ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުން ޔާމިންގެ މައްސަލަ ލައިވް ނުކުރަން ނިންމައިފި

ސުޕްރިމް ކޯޓުގައި އެންމެ ފަހުން ކުރިއަށް ދިޔަ ޔާމީންގެ މައްސަލަ ޓީވީއިން ބަލަން އެމަނިކުފާނުގެ ސަޕޯޓަރުން ހަރުގޭގައި: ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުން އާރަށު މައްސަލަ މިވަގުތު ކުރިއަށް ގެންދަނީ ލައިވް ނުކޮށް ހުޅުވާލައިގެން -- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ސުޕްރިމް ކޯޓުގައި އެންމެ ފަހުން ކުރިއަށް ދިޔަ ޔާމީންގެ މައްސަލަ ޓީވީއިން ބަލަން އެމަނިކުފާނުގެ ސަޕޯޓަރުން ހަރުގޭގައި: ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުން އާރަށު މައްސަލަ މިވަގުތު ކުރިއަށް ގެންދަނީ ލައިވް ނުކޮށް ހުޅުވާލައިގެން -- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުން މިވަގުތަށް ލައިވް ނުކުރަން ނިންމައިފި އެވެ.

ޔާމީންގެ ޝަރީއަތް ވަގުތުން ޓީވީން ދުރަށް ދެއްކުމަށް ދިފާއުން އެދިފައިވާއިރު، އެކަމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރެ އެވެ. ނަމަވެސް ޝަރީއަތް ޓީވީން ދެއްލުމަށް ޔާމީންއާއެކު އެ މައްސަލައިގައި ދައުވާ ލިބޭ ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމް އިންކާރު ކުރެ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ކުރެވޭނެ އިންތިޒާމް މިވަގުތު އެ ކޯޓުގައި ހަމަޖެހިފައި ނެތް ކަމަށެވެ.

ޝަރީއަތް ބްރޯޑްކާސްޓު ކުރުމަށް ބޭނުންވާ ވަސީލަތްތައް ކޯޓުގައި ނެތްކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ އެ ވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށެވެ. އަދި އިދާރީ ބައެއް ދަތިތަކުގެ ސަބަބުން މިވަގުތު ޔާމީންގެ ޝަރީއަތް ވަގުތުން ޓީވީން ދުރަށް ދެއްކުމަށް ހުރަސްތަކެއް ހުރި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީގެ ނިންމެވުމާއެކު ޔާމީންގެ ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގެންނެވީ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމުން، އާންމު ހާލަތަކަށް ރުޖޫއަވަންދެން ޝަރީއަތުގެ އަޑުއެހުންތައް ފަސް ކުރުމަށެވެ. އޭނާ އެގޮތަށް އެދުނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކޮވިޑަށް ފަހު ބާއްވާން ލަސްކޮށްފައިވާކަން ފާހަގަ ކުރައްވަމުންނެވެ.

"އަޅުގަނޑުމެންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަކީލުން ކޮވިޑްގެ ހާލަތު ހުރިގޮތުން އާލާސްކަންފުޅުގައި އުޅުއްވާތީ މަޝްވަރާ ކުރުމަށް ވެސް މިދިޔަ ދުވަސްތަކުގައި ދިމާ ނުވެ ދިޔައީ. މިއަދުގެ އަޑުއެހުމަށާއި އެންމެ ފަހުން ބޭއްވުނު އަޑުއެހުމަށް ވެސް އެބޭފުޅުންނަށް ހާޒިރުވަޑައިގެންނެވޭ ގޮތް ނުވި،" މިއަދުގެ އަޑުއެހުމުގައި ޖަމީލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ދައުލަތުގެ ވަކީލާ މަރިޔަމް ޝާމާ ނަސީރު ވިދާޅުވީ މައްސަލަ ދިރާސާ ކުރަން އެކަށީީގެންވާ މުއްދަތެއް ދިފާއުއަށް ޝަރީއަތުން މިހާރު ވެސް ދީފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބައެއް ވަކީލުން ވެސް ޗުއްޓީގަ އާއި، ބަލިވެ އުޅޭ ކަމަށް ވެސް ޝާމާ ވިދާޅުވި އެވެ. ނަމަވެސް އެއީ މައްސަލަ ލަސް ކުރުމަށް އޮތް އުޒުރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކައަށް ބާރު ދެއްވަމުން ގާޒީ ޝަކީލު ވެސް ވިދާޅުވީ މިއަދުގެ އަޑުއެހުން ދެ ހަފްތާ ކުރިން ތާވަލްކުރެވިފައިވާ ކަމަށާއި ބަލިކޮށް އުޅޭ ދިފާއީ ވަކީލުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިން ނަމަވެސް އެބޭފުޅުންގެ އިންޓަނެޓް ރަނގަޅު ނޫން ކަމަށް ބުނެ އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް ހާޒިރެއް ނުވެ އެވެ. ގާޒީ ޝަކީލް ވިދާޅުވި ނައީމް ހާޒިރުނުވީ ކޮވިޑަށް ޕޮޒިޓިވްވެފައި ހުރުމުން ކަމަށެވެ. އެހެންވެ ފެބްރުއަރީ 2، ގައި އޭނާގެ މައްސަލަ ބޭއްވުމަށް އަޑުއެހުމަށް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތައް މިއަދުގެ ޝަރީއަތުގައި އިއްވަމުން ދައުލަތުން ބުނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ސެޕްޓެމްބަރު 9، 2015 ގައި އާރަށ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް އެކުންފުނީގެ ހިއްސާދާރު، ޔޫސުފް ނައީމުއާ މުއާމަލާތުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޔޫސުފް ނައީމް، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު ސެޕްޓެމްބަރު 15، 2015 ގއި ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ޔާމީން ވަނީ އެ ފައިސާ ބޭނުން ކުރައްވައި، އެޗްއެސްބީސީގައި ޔާމީންގެ ނަން މަތީގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox