޔަވަހިކަން ކަށަވަރުކޮށް ދިނުމާއި ތަރައްގީ ގެނެސްދިނުމުގައި ވެސް ޔާމީން އެތަކެއް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ޔާމީން ދެއްކެވި ވާހަކައިގެ މަފްހޫމް އޮޅޭގޮތަށް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ޕީޕީއެމްއިން ވަނީ ވަޒީފާ ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox