ބްރެޒިލް އެއްވަރު، އެލިސަން އަށް ދެއްކި ދެ ރަތް ކާޑު ވީއޭއާރުން ކުރީ ކެންސަލް!

Jan 28, 2022, 4:39 AM
އެލިސަން ފައިން އެކުއެޑޯގެ ވެލެންސިއާ ބޮލުގައި ޖެހުނު ނަމަވެސް ވީއޭއާރް އިން ނިންމީ ރަތް ކާޑެއް ނޫން ކަމަށް.

އެލިސަން ފައިން އެކުއެޑޯގެ ވެލެންސިއާ ބޮލުގައި ޖެހުނު ނަމަވެސް ވީއޭއާރް އިން ނިންމީ ރަތް ކާޑެއް ނޫން ކަމަށް.

ކުއީޓޯ، އެކުއެޑޯ (ޖެނުއަރީ 28) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އެކުއެޑޯ 1-1 އިން އެއްވަރުވި މެޗުގައި، ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ދެއްްކި ދެ ރަތް ކާޑު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކެންސަލްކޮށްފި އެވެ.

އެކުއެޑޯގެ އެސްޓަޑިއޯ ޑެލްގާޑޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ވަނީ ގޯލު ރޮނގުކައިިރިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ބްރެޒިލަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް މަޓެއުސް ކޫންޏާ އަށް ކުރި ނުރައްކާތެރި ފައުލަކަށް އެކުއެޑޯ ކީޕަރު އަލެކްސަންޑާ ޑޮމިންގޭޒަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. ބޯޅައިގައި ޖަހާން ޑޮމިންގޭޒް ހޫރާލި ފައިން ޖެހުނީ ކޫންޏާ ކަރުގަ އެވެ. އޭގެ ފަސް މިނިޓް ފަހުން ބްރެޒިލްގެ ފުލްބެކް އެމަސަން ރޯޔާލަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކީޕަރު އެލިސަން އަށް ފުރަތަމަ ފަހަރަށް ރަތް ކާޑު ދެއްކީ މެޗުގެ 29 ވަނަ މިނިޓްގަ އެވެ. ޑިފެންޑަރުންގެ ފަހަތަށް އައި ބޯޅައެއްގައި އެލިސަން ފައިން ޖެހިއިރު، އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާ ބޮލުގައި ފައިން ޖެހުނެވެ. މެޗުގެ ރެފްރީ ކޮލަމްބިއާގެ ވިލްމާ ރޮލްޑާން ދެއްކީ އެލިސަން އަށް ރަތް ކާޑެކެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި އެލިސަންގެ ރަތް ކާޑު ކެންސަލްކޮށް، ރީނދޫ ކާޑަކަށް ބަދަލުކުރި އެެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ރަފީނިއާ އޭރިއާތެރެއިން އެކުއެޑޯގެ މިކޭލް އެސްޓްރާޑާ އަށް ކުރި ފައުލަކަށް ފުރަތަމަ ޕެނަލްޓީއެއް ދެއްކި ނަމަވެސް ވީއޭއާރް އިން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އެކުއެޑޯ އިން އެއްވަރުކުރީ 75 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ފެލިކްސް ޓޮރޭޒް ޖެހި ގޯލުންނެވެ.

އެލިސަން ބޯޅަ ޕަންޗް ކޮށްލި ފަހުން އެކުއެޑޯގެ ގަލިންޑޭޒް ބޮލުގައި އަތުން ޖެހުނު: އެކަމަކު ރެފްރީ ނިންމީ ދެ ވަނަ ރީނދޫ ކާޑެއް ދައްކަން ނުޖެހޭ ކަމަށް.

ކީޕަރު އެލިސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކީ މެޗުގެ ފަހު ކޮޅުގަ އެވެ. އެއީ އޭރިއާތެރެއަށް ބޯޅައެއް ޕަންޗުކޮށް ބޭރުކޮށްލި ވަގުުތުގައި އެކުއެޑޯގެ ހެނާން ގަލިންޑޭޒް ބޮލުގައި އަތްޖެހުނު ކަމަށް ބަލައިފަ އެވެ. އެކަމަކު، ރެފްރީ ރޮލްޑާން، ވީއޭއާރް ބަލާފައި ނިންމީ އެލިސަން އަށް ރީނދޫ ކާޑެއް ދައްކަން ނުޖެހޭ ކަމަށާއި އެހެންކަމުން ރަތް ކާޑު ވެސް ކެންސަލްވީ ކަމަށެެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި ރޭ އާޖެންޓީނާ ކުޅުނު މެޗުން ވަނީ 2-1 އިން ޗިލީ ބަލިކޮށްފަ އެވެ. ލިއޮނަލް މެސީ ނެތުމުން ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އެންހެލް ޑި މާރިއާގެ ގޯލުން އާޖެންޓީނާ ލީޑުނެގިއިރު، ބެން ބެރަޓަން ވަނީ ޗިލީ އަށް އެއްވަރުކޮށްދީފަ އެެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ކޮވިޑަށް ޕޮޒިޓިވްވުމުން ޓީމާ އެކު ނުދެވުނެވެ. އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ.

ކޮލިފައިންގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލުން އުރުގުއޭ ވަނީ 1-0 އިން ޕެރަގުއޭ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މަތިން ނިންމާ ހަތަރު ޓީމަކަށް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނެ އެވެ. މި ވަގުތު އެއް ވަނައިގައި އޮތް ބްރެޒިލާއި ދެ ވަނައިގައި އޮތް އާޖެންޓީނާ ވަނީ ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފަ އެވެ.

ބްރެޒިލް އެއް ވަނައިގައި އޮތީ 14 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް 14 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. އެކުއެޑޯ ތިން ވަަނައިގައި އޮތީ 15 މެޗުން 24 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު އުރުގުއޭ ހަތަރަކަށް ޖެހިލީ 15 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ކޮލަމްބިއާ އާއި ހަ ވަނައިގައި އޮތް ޕެރޫ އަށް ވަނީ 14 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox