69 އަހަރަށް ފަހު ޓާޓާއަށް އެއާ އިންޑިއާ ވިއްކާލައިފި

އެއާ އިންޑިއާގެ ފްލައިޓެއް. -- ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

އެއާ އިންޑިއާގެ ފްލައިޓެއް. -- ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

މުމްބާއީ، އިންޑިއާ (ޖެނުއަރީ 27) - އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އުފެއްދި ޓާޓާ ކުންފުންޏަށް، 69 އަހަރު ފަހުން އަލުން ވިއްކާލައިފި އެވެ.

ޓާޓާއަކީ ސައިފަތުން ފެށިގެން ގޮސް ސޮފްޓްވެއާގެ ވިޔަފާރީގައި ބޮޑު އާއިލީ ކުންފުންޏެކެވެ. އެ ކުންފުންޏަށް އެއާ އިންޑިއާ ވިއްކާލީ 2.4 ބިލިއަން ޑޮލަރު (180 ބިލިއަން ރުޕީޒް) އަށެވެ.

އެއާ އިންޑިއާ ބަނގުރޫޓުވިޔަ ނުދިނުމަށް 2009 ވަނަ އަހަރުން ފެށިގެން އިންޑިއާ ސަރުކާރުން 15 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. ނަމަވެސް އެކަން ހާސިލްނުވެ، އެންމެ ފަހުން ވިއްކާލަން ޖެހުނީ އެވެ. އެއާލައިން ގަންނާނެ ކުންފުންޏެއް ހަމަޖެހުނީ ވެސް ގިނަ ދުވަސްތަކެއްގެ މަސައްކަތުންނެވެ.

"މި މަސައްކަތް ނިމި، އަލުން އެއާ އިންޑިއާ ލިބުމާ އެކު އަޅުގަނޑުމެން މި ތިބީ ވަރަށް އުފާވެފައި،" ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ޓާޓާ ސަންސްގެ ޗެއާމަން އެން. ޗަންދްރަސޭކަރަން ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ދުނިޔޭގެ ފެންވަރު އެއާލައިނެއް ބިނާކުރަން ހުރިހާ އެންމެންނާ އެކު ގުޅިގެން މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް."

އެއާ އިންޑިއާ އުފެދުނީ 1932 ވަނަ އަހަރު އެވެ. އެއާލައިންގެ އެންމެ ފުރަތަމަ ފްލައިޓް ދަތުރުގައި ޕައިލެޓްކަން ކުރެއްވީ ޓާޓާގެ އޭރުގެ ޗެއާމަން ޖޭއާރްޑީ ޓާޓާ އެވެ.

މުއްސަނދިންނަށް އަމާޒުކޮށްގެން މާކެޓް ކުރަން ފެށި އެއާލައިންގެ އިޝްތިހާރްތަކުގައި ބޮލީވުޑްގެ ތަރިން ފެނުނެވެ. އަދި އެއާލައިންގެ ހާއްސަ އަޅިކެނޑި ޑިޒައިން ކުރަން ހަވާލުކުރީ ސްޕެއިންގެ މަގްބޫލް އާޓިސްޓް ސެލްވޭޑޯ ޑާލީއާ އެވެ.

އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުމަށް ފަހު އިންޑިއާ ސަރުކާރުން އެއާ އިންޑިއާގެ މެޖޯރިޓީ ހިއްސާ ގަތީ 1953 ވަނަ އަހަރު އެވެ. ނަމަވެސް 20 ވަނަ ގަރުނު ނިމެން ގާތްވި އިރު، އެއާ އިންޑިއާއަށް އޮތީ ގަލްފްގެ ބޮޑެތި އެއާލައިންތަކާއި ބަޖެޓް އެއާލައިންތަކާ ވާދަކުރަން ޖެހި، އެކަން ކާމިޔާބު ނުވެފަ އެވެ.

އިންޑިއާގައި ސަރުކާރު ބަދަލުވި ކޮންމެ ފަހަރަކު ވެސް އެއާލައިން ޕްރައިވެޓައިޒް ކުރެވޭތޯ ބެލި އެވެ. ނަމަވެސް ސަރުކާރުން ހިއްސާ ދަމަހައްޓަން ބޭނުންވުމާއި، އެއާލައިންގެ ދަރަނިތަކާ ހެދި ކުންފުނިތަކުން އެކަމަށް ޝައުގެއް ނުވި އެވެ. އިންޑިއާ ސަރުކާރުން މިހާރު ވަނީ އެއާލައިންގެ ހިއްސާ ދޫކޮށްލާފަ އެވެ.

އެއާ އިންޑިއާގެ 615 ބިލިއަން ރުޕީޒްގެ ދަރަނީގެ އެއް ބައި ދައްކާނީ ޓާޓާ އިންނެވެ. ބާކީ ބައި ބަދަލު ކުރާނީ ސްޕެޝަލް ޕާޕަސް ވެހިކަލް ނުވަތަ އެކަމަށް ވަކިން އުފައްދާ ކުންފުންޏެއްގެ ދަށަށެވެ.

ބަދަލުގައި ޓާޓާއަށް ލިބޭނީ އެއާލައިންގެ 120 ވައިގެ އުޅަނދާއި، އިންޑިއާގައި 6،200 އެއާޕޯޓް ގޭޓް ސްލޮޓާއި، އެކި ގައުމުތަކުން 900 އެއާޕޯޓް ގޭޓް ސްލޮޓެވެ. އިންޑިއާއިން ކުރާ އިންޓަނޭޝަނަލް ދަތުރުތަކުގެ ގާތްގަނޑަކަށް 50 ޕަސެންޓް ކުރަނީ އެއާ އިންޑިއާ އިންނެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި ޓާޓާއިން އެއާލައިން ގަތުމުން ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ އެވެ.

ޓާޓާ ގްރޫޕަކީ އިންޑިއާއެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ. ދަގަނޑު އުފެއްދުމާއި، އެއްގަމު އުޅަނދު އުފެއްދުމާއި ޓެކްނޮލޮޖީގެ އިތުރުން ވެސް ގިނަ ސިނާއަތްތަކެއްގައި އިންވެސްޓްކޮށްފައިވާ އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 800،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

އެއާ އިންޑިއާއާ ވާދަވެރި ވިސްޓާރާ އެއާލައިންގެ 51 ޕަސެންޓް ހިއްސާ މިހާރު ވެސް އޮންނަނީ ޓާޓާ އަށެވެ. އޭގެ އިތުރުން އެއާއޭޝިއާގެ އިންޑިއާ އޮޕަރޭޝަންތަކުގެ މެޖޯރިޓީ ހިއްސާ ވެސް އޮންނަނީ ޓާޓާ އަށެވެ.

އިންޑިއާ ސަރުކާރުން ރާވާފައި ވަނީ ސަރުކާރުގެ މުދަލުގެ ގޮތުގައިވާ އިތުރު ބައެއް ތަންތަން ވެސް ވިއްކުމަށެވެ. އޭގެ ތެރޭގައި ތެލާއި ގޭސް އުފައްދާ ކުންފުނި ބާރަތް ޕެޓްރޯލިއަމް އާއި އިންޝުއަރެންސް އެޖެންސީ އެލްއައިސީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox