އެވަޓަންގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސަނީ

Jan 29, 2022, 6:42 AM
އެވަޓަންގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސަނީ

ލަންޑަން (ޖެނުއަރީ 29) - އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ގެންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެވަޓަންގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ ކުރިން ހުރި ކޯޗު ރަފައެލް ބެނިޓޭޒް މި 18 ވަނަ ދުވަހު މަގާމުން ވަކިކުރުމުންނެވެ. ކުރިން ޗެލްސީ އާއި ލިވަޕޫލް އަދި ނިއުކާސަލް ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ބެނިޓޭޒް، އެވަޓަންގެ ކޯޗު ކަމުން ވަކިކުރީ އެ ޓީމާ ހަވާލުވިތާ 200 ދުވަސް ފަހުންނެވެ.

ބެނިޓޭޒް ވަކިކުރުމަށް ފަހު އެވަޓަން ލީގުގައި ކުޅުނު މެޗުގައި އެޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޑަންކަން ފާގަސަން އެވެ. ފާގަސަން މީގެ ކުރިން ވެސް ވަނީ އެވަޓަންގެ ކޯޗެއްގެ ޒިންމާ ވަގުތީ ގޮތުން ނަގައިފަ އެވެ.

Advertisement

އެވަޓަންގެ އާ ކޯޗަކު ހޮވުމަށް ފަސް ކޯޗަކު ޝޯޓްލިސްޓު ކުރި އެވެ. އެއީ ޗެލްސީގެ ކުރީގެ ކޯޗު ލަމްޕާޑް، ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ، ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި ތުރުކީގެ ފެނަބާޗޭއަށް ކޯޗުކޮށްދިން ވިކްޓާ ޕެރޭރާ އެވެ.މި ކޯޗުންގެ ތެރެއިން ހަތަރު ކޯޗަކާއި އިންޓަވިއު ކުރަން ނިންމި އެވެ. އިންޓަވިއު އަށް ހާޒިރުވެފައިވަނީ ލަމްޕާޑް، ޑަންކަން، އަދި ޕެރޭރާ އެވެ.

އެވަޓަންގެ ކުރީގެ ތަރި ރޫނީއާ ވެސް އެ ކްލަބުން އިންޓަވިއު ކުރަން ނިންމިއިރު، އޭނާ ނިންމީ އެ ފުރުސަތު ދޫކޮށްލާށެވެ. އެއީ މި ވަގުތު އޭނާ ހަވާލުވެ ހުރި ޑާބީ ކައުންޓީ އަށް ވަގުތު ދޭށެވެ.

ބާކީ ތިން ކޯޗުންގެ ތެރެއިން އެވަޓަންގެ ބޯޑުން އެންމެ ބޭނުންވާ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވުނީ ވިކްޓާ ޕެރޭރާ އެވެ. އެހެން ނަމަވެސް އެވަޓަންގެ ސަޕޯޓަރުން ވިކްޓާ ޕެރޭރާ ގެންނަން ދެކޮޅު ހަދައި، އެ ޓީމުގެ ކޯޗަކަށް ލަމްޕާޑް ގެންނަން ބޭނުންވާކަމަށް ބުނެ ކުލަބުގެ ސްޓޭޑިއަމް، ގުޑިސަން ޕާކުގެ ބޭރުގައި އަޑުއުފުލަން ފެށި އެވެ. އިއްޔެ ކުރިއަށް ދިޔަ ދެ ވަނަ އިންޓަވިއުއަށް ފަހު ބޯޑުން މިހާރު ވަނީ ލަމްޕާޑަށް ކޯޗުކަން ދޭން ނިންމާފަ އެވެ.

ލަމްޕާޑް ކޯޗިންގެ ކެރިއަރު ފެށީ މިހާރު ރޫނީ ހަވާލުވެ ހުރި ޑާބީންނެވެ. ފަަހުން ޗެލްސީއާ ހަވާލުވެ، ލަމްޕާޑް ފަށައިގަތީ ރަނގަޅަށެވެ. ޓްރާންސްފާއެއް ނުކޮށް ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ހޯދައިދިނެވެ. އެކަމަކު ދެ ވަނަ ސީޒަނުގައި ބޮޑު ހަރަދުކޮށް، ރަނގަޅަށް ކުރިއަށް ދެވޭގޮތް ނުވެ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލަމްޕާޑް ވަނީ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފަ އެވެ.

ޗެލްސީގެ ވަޒީފާ ލަމްޕާޑަށް ގެއްލުނުތާ މިވީ އަހަރެއްހާ ދުވަހު އޭނާ އަށް ތިން ކްލަބެއްގެ ހުށަހެޅުން ލިބުނު ނަމަވެސް ރަނގަޅު ޕްރޮޖެކްޓެއް ލިބެންދެން އޭނާ މަޑުކުރީ އެވެ.

އެވަޓަން އަށް އެންމެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ކޯޗުކޮށްދިން ފަސް ކޯޗުންނަށް ވެސް ދެ އަހަރު ވެސް ހިފަހައްޓައިނުލެވުނެވެ. ރޮނާލްޑް ކޫމަން އަށް އެވަޓަންގައި ހުރެވުނީ އެއް އަހަރާއި 131 ދުވަހު އެވެ. ސޭމް އަލަޑައިސް އަށް އެވަޓަންގެ ކޯޗަކަށް ހުރެވުނީ 167 ދުވަހެވެ. މާކޯ ސިލްވާ އެއް އަހަރާއި 188 ދުވަސް ވަންދެން ހުރިއިރު، ކާލޯ އަންޗެލޮޓީ ވަނީ އެއް އަހަރާއި 162 ވަންދެން އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. އަދި ބެނިޓޭޒަށް ވަޒީފާ މި ގެއްލުނީ 200 ދުވަސް ތެރޭގަ އެވެ.

އެވަޓަންއަށް ލަމްޕާޑް އިރުޝާދު ދޭނެ ފުރަތަމަ މެޗަކީ ފިނި މޫސުމުގެ ބްރޭކަށް ފަހު އަލުން އިނގިރޭސި ފުޓްބޯޅަ ފަށާއިރު، އެފްއޭ ކަޕްގައި އެވަޓަން އިން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox