ދިއްލީގައި އަންހެނަކު ރޭޕްކޮށް ގަން ހިންގުވި 11 މީހުން ހައްޔަރުކޮށްފި

ޓްވިޓާގައި ދައުރުވަމުންދާ ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ޓްވިޓާގައި ދައުރުވަމުންދާ ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 28) - އިންޑިއާގެ ނިއު ދިއްލީގައި ޒުވާން މަންމައަކު ރަހީނުކޮށް، ގޭންގަކުން ރޭޕް ކުރުމަށް ފަހު، މަގުމަތީގައި ގަން ހިންގުވި މައްސަލައެއްގައި ތުހުމަތު ކުރެވޭ 11 މީހުން ހައްޔަރުކޮށްފި އެވެ.

ދިއްލީ ކޮމިޝަން ފޯ ވިމެން އަދި ދިއްލީގެ ޗީފް މިނިސްޓަރު ވަނީ އެ އަމަލު ކުށްވެރިކޮށް، އެއީ "ލަދުވެތި" ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އަންހެނެއްގެ އިސްތަށިގަނޑު ކުރުކޮށް ކޮށައި، މޫނުގައި ކަޅު ދެލި އުނގުޅައިގެން ގަން ހިންގުވާ މަންޒަރެވެ. އޭނާ ގަން ހިންގުވުމުގައި ގިނަ އަންހެނުން ބައިވެރިވި އިރު، ވަށައިގެން މަންޒަރު ބަލަން ތިބި މީހުން ދިޔައީ ހިތްވަރުދީ، އެ މަންޒަރު ފޯނުން ރިކޯޑް ކުރަމުންނެވެ.

އިރުމަތީ ދިއްލީގައި އޮންނަ ޝާހްދަރާ ޑިސްޓްރިކްޓްގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އާރް ސަތިޔަސުންދަރަމް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާއަކީ އަވައްޓެރިންގެ މެދުގައި "ކުރިން އުފެދުނު އަދާވާތްތެރިކަމެއްގެ" ނަތީޖާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި އުމުރުން 21 އަންހެން މީހާއަށް ހަމަލާދިން މީހުންގެ އާއިލާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ދާދި ފަހުން ރޭލެއްގެ ކުރި މައްޗަށް ފުންމާލައި، އަމިއްލައަށް މަރުވެފަ އެވެ. އޭނާ މަރުވީ ކައިވެންޏެއް ކޮށްގެން އުޅޭ އަންހެން މީހާއަށް ލޯބި ހުށަހެޅުމުން، އަންހެން މީހާ އެކަން ބަލައިނުގަތުމުން ކަމަށްވެ އެވެ.

"ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ. އެ ކުދިންނާ ދެކޮޅަށް ބޮޑެތި މީހުންނާ އެއް ފަދަ ޝަރީއަތެއް ނުހިންގޭނެ. އެ އެންމެންނަކީ ވެސް އެއް އާއިލާއެއްގެ މީހުން. ވީޑިއޯއިން ސާފުކޮށް ފެންނަ ގޮތުގައި ގަން ހިންގުވުމުގައި އެންމެ އިސްކޮށް އުޅުނީ އަންހެނުން،" ސަތިޔަސުންދަރަމް އޭއެފްޕީއަށް ވިދާޅުވި އެވެ.

އަންހެން މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އެ އާއިލާއިން އޭނާ ރަހީނުކުރުމަށް ފަހު، ގިނަ ފިރިހެނުންނަތަކާއި ފިރިހެން ކުދިންތަކެއް ވަނީ އޭނާ ރޭޕްކޮށްފަ އެވެ. އޭގެ ފަހުން އަންހެނުންތައް އޭނާގެ ގަޔަށް ބިސް ޖަހައި، އަނިޔާކޮށް، މަގުމަތީގައި ގަން ހިންގުވީ އެވެ.

"މިކަމުގައި ބައިވެރިވާ އެހެން މީހުން ދެނެގަންނަން ވީޑިއޯ އެނެލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. އިތުރު ބަޔަކު ހައްޔަރު ކުރާނަން،" ދިއްލީ ފުލުހުންގެ އެޑިޝަނަލް ކޮމިޝަނަރު ޗިންމޭ ބިސްވާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

ދެ އަހަރުގެ ކުޑަ ކުއްޖަކު ހުންނަ އަންހެން މީހާއަށް މިހާރު ދަނީ ކައުންސެލިން ފޯރުކޮށްދެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް ހަމަލާދިނީ ފުލުހުންގެ ބޫތަކާ 50 މީޓަރު ކައިރީގަ އެވެ. ނަމަވެސް އެ ވަގުތު އެ ބޫތުގައި ފުލުހަކު ނެތެވެ.

އިންޑިއާގައި ރޭޕްގެ ގާނޫނުތަކަށް ބޮޑެތި ބަދަލު ގެނެސް، އަދަބުތައް ހަރުކަށު ކުރީ 2012 ވަނަ އަހަރު ނިއު ދިއްލީގައި ގޭންގަކުން އަންހެނަކު ރޭޕްކުރި މައްސަލައަށް ފަހު އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ މައްސަލަތައް މަދެއް ނުވެ އެވެ. ވިހި ވިހި ވަނަ އަހަރު އެކަނިވެސް 28،000 އަށް ވުރެ ގިނަ ރޭޕް ރިޕޯޓުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox