ތާލިބާނުން ހުއްދަ ދީގެން އަފްގާން އަންހެނުން މުޒާހަރާކޮށްފި

އަންހެނުން މުޒާހަރާ ކުރަމުން ދިޔައިރު، ސެކިއުރިޓީ ބެލެހެއްޓުމުގައި ތާލިބާން ހަނގުރާމަވެރިން ހަރަކާތްތެރިވި. -- ފޮޓޯ: އޭއެފްޕީ

އަންހެނުން މުޒާހަރާ ކުރަމުން ދިޔައިރު، ސެކިއުރިޓީ ބެލެހެއްޓުމުގައި ތާލިބާން ހަނގުރާމަވެރިން ހަރަކާތްތެރިވި. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 26) - އަފްގާނިސްތާނުގެ ތާލިބާން ސަރުކާރު ދިފާއުކޮށް، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ގޮވާލައި ގިނަ އަދަދެއްގެ އަންހެނުން މުޒާހަރާކޮށްފި އެވެ.

މިދިޔަ އޯގަސްޓް މަހު ވެރިކަމަށް އައި ތާލިބާނުން ވަނީ ހުއްދަ ނެތި މުޒާހަރާ ކުރުން މަނާކޮށްފަ އެވެ. އެހެންވެ، މީގެ ކުރިން ބޭއްވި މުޒާހަރާތައް ރޫޅާލާފައި ވަނީ އަނިޔާވެރިކޮށެވެ.

ނަމަވެސް ބުދަ ދުވަހުގެ މުޒާހަރާއަށް ހުއްދަ ދިނުމުން، ގާތްގަނޑަކަށް 100 އަންހެނުން އެއްވީ ކާބުލްގައި ކުރިން އެމެރިކާ އެމްބަސީ ހިންގި އިމާރާތުގެ ކުރި މައްޗަށެވެ.

އެ މީހުން ތިބީ ތާލިބާން ސަރުކާރަށް ތާއީދު ކުރާކަން އަންގައިދޭ ޕޯސްޓަރުތައް ހިފައިގެންނެވެ. އެ މީހުން ގޮވާލީ އެމެރިކާއިން ހިފަހައްޓައިގެން އުޅޭ އަފްގާނިސްތާނުގެ 9.5 ބިލިއަން ޑޮލަރު ދޫކޮށްލުމަށެވެ.

ތާލިބާނުން ވެރިކަމަށް އައުމާ އެކު އެ ފައިސާ ހިފެހެއްޓުމުގެ އިތުރުން ބައިނަލްއަގްވާމީ އެހީ މެދުކަނޑާލާފައި ވާތީ އަފްގާނިސްތާނުގައި ވަނީ އިންސާނީ ކާރިސާއެއް އުފެދިފަ އެވެ.

ތާލިބާނަށް ތާއީދު ކުރާ އަންހެނުންގެ މުޒާހަރާ ބާއްވާފައިވާ އިރު، އަފްގާނިސްތާނުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ބައްދަލުވުމެއް ވަނީ ނޯވޭގައި ނިންމާލާފަ އެވެ.

ތާލިބާން ވަފުދެއް ފުރަތަމަ ފަހަރަށް ޔޫރަޕަށް ދަތުރުކޮށް ބައްދަލުކުރީ އަފްގާން އެކްޓިވިސްޓުންނާއި ޔޫރަޕްގެ ޑިޕްލޮމެޓުންނާ އެވެ. މަޝްވަރާތައް ބޭއްވި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުންނެވެ.

މަޝްވަރާގައި ހުޅަނގުގެ ޑިޕްލޮމެޓުން ބުނީ އެހީތައް އަލުން ފޯރުކޮށްދޭން ފަށާނީ އަންހެނުންނާ މެދު އަމަލު ކުރާ ގޮތަށް ބަލައިގެން ކަމަށެވެ.

މީގެ ކުރިން 1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް ތާލިބާނުން ވެރިކަން ކުރިއިރު އަންހެނުންގެ ހައްގުތައް އޮތީ ހިފަހައްޓާފަ އެވެ.

މި ފަހަރު ވެރިކަން ކުރާނީ ތަފާތުކޮށް ކަމަށް ބުނި ނަމަވެސް، އަންހެނުން އެކަނި ދަތުރު ކުރުމާއި، ވަޒީފާއަށް ދިޔުމާއި، ތައުލީމް ހާސިލްކުރުމަށް އުނދަގޫވާ ފިޔަވަޅުތައް މިހާރު ވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

ހަމަހަމަ ހައްގުތައް ދިނުމަށް ގޮވާލައި ތާލިބާނުންނާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ދެ އަންހެނުން މިދިޔަ ހަފްތާގައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ތާލިބާނުން ބުނީ އެ މީހުން ހައްޔަރު ނުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox