އޭސީސީގައި މެމްބަރަކު ނެތި ހޭދަތި އެއް މަސް ދުވަހުގެ ތެރޭގައި 60 މައްސަލަ ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމާއެކު މިހާރު އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި -- ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމާއެކު މިހާރު އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި -- ފޮޓޯ: އަދަދު

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން އުފައްދާފައި އޮތް ކޮމިޝަނުގައި އެއްވެސް މެމްބަރަކު ނެތި ހޭދަވި ފާއިތުވި 33 ދުވަހުގެ ތެރޭގައި 60 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ. ނަމަވެސް މެމްބަރަކު ނެތުމުން އެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރުމުން އެއިރު ކޮމިޝަނުގައި ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، 2021 ގަ އެވެ. އޭގެ ފަހުން އެ ކޮމިޝަނަށް ކޮރަޕްޝަންގެ 60 މައްސަލައެއް އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް މެމްބަރުން ނެތުމުން މައްސަލަ ބަލަން ފެށުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޮތީ ހުއްޓިފަ އެވެ.

"އިންޓާނަލީ ކޭސްތަކުގެ ދިރާސާތައް ކުރިއަށް ދާނެ. މެމްބަރުން އިސްތިއުފާ ދިން އިރު ވެސް ބަލަން ކަނޑައަޅާފައި ހުރި މައްސަލަތައް ހުންނާނެ. އެ މައްސަލަތަކާ ގުޅޭ ޑޮކިއުމެންޓްތަކާއި ފައިލްތައް ދިރާސާކުރާނެ،" އޭސީސީގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ފަސް މެމްބަރުން ތިއްބަވަނިކޮށް އޭގެ ތެރެއިން އެންމެ ފުރަތަމަ މިދިޔަ ޑިސެމްބަރު 2، ގައި އޭސީސީން އިސްތުއުފާ ދެއްވީ މެމްބަރު އަލީ އަޝްރަފް އެވެ. އޭގެ ފަހުން ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.

އޭސީސީން މި ނޫހާ ވާހަކަ ދެއްކި އޮފިޝަލު ބުނީ އާ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު ނެތުމުގެ އިތުރުން ކޮމިޝަނުގައި މެމްބަރުން ނެތުމުން އެ މެމްބަރުން ތިބި އިރު ބެލުމަށް ނިންމާފައި ހުރި މައްސަލަތަކާ ގުޅިގެން އިތުރު ނިންމުމެއް ނުވަތަ ފިޔަވަޅެއް ވެސް އެޅުމުގެ ބޭރު ނެތް ކަމަށެވެ.

"ތަހުގީގު ކުރަން ނިންމާފައިވާ ކަންތައްތަކާއި ގުޅޭ ގޮތުން އިތުރު އެއްވެސް ނިންމުމެއް ނުނިންމޭނެ. އަލަށް ހުށަހެޅި ޝަކުވާތައް ވެސް ދިރާސާ ކުރާނެ އިންޓާނަލީ،" އޭނާ ބުންޏެވެ.

އޭސީސީގައި މެމްބަރުން ނެތުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކޮށްފައިވެ އެވެ. އެގޮތުން އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ދައުލަތަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް މި ދުވަސްވަރު ނުބެލޭނެ ގޮތަކަށް އޮތުމުން އިދިކޮޅު ސިޔާސީ ޕާޓީން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.

"ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ނަމަވެސް މިކަން ހައްލުކުރެވޭނެ. މި ހާލަތުގައި ކޮންމެހެން ވެސް ފަންކްޝަން ކުރަން ޖެހޭ މުއައްސަސާއެއް. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބޭއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. މި ކަމުގައި ސަރުކާރު އެކައުންޓަބަލް ކުރުވާނަން،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ވާހަކަ ދެއްކި ބައެއް މަދަނީ ޖަމިއްޔާތަކުން ގޮވާލާފައި ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކޮރަޕްޝަން ބަލާ ކޮމިޝަނު ބޭއްވުމުގެ ބަދަލުގައި ވަގުތީ ހައްލެއް ނަމަވެސް މައްސަލައަށް ގެނައުމަށެވެ.

"ކޮމިޝަނަށް ވަގުތީ މެމްބަރުން އައްޔަންކޮށްގެން ނަމަވެސް މެމްބަރުން އައްޔަންކުރާ އިޖްރާތު އިސްލާހުކޮށްގެން ނަމަވެސް އެ މުއައްސަސާގެ ވާޖިބުތައް މެދުކެނޑުމެއް ނެތި އަދާކުރެވެން ޖެހޭނެ. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ދިވެހި ދައުލަތެއް އޮވެ، ސަރުކާރެއް އޮވެ، ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް،" އެސޯސިއޭޝަން ފޯ ޑިމޮކްރެސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަމަ އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ގޮވާލީ ވީ އެންމެ އަވަހަކަށް އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށެވެ.

"އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުން މެދުކެނޑުނަ ނުދިނުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުން މަޑުޖެހުނަ ނުދިނުމަށްޓަކައި، އޭސީސީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތް ވަގުތު ނަގާނުލައި އަވަހަށް ކުރިޔަށް ގެންދިޔުން،" އެ ޖަމިއްޔާއިން އޭސީސީ މައްސަލައިގައި ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ވާ ގޮތުން އެ ކޮމިޝަންގެ މެމްބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަކަށް އަލުން މީހަކު އައްޔަނުކުރަން ޖެހެ އެވެ. އޭސީސީން ފުރަތަމަ އިސްތިއުފާ ދެއްވި މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވިތާ މިއަދަށް 60 ދުވަސް ދުވަސް ހަމަވީ އެވެ. އެހެންކަމުން ބަދަލުގައި މެމްބަރަކު އައްޔަން ކުރުމަށް ދީފައި އޮތް މުއްދަތު މިހާރު ހަމަވީ އެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ ތިން ފަހަރެއްގެ މަތިން ހުޅުވާލައިފަ އެވެ. އެކަމަށް އެންމެ ފުރަތަމަ ހުޅުވާލީ ޑިސެމްބަރު 5، ގައި ފުރަތަމަ މެމްބަރަކު އިސްތިއުފާއަށްފަހު އެވެ. އެއަށްފަހު އިތުރު މެމްބަރަކު އިސްތިއުފާ ދެއްވުމުން ޑިސެމްބަރު 20 ގައި އަލުން އެ ފުރުސަތު ހުޅުވާލި އެވެ. އަދި ބާކީ ތިއްބެވި މެމްބަރުން އޭގެ ފަހުން އިސްތިއުފާ ދެއްވުމުން އެ މަގާމުތަކަށް ކުރިމަތިލުމަށް ޖެނުއަރީ 5، ގައި ހުޅުވާލި އެވެ. އެންމެ ފަހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ރައީސް އޮފީހުން އޮތީ މިއަދުގެ 12:30 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އޭސީސީގެ މެމްބަރަކަށްވުމަށް އެންމެ ފުރަތަމަ ހުޅުވާލި ދެ ފުރުސަތުގައި ކުރިމަތިލި މީހުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި ފަހުން ކުރި އިއުލާނުގެ މުއްދަތު އިތުރު ކުރި ސަބަބެއް ވެސް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ރައީސް އޮފީހުން ޖަވާބެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox