ތުރުކީގެ ފޮރިން މިނިސްޓަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފި

ތުރުކީގެ ފޮރިން މިނިސްޓާ އާއި ރާއްޖޭގެ ފޮރިން މިނިސްޓާ: ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ފޮރިން މިނިސްޓާ ރާއްޖެ ވަޑައިގެންފި ފޮޓޯ: ފޮރިން މިނިސްޓްރީ

ތުރުކީގެ ފޮރިން މިނިސްޓާ އާއި ރާއްޖޭގެ ފޮރިން މިނިސްޓާ: ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ފޮރިން މިނިސްޓާ ރާއްޖެ ވަޑައިގެންފި ފޮޓޯ: ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު، މެވްލުތު ޗަވްޝޯލު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓާ ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓާ، އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.

މެވްލުތު ޗަވްޝޯލު ރާއްޖެ ވަޑައިގަތުމާއެކު މިނިސްޓާ ޝާހިދު އާއި ފޮރިން މިނިސްޓްރީގެ އިސް އޮފޮޝަލުންގެ ވަފުދަކުން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި ތަފާތު ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މާދަމާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުއާ ބައްދަލު ކުރައްވަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުއާ ވެސް ތުރުކީގެ ފޮރިން މިނިސްޓަރު މި ރަސްމީ ދަތުރުފުޅުގައި ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ.

ޗަވްޝޯލުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

މެވްލުތު ޗަވްޝޯލް ތުރުކީގެ ފޮރިން މިނިސްޓަރުގެ މަގާމުގެ ދެވަނަ ދައުރަކަށް އައްޔަނު ކުރެވިފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox