އެމްއެމްސީގެ ބަދަލުގައި މީޑިއާ ކޮމިޝަން އުފެއްދުމުގެ ބިލެއް ތައްޔާރު ކުރަނީ

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އެފަދަ ބިލެއް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ވެސް ފެށި -- ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އެފަދަ ބިލެއް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ވެސް ފެށި -- ފޮޓޯ: މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު އިސްލާހުކޮށް މޯލްޑިވްސް މީޑިއާ ކޮމިޝަން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ ކައުންސިލްގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއެކު ދެލިކޮޕީ ތައްޔާރުކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

"ބިލަށް އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ނޫސްވެރިންނާއި މީޑިއާތަކުގެ ހައްގުތައް ހިމާޔަތްކުރުން. މައުލޫމާތެއް ދޭން އެދިގެން މުއައްސަސާއަކުން ނުދީފިނަމަ ކުރެވޭނެ ކަންކަން ބިލުގައި ބަޔާންކުރާނެ،" ޝަހުބާން ވިދާޅުވި އެވެ.

މި ބިލު ފާސްވެ ގާނޫނަކަށް ބަދަލުވެއްޖެ ނަމަ އެމްއެމްސީގެ ބަދަލުގައި ނޫސް، މަޖައްލާތައް ރެގިއުލޭޓްކުރާ މިނިވަން މުއައްސަސާއަކަށް ވެގެން ދާނީ އަލަށް އުފެދޭ މީޑިއާ ކޮމިޝަން ކަމަށް ޝަހުބާން ވިދާޅުވި އެވެ.

އެ ކޮމިޝަނުގައި ރަޖިސްޓްރީވާ ނޫސްވެރިންގެ ތެރެއިން ކޮމިޝަންގެ އެންގުންތަކަށް ތަބާނުވާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރާއި މީޑިއާތަކާއި އެ މީޑިއާތަކުގެ ވެރިފައިކޮށްފައިވާ ސޯޝަލް މީޑިއާ އެކައުުންޓްތައް މޮނިޓަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްސީން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ދެލިކޮޕީއެއް އެމްއެމްސީން ތައްޔާރު ކުރަމުން އަންނައިރު ސަރުކާރުގެ ފަރާތުން މީޑިއާ ކޮމިޝަން އުފެއްދުމަށް ބިލެއް ހުށަހެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ދައުރަށް މިފަދަ ބިލް ހުށަހެޅުމަށް ސަރުކާރުން ނިންމި ނަމަވެސް އެ ބިލުގެ މަސައްކަތެއް ކުރިޔަށް ގޮސްފައެއް ނުވެ އެވެ.

"ސަރުކާރުގެ ފަރާތުން ހުށަހަޅާ މީޑިއާ ކޮމިޝަންގެ ބިލުގެ މަސައްކަތް ކުރިޔަށް ދާ ތަނެއް ނުފެނޭ. މީޑިއާ ކޮމިޝަނާއި ގުޅޭގޮތުން ހުރިހާ ސްޓޭކްހޯލްޑަރުން ހިމެނޭހެން ރައީސް އޮފީހުން ބޭއްވީ އެންމެ ބައްދަލުވުމެއް. މިއީ ސަރުކާރުން ހުށަހަޅާ ބިލާ ވަކިން ހުށަހަޅަން މަސައްކަތްކުރާ ބިލެއް،" ޝަހުބާން ވިދާޅުވި އެވެ.

އެމްއެމްސީން ތައްޔާރުކުރާ ބިލުގައިވާ ގޮތުން އޮންނާނީ ހަތް މެމްބަރުންގެ ކޮމިޝަނަކެވެ. އެ މެމްބަރުން އިންތިހާބު ކުރާނީ ކޮމިޝަނުގައި ރަޖިސްޓްރީވާ ނޫސްވެރިންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ޝަހުބާން ވިދާޅުވި އެވެ.

"ފުރަތަމަ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން. އަދި މެމްބަރުން ވަކިކުރުމުގެ ކަންކަން ވެސް ކުރިޔަށްދާނީ އިލެކްޝަންސްގެ ބެލުމުގެ ދަށުން. ކައުންސިލްގައި މިހާރު ތިބި ސިވިލް ސާވިސް މުވައްޒަފުން ވެސް މިނިވަން މުއައްސަސާގެ ދަށަށް އޭރުން ބަދަލުވާނެ،" އެ ކޮމިޝަންގެ އިންތިހާބުގެ ކަންކަން ތަފްސީލް ކޮށްދެއްވަމުން ޝަހުބާން ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާއެއް އޮވެ އެވެ. އެއީ، އެމްއެމްސީ އާއި ބްރޯޑްކާސްޓް މީޑިއާތައް ބަލަހައްޓާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެވެ. ސަރުކާރުން ބިލު ހުށަހަޅަން ނިންމީ މި ދެ ތަން ވެސް އެއްކޮށްލުމަށެވެ. އެހެން ނަމަވެސް، އެމްއެމްސީގެ ހިޔާލު މި ކަމުގައި ތަފާތެވެ.

"އަޅުގަނޑުމެން ދެކެނީ ދެ ތަން ވެސް އޮންނަން ޖެހޭނެ ކަމަށް. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަން އޮންނަނީ އެހެން،" ޝަހުބާން ވިދާޅުވި އެވެ.

މި ހަފްތާގެ ތެރޭގައި އެމްއެމްސީއިން ތައްޔާރުކުރާ ދެލިކޮޕީ ފާސްކުރާނެ ކަމަށް ސަހުބާން ވިދާޅުވި އެވެ. އަދި އެއަށްފަހު ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކާއި މަޝްވަރާކުރާނެ ކަމަށާއި، މިހާރު ވެސް ވަކިވަކިން ބައެއް މަޖިލިސް މެމްބަރުންނާ މި ބިލު ސްޕޮންސާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox