ބީއެމްއެލްގެ އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ހުޅުވާލައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާއާ އެކު މީގެ ކުރިން ބޭއްވި އާންމު ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާއާ އެކު މީގެ ކުރިން ބޭއްވި އާންމު ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދަރުން އައްޔަނު ކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޯމު ހުށަހެޅުން އިއްޔެ ހުޅުވާލާފައި ވާއިރު އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހެޑް އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. އަދި، ބޭންކުގެ ކުންފުނި ސެކްރެޓަރީ samah@bml.com.mv އަށް އީމެއިލްއިން ވެސް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެ މީހުންގެ ކިބައިގައި އެމްއެމްއޭ ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ "ފިޓް އެންޑް ޕްރޮޕާ ރިކުއަރމެންޓްސް" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމް އެވެ.

އޭގެ އިތުރުން، ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކަކަށް ވާންވެސް ޖެހެ އެވެ.

އެގޮތުން ބީއެމްއެލުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި:

  1. ބޭންކިން އާއި މާލީ ހިދުމަތްތަކާއި އާންމު ގޮތެއްގައި އިންވެސްޓްމެންޓް ވިޔަފާރިއާ ހާއްސަކޮށް ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ އެހެން ރިސްކްތަކާ ބެހޭ އެކަށީގެންވާ ހޭލުންތެރި ކަމާއި މައުލޫމާތު ލިބިފައިވާ މީހަކަށް ވުން.
  2. އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަހްލާގާއި މަސައްކަތުގެ އަހްލާގާއި ހަރުދަނާކަމާއި ރަނގަޅު އުސޫލުތަކެއް ލިބިގެންވުން.
  3. ކުންފުނީގެ އެންމެހާ ހިއްސާދާރުންގެ ދިގު ރާސްތާގެ މަސްލަހަތުތައް ތަމްސީލު ކޮށްދިނުމުގައި މަސައްކަތް ކޮށްދޭ މީހަކަށް ވުން.
  4. ކުންފުންޏެއްގެ ޑިރެކްޓަރު ކަމުގެ މަގާމު އަދާކުރުމަށް ގާނޫނަކުން ނުވަތަ ޝަރުއީ ކޯޓަކުން މަނާކުރެވިފައިނުވާ، ނޫނީ ޝަރުތު ފުރިހަމަ ނުވާ ފަރާތެއް ކަމުގައި ނުވުން.
  5. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި ދިވެހިރާއްޖޭގައި ނުވަތަ އެހެން އެއްވެސް ގައުމެއްގައި އަދާނުކުރެވި ވާ ސާބިތު ދަރަންޏެއްވާ ފަރާތެއް ކަމުގައި ނުވުން.
  6. ވައްކަމާއި، މަކަރާއި، ހީލަތާއި، ހިޔާނާތާއި، ފައިސާގެ ކަމެއްގައި މަކަރު ހަދާފައިވާ ނުވަތަ އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބެލެވޭ އެނޫންވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

އޭގެ އިތުރުން ޑިރެކްޓަރަކަށް ނަން ހުށަހެޅޭ ތާރީހުން ފެށިގެން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓުވެފައިވާ ނުވަތަ ދައްކަންޖެހޭ ދަރަންޏެއް ދެއްކިފައި ނުވާ، ދަރަނިތައް އަދާނުކުރެވޭ ހާލަތުގައި އޮތް ނުވަތަ ސާބިތު ދަރަންޏެއް ދެއްކިފައި ނުވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރެއް ކަމުގައި ނޫނީ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ހިއްސާ ލިބިގެންވާ ހިއްސާދާރެއްކަމުގައި ނުވުން ހިމެނެ އެވެ.

އަދި، ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި، އޭނާ ޑިރެކްޓަރެއްގެ މަގާމު ފުރިހަމައަށް އަދާކުރުމުގައި އަސަރުކޮށްފާނެ ފަދަ، ކުންފުނީގެ ފަރާތުން ބައިވެރިވާ ނުވަތަ ބައިވެރިވެދާނެ ކޮންޓްރެކްޓެއްގައި ސީދާ ނުވަތަ ނުސީދާ ގޮތުން މަސްލަހަތެއް ހިމެނޭ ފަރާތެއް ކަމުގައި ނުވުން ވެސް ހިމެނެ އެވެ.

ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ ކެބިނެޓްގެ މަގާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފަކަށް ވެގެން ނުވާނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox